އެމްއެމްއޭ. ރިޒާވުގައި ހުރި އަދަދު 190 މިލިއަން ޑޮލަރަށް ވަނީ ކުޑަވެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
15 ސެޕްޓެމްބަރ 2025 - 09:29
މިދިޔަ އޮގަސްޓް މަހުގެ ޔޫޒަބަލް ރިޒާވް ހަތް ޕަސެންޓަށް ދަށަށް ގޮސް، ރިޒާވްގައި ހުރި އަދަދު 190 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ރިޒާވް އެހާ ބޮޑަށް ދަށްވީ، އިމްޕޯޓާއި ދަރަނި އަދާކުރުމަށް ކުރި ހޭދަ ވަރަށް ބޮޑަށް އިތުރުވުމުންނެވެ. ދަރަންޏާއި އިމްޕޯޓު ހަރަދުތައް ހަމަޖެއްސުމަށް "ޝޯޓް-ޓާމް ނެޓް ޑްރެއިންސް" ގެ ގޮތުގައި އޮގަސްޓް މަހު 736 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ ހަތް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 90 ޕަސެންޓު ދަށްވުމެކެވެ.
މިދިޔަ މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 213 މިލިއަން ރުފިޔާ އެވެ.
ޔޫޒަބަލް ރިޒާވު ދަށްވި އިރު ރަސްމީ ރިޒާވް ވަނީ ހަތަރު ޕަސެންޓު އިތުރުވެފަ އެވެ. ރަސްމީ ރިޒާވުގައި މިދިޔަ މަހު 810 މިލިއަން ޑޮލަރު ހުއްޓެވެ. މިދިޔަ ޖުލައި މަހު ރަސްމީ ރިޒާވުގައި ހުރީ 775 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް ރިޒާވް އެންމެ ބޮޑަށް އުފުލުނީ އޭޕްރީލް މަހު އެވެ. އެ މަހު ރިޒާވުގައި 856 މިލިއަން ޑޮލަރު ހުއްޓެވެ. އަދި ރިޒާވް އެންމެ ދަށްވީ ޖެނުއަރީ މަހު އެވެ. އެ މަހު ރިޒާވުގައި ހުރީ 708 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ރަސްމީ ރިޒާވް އެވްރެޖުކޮށް 700-800 އާ ދެމެދުގައި ހުރީ ހިފެހެއްޓިފަ އެވެ.
އެމްއެމްއޭ އިން މިދިޔަ މަހު ބުނީ، ރިޒާވުން ދަރަނި އަދާކުރުމަށް ކުރާ ހޭދަ 60 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. ޖުލައި މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ. އަދި ތެލާއި ބޭހުގެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުން ކޮށްފައިވެ އެވެ.
ރިޒާވަށް ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމްގެ ދާއިރާގެ ޓެކްސް އާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީންނެވެ.
ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުން ކުރަން ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. އެ ފެސިލިޓީގެ އިތުރުން މިހާރު ވެސް އެމްއެމްއޭ އިން އަންނަނީ އާރްބީއައި މެދުވެރިކޮށް ކަރެންސީ ސްވޮޕަށް 400 މިލިއަން ޑޮލަރު ބޭނުން ކުރަމުންނެވެ.
ކަރެންސީ ސްވޮޕްގެ އިތުރުން ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ. ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 247.2 މިލިއަން ޑޮލަރު ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
15 September 2025
ޓެކްނިކަލީ ޤައުމު އޮތީ ބަގުރޫޓުވެފަ...އިދާރީ ގޮތުން ނުދައްކަނީ ލޯނުތައް ދެއްކުން ލަސްކުރާތީ
ަޢާރު
15 September 2025
ކިތައް މިލިޔަން ދޮލަރު ގަވަިދާހިލާފައް އުޅޭ މީހުން ބޭރުކުޜޭތޯ އަތުން ގެނޑާވަރު އިގޭތޯ
ޑރ ވާންޗޯ
15 September 2025
މިދިޔަމަހުވެސް އެރި ކޮންމެރަށަކުން ވައުދު ފުނިވަރެއްގަ ސޮއެކޮށްލިއިރު މަހުރީ ހަމަ ދެކޮޅުން ސޮނިވެއްޓިފަ.
ޑރ ވާންޗޯ
15 September 2025
އަޅުގަނޑުގެވެސް ރަސްމީ ރިޒާވްގަ ދެމިލިއަން އެބަހުރި އެކަމަކު ޔޫސަބްލް ރިޒާވް ގަހުރީ ދެހާސްރުފިޔާ އެހެންވެ ވަރަށްދަތިކޮން މިއުޅެނީ. ދެމިލިއަން އެބަހުއްޓޭ ދޭނަމޭ ބުންޏަސް އެއްތާކުން އެކައްޗެއްވެސްނުދޭ!!!.
ރިޒާވ
15 September 2025
ގައުމެއް ނެތްކަން އިނގޭނީ ޕްޓްރޯލް ލިމިޓުވާ ހިސާބުން.
ޔޫސަބަލް
15 September 2025
ޔޫޒަބަލް ރިޒާވްގައި ބިލިއަން ޑޮލަރު ހުއްޓަސް ހަމައަގުގަ ޑޮލަރު ގަންނަން ނުލިބެންޏާ ކީއްކުރާ ރިޒާވެއް. ރިޒާވަށް ޑޮލަރު ޖަމާވާވަރަކަށް ވިޔަފާރިމުދާތައް ވަނީއަގުބޮޑު. އެއްވެސް ތަރައްގީގެ މަޝްރޫއެއް ކުރިއަކަށްނުދޭ. މިއޮތީވާ ސަރުކާރެއް.
ކިޔާދީބަލަ
15 September 2025
ރިޒާވް އާއި ޔޫސަބަލް ރިޒާވް މީ ކހިނެތް ވާ ކަމެއްތަ. ކޯޗެއްތަ މުހިއްމީ މިތާ؟ ޔޫސަބަލްތަ؟