01 އޯގަސްޓް 2025 - 21:20
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިންނެވެ.
ފުލުހުން ބުނީ، މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ތަހުގީގު ކުރިއަށްދާ މިންވަރަކުން އެކަމާ ގުޅޭ އެކި ފަރާތްތަކާ ސުވާލުކޮށް، އިތުރު މައުލޫމާތުތައް ހޯދަމުންދާނެ ކަމަށެވެ.
ޑްރޯން ޝޯގައި 1،000 އެއްހާ ޑްރޯން ބޭނުންކުރި ކަމަށްވެ އެވެ. އެ ޝޯ ކުރިއަށް ދަނިކޮށް، އޭގައި ބޭނުން ކުރި ބައެއް ޑްރޯންތައް ވަނީ ރަންވޭ އާއި އެއާޕޯޓުގެ އެކި ސަރަހައްދުތަކަށް ވެއްޓިފަ އެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ސިޓީ ސޯޝަލް މީޑިއާގައި އާންމުވިއިރު، އެ ސިޓީގައިވާ ގޮތުން އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ.
އެ ޑްރޯންތަކުން ރާއްޖޭގެ މިނިވަންކަމާއި ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކައިދޭ މަންޒަރުތައް ދައްކާލާފައިވެ އެވެ. އަދި ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވި އެންމެ ބޮޑު ހަވާ އެރުވުމުގެ ހަރަކާތް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެމަތީ
03 August 2025
ހެންވޭރުކޮޅު މައްޗަށް އަރައިގެން އުޅުނު 4 ޑްރޯން
ޗުންލާ
03 August 2025
ޔުމްނު މައްސަލަ ތަޙްޤީޤުކޮށް ނިމުނީތޯ؟
ސަދސދ
03 August 2025
ޔުމްނު ތަހުޤީޤަށް އެއްބާރުން ދިންބާ؟
ޢަރުތަ
03 August 2025
އަސްލު މައްސަލައަކީ، މީހަކު އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަ ވެއްޓިފަ އޮތުން، އެކަމާ ގުޅިގެން ފުލުހުންބަލާ ތާހުޤީޤުކޮށް ނިންމީ، އުސްއިމާރާތަކުން މީހަކު ފުރާޅެއްގެ މައްޗަށް ވެއްޓި ފުރާނައަށް ގެއްލުމެއްވެދާނެ ހާލަތެއްގައި އޮއްވާ ފެނުމުން އެކަމާ އަޅާނުލާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރުން، އެކަން ނިމިއްޖެ، ހުކުންވެސް ތަންފީޒުކޮށް ނިމިއްޖެ، އަސްލު މައްސަލަ ނުބަލަ.
ޢަފްރާސިޔާބު
02 August 2025
ރަނގަޅުކަމެއް ތަޙްގީގު ކުރަން. ކޮންމެވެސް ބައެއްގެ އިހުމާލެއްތާ!
އައްބެ
02 August 2025
ތިކަމުގެ އަޑީގައި އެއަރޕޯޓް ސެކިއުރިޓީއާއި އެމްއެންޑީ އާއި ފުލުހުންގެ ތެރޭގައިތިބި އިދިކޮޅު ފިކުރުގެ މީހުންގެ ހިއްސާވުން އެކަށީގެންވޭ. ބޭރުގައުމެއްގެ އަސްކަރީ ބައެއްގެ ކަމަކަށްވެސް ވެދާނެ. ޤައުމެއްގެ ވެރިޔަކުވެސް އައިއިރު އެމީހުންގެ އެންމެ ވަރުގަދަ ޖޭމަތުތައް މިތަނަށް ގެންނާނެކަން ޔަގީން.
ލައިޓް
02 August 2025
ކޮޅިގަޣެއް ގައި ޖެހުން، ބެޓްރީ ޗާރޖަށް ބަދަލުއައުން، ޕޮރޮގްރާމް ކުރުމުގައި އެރަރއެއް އެރުން…. އެކަމަކު ކޮރަޕްޓް ޤައުމުތަކުގައި ވ.ފަސޭހައިން ބަދަލުދޭ…. މިލިއަން ޑޮލަރުން! ބަލަން ތިބެމާ!
