07 އޯގަސްޓް 2025 - 11:43
ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދަރަނި އަދާކުރުމަށް މި އަހަރު ހޭދަކުރި އަދަދަކީ މިދިޔަ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.
ރިޒާވުގެ އެންމެ ބޮޑު އަދަދެއް ބޭނުންކުރަނީ ތެލާއި ކާޑާއި ބޭހާއި މެޑިކަލް ސާމާނު އެތެރެކުރުމަށްޓަކަށެވެ.
އެމްއެމްއޭ އިން ބުނީ، އެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ.
ރިޒާވަށް ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމްގެ ދާއިރާގެ ޓެކްސް އާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީންނެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހުގައި ސަރުކާރަށް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓު އިތުރެވެ.
"ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި އަމިއްލަ ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށާއި ކިޔެވުމަށާއި ބޭސްފަރުވާ އާއި ރާއްޖެ އިން ބޭރަށް ދަތުރުކުރާ މީހުންނަށް ދޭ 500 ޑޮލަރާއި އެފަދަ ބޭނުންތަކަށް 217 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އަދި އެ މަހުގައި ޔޫޒަބަލް ރިޒާވްގައި ހުރީ 202 މިލިއަން ޑޮލަރެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ،"---- އެމްއެމްއޭ
އެމްއެމްއޭ އިން ބުނީ 2021 ވަނަ އަހަރުން ފެށިގެން ރިޒާވް ދަށްވަމުން ގޮސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވް 371.2 މިލިއަން ޑޮލަރަށް ދަށްވި ކަމަށެވެ.
އޭގެ ފަހުން ރިޒާވް އިތުރުވާން ފެށީ، ޓެކްސް އާމްދަނީ އިތުރުވުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ކަރަންސީ ސްވޮޕް ނެގުމުގެ ސަބަބުންނެވެ.
- ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ތެޔޮ އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވުން. އެގޮތުން، 2017 އިން 2021 އަށް އަހަރަކު ތެލަށް ކުރާ ހަރަދު އެވްރެޖްކޮށް 33 ޕަސެންޓުގައި ހުރި އިރު އެ އަދަދު 2022 އިން 2024 އަށް އެވްރެޖްކޮށް ވަނީ 49 ޕަސެންޓަށް އިތުރުވެފައި.
- ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށް އަދި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭ އިން ވިއްކާ ޑޮލަރު ވަނީ ބޮޑުތަނުން އިތުރުވެފައި.
- މިދިޔަ އަހަރު ތަކުގައި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ސަރުކާރަށް ބޭރުން ފައިނޭންސިން ހޯދުމަށް ވަނީ ދަތިވެފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
48343
07 August 2025
ތިޔަކުރި ކަންތައްތައް ފާހަގަކުރުމަށް ފަޓާސް އަރުވާންޖެހޭނެ. ރައްޔިތުން ބޭނުންވަނީ ފަޓާސް.
