ވިޔަފާރި / ބީއެމްއެލް

އޭއައި ބޭނުންކޮށްގެން ބީއެމްއެލްގެ ޕްރޮސެސްތައް އޮޓަމޭޓް ކުރުން ވަރަށް ބާރަށް ކުރިއަށްދޭ: ޝަރީފު

ބީއެމްއެލްގެ އެމްޑީ ޝަރީފު (ވ) 'ބޭންކް ޓޯކް' ގައި ވާހަކަ ދައްކަވަނީ.

18 ސެޕްޓެމްބަރ 2025 - 17:47

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބީއެމްއެލްގެ ޕްރޮސެސްތައް އޮޓަމޭޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން އަލަށް ފެށި 'ބޭންކް ޓޯކް' ޕްރޮގްރާމްގައި ޝަރީފު ވިދާޅުވީ، އޭއި ބޭނުންކޮށްގެން ބޭންކުގެ ޕްރޮސަސްތައް އިތުރަށް ހަރުދާނާކޮށް އަދި ބައެއް ޕްރޮސެސްތައް މުޅިން އޮޓޮމޭޓް ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި ރިސްކު މެނޭޖު ކުރުމުގެ މަސައްކަތްތައް ޝަރީފު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަދި ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ. އަޅުގަނޑުމެންގެ ވަރަށް ގިނަ ޒުވާނުން ބޭނުންވާ ކަމެއް އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ބޭރުން ލިބެންވާ ފައިސާ ހަމަ ވަގުތުން އެކައުންޓަށް ޖަމާވާނެ އިންތިޒާމުތަކެއް ލިބިގެން ދިއުން ޑިޖިޓަލީ. އެހެންވީމާ މިފަދަ ކަންތައްތައް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިދަނީ މަސައްކަތް ކުރަމުން،" އެމްޑީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ ޓްރާންސެކްޝަންތައް އެއްވެސް ގޮތަކަށް ހުއްޓުމެއް ނެތި އެއްވެސް މެއިންޓެނެސް ބޭނުމަކަށް ވެސް މެދުނުކެނޑި ހިދުމަތް ދެވޭނެ ގޮތަކަށް މަގުފަހި ވެގެން ދިއުން. މި ކަންތައްތަކަށް ވެސް އަޅުގަނޑުމެން އިތުރަށް މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،"

ޝަރީފު ވިދާޅުވިގޮތުގައި، ކަސްޓަމަރުން އެކި ބްރާންޗުތަކަށް ނުގޮސް، ގޭގައި ތިބެގެން ބީއެމްއެލްގެ ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނުތައް ދީ، މަސައްކަތުގެ ތަޖުރިބާކާރުންނަށް ހެދުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

ހާއްސަކޮށް ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމާ އެކު، އަތޮޅުތެރޭގައި ހުޅުވާ ބްރާންޗުތައް އިތުރު ކުރަމުން އަންނަ ކަމަށާއި މި ބްރާންޗުތަކުގެ މަގުސަދަކީ ކަސްޓަމަރުން ކައިރި އަށް ގޮސް މާލީ ކަންކަމުގެ ލަފާ ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޝޯގައި ޝަރީފު ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ބްރާންޗެއް ރާއްޖެ އިން ބޭރުގައި ހުޅުވުމުގެ މަސައްކަތެވެ.

އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، އެ ތަން ވާނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކާއި ރާއްޖެއާ ގުޅުވައިދޭ އިންސްޓިޓިއުޝަނަކަށް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރާއްޖޭގެ ކުރިއެރުމަށް ބީއެމްއެލުން ކުރާ މަސައްކަތް އިތުރަށް ފުޅާވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ބުދަ ދުވަހެއްގެ ރޭ 10 ޖަހާއިރު ދައްކާ 'ބޭންކް ޓޯކް' ޕްރޮގަރާމަކީ ބީއެމްއެލް އާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕީއެސްއެމް އެއާ މެދުވެރިކޮށް، މި ޕްރޮގްރާމަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454