މަޒް
02 August 2025
ޑްރޯން ޝޯތަކުގައި ޑްރޯން ވެއްޓުން ތީ އާންމު ކަމެއް.. އާ ވެގެން ނޫޅޭ
މހއމ
02 August 2025
ކަޑަ ވެގެން ނޫޅޭ.
މފއއ
02 August 2025
ދައުލަތް ބަގުރޫޓްވުމާ ހަމައިގައި އޮއްވާ ކުރި ބޭކާރު ޚަރަދުތަކެއް. ތަޙުޤީޤް ކުރަންވީ ފިޔަވަޅު އަޅަންވީ މިދަޑިވަޅުގައި ކުރަންނުޖެހޭ ބޭކާރު ބޮޑު ޚަރަދުތަކެއް ކުރީމާ.
ތަހުގީގުގެ ތަހުގީގު
02 August 2025
މީހެއް މަރައިގެން ހައްޔަރުކުރި ޚަބަރުގައި އޮންނަނީ އަމިއްލައަށް ފުލުހަށް ހާޒިރުވި ވާހަކަ. މިހެން ނުވެއްޖެނަމަ، އެފަދަ ތަހުގީގެއްގެ ކޮޅެެއް މެދެއް މިއަދާ ހަމައަށްވެސް ނުފެނޭ. އެކްސިޑެންޓެއްގައި ފިލައިފިއްޔާ މީހާ ހޯދަން އެދެނީ އާންމުންގެ އެހީއަށް. ގިނަ މައްސަލަތައް އާންމުންގެ އެހީއާ ނުލާ އަމިއްލައަށް ހައްލުކުރެވިފައެއް ނެތް. މިވަރު ބައެއްގެ ވާހަކަ މިދައްކަނީ. ކުރަން އެނގޭހާވެސް ކަމަކީ ޕްރެސް ބްރީފިންގ ބޭއްވުމާއި ނޫސްތަކުގައި ހެޑްލައިން ހެދުން.
މަގުބަންދު
02 August 2025
ދެން މަގުބަންދުކުރުން
ފެކްޓްް
02 August 2025
އެމް.އެން.ޑީ.އެފް ކާރީ އަހާބަލަ. ޖޭމަރު ޖެއްސިންތޯ ނޫނީ ކޮންތާކުތޯ ޖޭމަރު އޮތީ އެވަގުތު. ކިހާ ދެރަވަރު ކަންކަން މިހުންނަނީ. މަތިމައްޗަށް ކުލަބަރި ޖަހާފަ ބޮޑެތިމަޤާމުތަކުގެ ތިބެނީ ކީއްކުރާ ބައެއްތަ. ހަމަ ކަންކުރަންވީގޮތްނޭނގި ތެޅިއަރުވާނީ. ދެން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ޙިކުމަތުއަމަލީ އާއި އިސްނެންގެވުމާއި ވިސްނުމާއި އިރުޝާދާ ވިސްނުންފުޅުން ވަކި ކޮމިޝަނެއް ހަދާ ބަޔަކަށް ލާރިގަނޑެއް ހަމަޖައްސާހިސާބުން ކިރިޔާ އަޕްޑޭޓެއް ލިބޭނީ. ބަލަންތިބޭތި
ބުރޯ
02 August 2025
ދޮންކަލޯ ޖޭމަރު ޖެއްސީމާ ވާ ގޮތް ނިކަން ގޫގުލް ކޮށްލައިގެން ބަލާލަ ބަލަ. މަމޮޅު ހެދިގެނަ ނޫލެބަލަ.
އިސްމާލު2.0
02 August 2025
އަދި އަވަސް! އަދި ދެތިން އަހަރު މަޑުކޮށްލިނަމަ؟