މާލޭ
07 August 2025
މާލޭގައި އުޅޭ 5 ޕަސަންޓު މީހުންނަކީ މާލޭ މީހުން ދެންމިއުޅޭ 90 ޕަސެންޓަކީ ރަށްރަށުގެ މީހުން ކޮބާ މައްސަލައަކީ ,
ދޮހޮއްތުބެ
07 August 2025
ސަރުކާރައް ޑޮލަރު ހޯދުމައް ސަރުކާރު ކުންފުނި ތަކުން ބަޖެޓް ރިސޯޓުތަކެއް ހިންގުން ވަރައް މުހިއްމު
އެވެނި މިވެނި
07 August 2025
އޮނަރަބްލް އަފީފު ދީދީ އެވެ. ކަލޭ ވެއްޖެނުން ނޫހެއް ނެރެން. "ކޮމެންޓު" ސެކްޝަން އާއި އަޅައިގަނެގެން ތިއުޅެނީ ބަޔަކު ކަލެއަށް ފަންޑިތަވެރިކަމެއް ކުރީތަ. ހީވާ ގޮތުން ތިބޭފުޅާ ދިރިއުޅުމަށްކުރާ މަސައްކަތަކީ ތީ. ކޮމެންޓުކުރުން 24 ގަޑިއިރު. "މިހާރު" ނޫސް ވެއްޖެއެއްނުން މީނާއަތުން ފައިސާނަގަން މިވަރަށް ކޮމެންޓު ކުރާތީ... ފޯރި ހުންނާނެ އޭރުން. ލޮލް
ލީނާ މުހައްމަދު
07 August 2025
ބަލަ ކުރީ ސަރުކާރު ތަކުން ކޮޅުނެތްކޮޅަށް ލޯނު ނަގާ އެ ފައިސާއިން ޕާޓީ މީހުނަށް ބަދަލު ދިން ވާހަކަ ކީއްވެތަ ނުދައްކަނީ، އަހަރެން ދެރަވަނީ ހެޔޮ ބަދަލު ދިވެހި ރައްޔިތުންނަށް ނުވިސްނޭތީ
ދިއްދާ
07 August 2025
އަނހާ ބޮޓުންތައް ހޭލައިފި.... މުސާރަ ޖަމާވީ ތޯއްޗެ.... ސަނާ ކިޔުމުގައި އަވަދިނެތި. ތިވެސް އެނގޭނީ ޙަޤީޤީ ރިޕޯރޓު، ތަނުގައި މަސައްކަތްކުރާ މީހަކު ލީކު ކޮށްލުމުން ނޫނީ ޙަސަން ކުރުސީ އަށް.
އޮނަރަބްލް އަފީފު ދީދީ
07 August 2025
ޤައުމީ ތެޔޮ ތާނގީ، ޤައުމީ ގޭސް ތާނގީ، ޤައުމީ ކާޑު ގުދަނާއި ޤައުމީ ބޭސް ގުދަން ފަދަ ރައްޔިތުނަށް އެއާއި ނުލާ ނޫޅެވޭނެ ހުރިހާ ތަކެއްޗެއް މާތްވެގެންވާ ތިޔަ މުޤައްދަސް ރަށްކޮޅަށް ޖަމާކޮށްގެން ތިބެ އެތަކެތި ގަންނަން ތިރަށަށްދާ ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގެ މީހުންގެ މުދާ އުފުލާ ބޯޓް ތިރަށު ނޯތް ހާބަރުގައި މަޑުކޮށްލާ ކަމަށްޓަކާ އުޅަނދަކުން ކޮންމެ ދުވަހަކަށް 1000ރ ނަގަނީ ވެސް ހަމަ ތިރަށު މީހުން އަތުން ފައިސާ ނުނަގާ ތިފަދަ ލޯނު ދައްކަންވެގެންތޯ؟
ހާމާނު
07 August 2025
އައްޑުއަށް ކަމެއްނުކޮށްދޭތިއްޔޭގޮވާއިރު އައްޑޫ ފަޅުކޮށްފަ މާލެއަށް އަމިއްލަފުޅަށް އަރުވާލެއްވިގެންތޯ ތިއޮންނެވީ؟.
