މީރާ. ނުލިބި ހުރި ފައިސާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާއަށް ވަނީ މީރާއިން ހޯދާފައި -- ފޮޓޯ: މިހާރު
15 ސެޕްޓެމްބަރ 2025 - 09:49
ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މީރާ އިން ރިކަވާކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ގުޅައިގެން 828 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ. އަދި އެކައުންޓު ފްރީޒް ކޮށްގެން 21 މިލިއަން ރުފިޔާ ހޯދުނު އިރު ރިމައިންޑާ ދިނުމަށް ގުޅައި، އީމެއިލްކޮށްގެން 139 މިލިއަން ރުފިޔާ ހޯދުނު ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާރު ވެސް މީރާ މެދުވެރިކޮށް ލިބެން ޖެހި ނުލިބި 14.2 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ހިމެނެ އެވެ. ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ނުލިބި 3.2 ބިލިއަން ރުފިޔާ ހުރި އިރު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބެންޖެހެ އެވެ.
ނުލިބި ހުރި ފައިސާގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި 2.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ.
މިދިޔަ އަހަރު މީރާ އިން ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އެ އަހަރު ނޯޓިސް ފޮނުވައިގެން ހޯދި ފައިސާގެ އަދަދު 2.74 ބިލިއަން ރުފިޔާއަށް އަރަ އެވެ. ޖުމްލަ 501 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށްގެން އިތުރު 109.4 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކަ އެވެ.
މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 21 ބިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެ އެވެ. އޭގެ ތެރެއިން 35 ޕަސެންޓު ނިސްބަތްވަނީ ޓީޖީއެސްޓީއަށެވެ. ޓީޖީއެސްޓީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 7.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑައޭ ކަޑައޭ
15 September 2025
އަސްލު ޓެކުސް ދެއްކުމުގެ ބޭނުމެއް ނުފެނޭ. އެތައް ބައިވަރު ރުފިޔާއެއް ޓެކުސް ގޮތުގައި ސަރުކާރަށް ދައްކާއިރު ރައްޔިތުން އަދިވެސް އަސާސީ ހިދުމަތްތައް ނުލިބޭތީ ސަލާންޖަހަނީ. ބޭސްގުޅަވެސް ނުލިބިގެން… ޓެކުސްއިން އެތައް ބައިވަރު ސިޔާސީންނަށް މުސާރަ ދިނަސް ރައްޔިތުންގެ އާއްމު ހާލަތު ރަގަޅެއް ނުވޭ. ޓެކުސްގެ އެންމެ ބޮޑު ފައިދާވެސް ހަމަ ސިޔާސީންނަށް.
ގެސްޓުހައުސް
15 September 2025
“ މިހާރު ވެސް މީރާ މެދުވެރިކޮށް ލިބެން ޖެހި ނުލިބި 14.2 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ހިމެނެ ” މިފެންނަނީ އެންމެ ބޮޑު އެއްޗެއް ނުލިބި އޮތީ ރިސޯޓު މަހުޖަނުން ރިސޯޓު ކުލި ނުދައްކައިގެން! އެކަމަކު މީރާއަކަށް އެމީހުން ފަހާ ދުވާކަށް ނުކެރޭ. ސަރުކާރަށްވެސް ރިސޯޓު މަހުޖަނުންނާ ޖެހުނީމަ ފިޔަވަޅު އަޅާކަށް ނުކެރޭ. ޓުވަރިޒަމް ސެކުޓަރުގެވެސް އެހެން ފަރާތްތަކައް މީރާއިންވެސް ސަރުކާރުވެސް ލުޔެއް ނުދޭ.
ހަޤީގަތްް
15 September 2025
ރާއްޖެއަށް ލިބެންޖެހޭ އާމްދަނީގެ %80 ވަނީ ރާއްޖެއިން ބޭރުގައި. ހުރިހާ ރިޒަރވޭޝަން އެއް ހިންގަނީ ރާއްޖެއިން ބޭރުގެ ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް. ރާއްޖޭގެ ޕޭމަންޓް ސިސްޓަމް އެމްއެމްއޭ އިން ޑިވެލޮޕްކޮސް ނިންމާފައި އެކަން އިމްޕްލެމެންޓް ކުރިޔަ ނުދިނީވެސް ނުފޫޒު ހިންގާ ވިޔަފާރިވެންގެ ސަބަބުން. ރާއްޖެއިން ވިއްކާ ޕެކޭޖްގެ %300 ބޮޑުކޮށް ބޭރުގެ އެޖެންޓުން ފައިދާނަގައި. އެކަމުގެ އަޑީގައި ދިވެހިންވެސް ބައި އަޅާ.
ހަމްދާ
15 September 2025
ނިކަމެތިން އަތުން އެކަނި
ޖަޕްނީ
15 September 2025
އެކަމުވެސް ރިޒާވް ހުސްވަނީއޭ..ގެސްޓުންވެސް ވަނީ ގިނަ މީރާއަށް ލިބޭވަރުވެސް ވަނީ ގިނަ..ސަރުކާރު ކުންފުނިތަކުގެ ފައިދާވެސް ބޮޑުތަކުންމަތީގަ ކަމަށް ބުނަނީ..ދެން ގަައުމަށް މިވާގޮތޭ ނޭންގެނީ.
އެކްސްް
15 September 2025
ދެން އެކި ފަރާތްތަކަށް ދައްކަންހުރި ފައިސާއިން ކިހާވަރެއްބާ ދެއްކީ؟