އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އެއާބަސް އޭ330 ފްލައިޓުން އަންނަ ފަސިންޖަރުންނަށް -- ފޮޓޯ: މޯލްޑިވިއަން
27 ޖުލައި 2025 - 12:21
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއަދު މެންދުރު ފަހު ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ހިދުމަތްދޭނީ އާ ޓާމިނަލުން ކަމަށެވެ. އެ ތާރީހީ ފްލައިޓުގައި ހިދުމަތް ދޭ ކްރޫ އިން ވެސް ތިބީ ދިވެހި ހެދުމުގަ އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އެއާބަސް އޭ330 ފްލައިޓުން އަންނަ ފަސިންޖަރުންނަށް -- ފޮޓޯ: މޯލްޑިވިއަން
ކޮޗިން އިން ރާއްޖެ އަންނަ ފްލައިޓު މެންދުރު ފަހު ގާތްގަނޑަކަށް 2:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ އެވެ. އެއަށްފަހު އެ އެއާލައިންގެ ހުރިހާ ބޯޓަކަށް އާ ޓާމިނަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާނެ އެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އެއާބަސް އޭ 330 މަތިންދާ ބޯޓުގެ ފްލައިޓަށް -- ފޮޓޯ: މޯލްޑިވިއަން އެއާލައިން
މިއަދުން ފެށިގެން އާ ޓާމިނަލް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓުތަކަށް ހިދުމަތް ދޭ އިރު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ފްލައިޓުތަކަށް ވެސް ހިދުމަތް ދޭން ފަށާނެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހަށްވާ އިރު އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމެވެ.
މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައިވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލް ރަސްމީކޮށް ރޭ ހުޅުވީ، ހަވާ އާއި ޑްރޯންގެ ކުލަ ގަދަ ހަރަކާތްތަކާ އެކު އެވެ. އެ ޓާމިނަލްގެ ހިދުމަތްތައް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަލަވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
28 July 2025
ދިގު ހެދުމާއެކު އިތުރު ފޮތިގަޑެއް ބޭނުންރާނަމަ ވަރައްރީތި އަދި ތި ރަތްކުލަ ވަރައްރީތި! ހެދުމަކާ އެކު އިތުރު ފޮތިގަޑެއް ބޭނުން ކުރާނަމަ ހެދުމުގެ ޑިޒައިނައް ބަދަލު އަންނާނެ
މުންޑުބޭ
27 July 2025
ތިހެދުން ފާސްކުރީ ކޮންބައެއްތަ؟ ވަލީ ކޮމެޓީންތަ؟
ފެކްޓްް
27 July 2025
ފިރިހެނުންވިއްޔާ ހަމަ މުންޑު ނޫން އެއްޗެއް ނޯވޭދޯ ލެވޭކަށް. 'ފާސްކުރި" ފަޓުލޫނު ގަނޑެއްހިސާބުވެސް ނުހުރޭ!!! އަންހެނުންވެސް ލިބާސް ނޫންތަ ލާންޖެހޭނީ ތިހެންވީއިރު. ހަމަ އަހާލީ.
ޤަތަރު އެއަރ .
27 July 2025
މޯލްޑިވިއަން ކެބިން ކުރޫ އިން ނަގަނީ ސިޔާސީ މީހުންތޯ ؟ ހަމަ އަހާލީ ފޮތޯ ތައް ބޭނުން ކޮށްފަ.
ސދފސދފ
27 July 2025
ވަރަށް ސަޅި . އަދި ކިރިޔާ ދިވެހިވަންތަކަން މި ފެންނަނީ
ލައިޓް
27 July 2025
ފާސްކުރި ދިވެހި ހެދުން ލައިގެން އިމަޖެންސީގައި ހަރަކާތްތެރިވާން ދަތިވާނެ! މުންޑު ބޮލުގާއެޅުމުން ފަހަރުގައި …
އަހްމަދު 90
27 July 2025
ސުރީލަންކަންގެ ކުރޫން ކިހިނެއްބާ ހަދާނީ
ސަލީމު އިދުރީސް
27 July 2025
ބަލަ ނޭގޭތޯ މުންޑަކީ އެހާލަތައް ކުއްލިއަކާ ބަދަލު ކޮއްލެވޭ އެއްކަން؟ ކަމައްޗާ ހިސާބައް ފެންގަޑު ބޮޑުވީމަ އަރުވާޖެހޭނެ ކުރީޒަމަނުގަވެސް އެޖެންސީ ސަންގުގޮވީމަ ފިދުބެރައް ފޫގައަޅިއެން ތިބެނީ އަދި ކިއާ ދަމާ އެއްރޮއްޖަކައް ފޫގެޅުވެސް!
އެމެޖެންސީ
27 July 2025
ދެފައި އޮޅޭވަރަށް ފިއްތާފަ ހެދުން ފެހީމަ އެމެޖެންސީ ނޫނަސް ހަރަކާތްތެރިވާން ދަތިވާނެ. އެހެން ގައުމުތަކުގެ އެއާލައިންތަކުގަވެސް ދިވެހި ހެދުމާއެއް ސިފަތަކެއް ހުންނަ ގޮތަށް (ދިގުކޮށް ސްކާރޓް) ހެދުން އަޅާ.
ހަމަދު ސަލީމް
27 July 2025
އާދައިގެމަތިން ފަހުން ބަދަލް ވާނެ.
އެހެންނު
27 July 2025
އެއާމޯލްޑިވްސްގަ ނޫކުލައިގެ ދިގުހެދުންލީ.
ސަފަރު ކަތްދަ
27 July 2025
ދިވެހި ހެދުން ލަވްލީ
ސޭމްއިޒް
27 July 2025
ދިވެހި ހެދުމެއް ނޫން.. ދިގުހެދުން ނުވަތަ ފާސްކުރިހެދުން..
ލުބްލާ2025
27 July 2025
މާރީތި ތިގޮތަށް ހެދުންއަޅާފަ ތިބީމަ. ޔުނީފޯމު ހަޑި.
ދިވެހިރައްޔިތު
27 July 2025
ދިވެހި އެއާލައިނުން އަބަދުވެސް ހިދުމަތްދޭންވީ ދިވެހި ހެދުމުގައި. ދިވެހިން ދިވެހިންގެ ސަގާފަތާއި ދިވެހިވަންތަކަން ކުރިއަރުވަން ނުކުރާކަމެއް އެހެންބަޔަކު ނުކުރާނެ.