ދޮން އަހުމަދު
07 August 2025
މާލޭގަ އުޅެނީ ހުސް ރަށްރަށުން އައިސްގެން އުޅޭ މީހުން. ޜަށްތައް އޮތީ ހުސްކޮށް ކުރާ ކަމަކީ ގެސްހައުސް ހިންގުން ނުވަތަ ބިންތައް ވިއްކުން. މާލޭން ގޯތި އެޕާޓްމަންޓް ދޭއިރުވެސް ލިބެނީ ރަށު ތެރޭ މީހުންނަށް.. ރަށަކުން ބިން ދިނަސް ލިބެނީ އެރަށެއްގެ ބަޔަކަށް އެހެން ރަށެއްގެ ބަޔަކަށް ނުލިބޭ..ދެން ކޮންވާހަކަ އެއް
އޮނަރަބްލް އަފީފު ދީދީ
07 August 2025
ނޯތްހާބަރަށް ކައިރިކުރާ ކޮންމެ އުޅަނދަކުން ދުވާލަކަށް 1000ރ ނަމަގުންދާއިރު ޗައިނާ ސަރުކާރުންނެގި 300 މިލިޔަން ޑޮލަރުން ހެދި ބުރިޖުން ކ.އަތޮޅު މާލޭމީހުންއަތުން ލޯ ލާރިއެއްވެސް ނުނަގާ 300 މިލިޔަން ޑޮލަރުގެ އިތުރުން ބުރިޖް މެއިންޓަނަންސް އަށް ދަައުލަތުގެ ޚަޒާނާއިން އެތައް މިލިޔަން ރުފިޔާ ޚަރަދުބކުރާއިރު ކީއްވެގެންތޯ ޗައިނާ ސަރުކާރު ލޯނު ނެގުމަށް މާލޭސަރުކާރުން ދެއްކި ވާހަކަ އާއި އެއްގޮތަށް ބުރިޖުން ޓޯލް ފީ ނުނަގަނީ؟ ތިރަށު މީހުނަށް ދަތިވެފާނެތީތޯ؟
އޮނަރަބްލް އަފީފު ދީދީ
07 August 2025
ބުރިޖުން ފީނުނަގާ ދަތުރުކުރެވޭގޮތް ހަދާފައި އެތައް ބިލިޔަން ޑޮލަރަށް ހިއްކި ކ.އަތޮޅު ފަޅެއްކަމަށްވާ ހުޅުމާލޭގެ ބިންތައްވެސް ޤާނޫނުއަސާސީ އާއި މުޅިން ޚިލާފަށް ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެތެރެއިން (ދަފުތަރު ރެޖިސްޓްރީގައިތިބި ޤާނޫނީ ގޮތުން މާލޭމީހުން) އެތައްހާސް މީހުންބާކީކޮށް، ތިރަށު މީހުންގެ ތުބުން ކިރު ނުނެއްޓޭ ކުދިންގެ ބޯވެސް ގުނައުގެން ކޮންމެ މީހަކަށް ހިލޭ 25 މިލިޔަން ރުފިޔާގެ ބިމެއްވެސް ދީފި.
އޮނަރަބްލް އަފީފު ދީދީ
07 August 2025
ލޯނުން ހިންގި އެންމެބޮޑު ޕްރޮޖެކްޓް މާލޭ އެއަރޕޯޓްގެއިތުރުން ދެން "އެންމެބޮޑު ޚަރަދެއްކުރީ މާލޭމީހުނަށް ހިލޭ ދަތުރުކުރެވޭ ބުރިޖާއި، ހިލޭ ބަހާލި ބިން ހިއްކުމުގެ އިތުރަށް ހުޅުމާލޭގައި ސޯޝަލް ހައުސިނގް ތަރައްޤީ ކުރަން" އެހެންނަމަވެސް މިދެންނެވި ފުލެޓް ވެސް އެހެން ރަށެއްގެ މީހުނަށް ނުލިބޭ ގޮތަށް ޤަވާއިދު ހަދައިގެން އެތަންތަންވެސް ދިނީ މާލޭ މީހުނަށް. މިއިން އެއްވެސް ފުލެޓަކަށްވެސް އެތަށު މީހުން ފައިސާ ނުދައްކާ. މިހުރިހާ ފައިސާ އެއް ޙަޒާނާއިން ތިދެނީ؟!
ހާމާނު
07 August 2025
އައްޑޫއިން ދޫކުރާ އެއްވެސް ގޯއްޗަކަށް މާލޭމީހުނަށް ކުރިމަތިނުލެވޭއިރު، މާލެއިން ގޯތިނުދީގެން 3 އިރު ފަރިއްކުޅުއްވާ ބޭހެއްހެން ތިޔަލަވަނީ ކޮންހަޅޭކެއްތޯ؟.
ހާމާނު 2.0
07 August 2025
ކަލޭވެސް އައްޑޫގެ ދިރިއުޅެތާ ވަކި އަހަރެއްވީމާ އެރަށުން ދޫކުރާ ގޯތި ތަކަަށް ކުރިމަތިލުމައް ޝަރުތު ހަމަވޭނެ. ގޯތިވެސް ލިބޭނެ. ގަމާރު ހާމާނު