މިރާގެ އޮފީސް. ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި -- ފޮޓޯ: މިހާރު
23 ސެޕްޓެމްބަރ 2025 - 18:51
މިއަހަރުގެ ފުރަތަމަ ހަ މަހު ލިބުނު އާމްދަނީގެ ތެރެއިން 774 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ޓެކްސްގެ ގޮތުގައި ބަލައިގަނެފައިވާކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފި އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެއީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީގެ 70 ޕަސެންޓެވެ. އެ މުއްދަތުގައި ދިވެހި ރުފިޔާއިން ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ބަލައިގަނެފައިވަނީ 562 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިއަހަރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 38 ޕަސެންޓް އިތުރުވެފަ އެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޓީޖީއެސްޓީއަށެވެ. ހަ މަސް ތެރޭގައި ޓީޖީއެސްޓީއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ޑޮލަރުން ލިބިފައިވަނީ،ގްރީން ޓެކްސްގެ ގޮތުގައި އެވެ.. ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
ރިސޯޓު ކުލީގެ ގޮތުގައި 64 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) މީރާއަށް ބަލައިގެންފައިވެ އެވެ.
މިއަހަރު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖެނުއަރީ މަހު އެވެ. އެ މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީ އުޅެނީ 177 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ގަ އެވެ.
ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް އެހާ ބޮޑަށް އިތުރުވެފައިވަނީ އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ގްރީން ޓެކުހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސީ
24 September 2025
ޤައުމުގެ އިޤްތިސާދު ތި ހިފަހައްޓަނީ ޓޫރިޒަމް ދާއިރާއިން،ކޮބައިތޯ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހީވާގި މަސައްކަތް ތެރިންގެ ޙައްޤުގައި މިހާތަނަށް އައިއިރުގައި ސަރުކާރަކުން ކުރެއްވި މަސައްކަތަކީ؟؟؟؟؟ސަޅި ބައިސާ ކެނޑުން ނޫން ކަމެއް ކުރައްވާފައި ވޭތޯ؟؟؟؟؟މަސައްކަތް މިޤައުމުގައި ކުރަނީ ހަމައެކަނި މަޖިލީހުގެ ފަޤީރުންނާއި ސަރުކާރުގެ ބޮޑުން އެކަނިތޯ؟؟؟؟؟2028 ގައި ސަރުކާރާ ސިޔާސީ ޕާރޓީ ތަކާ ދެކޮޅަށް އެންޓި ކެންޕޭން ފަށައި ގެން ކުރިއަށް މިގެންދަނީ،
ވާނުވާ.
23 September 2025
ޢެހެންވެ ދޯ 20 ދަށަށް ޑޮލަރު ނުގޮސްގެން މިއުޅެނީ...!
އޮނަރަބްލް އަފީފު ދީދީ
23 September 2025
ދުނިޔޭގެ އެންމެ އަގުބޮޑު ލަޤްޒަރީ ޓްއަރިސްޓް ޑެސްޓިނޭޝަންގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެއަށް އަހަރެއްގެ މައްޗަށް 2 މިލިޔަން ފަތުރުވެރިންނަށް ވުރެން ގިނަމީހުން އަންނައިރު އަހަރުގެ 2 ކްއާޓަރ ނިމިގެންދާއިރު މިދިޔައަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެން މިއަހަރު މިހާތަނަށް އައި ފަތުރުވެރިން އެތައްތަނަކުން އިތުރުވި ކަމަށްވިޔަސް ފަތުރުވެރިކަމުގެ ސިނާއަތުން ޤައުމަށް ދައުލަތަށް ލިބޭއާމްދަނީ ނިސްބަތުން ދަނީދަށަށް؟! މިއީ ކިހިނެއް ވާކަމެއް؟!
އޮނަރަބްލް އަފީފު ދީދީ
23 September 2025
ގެސްޓުންގެއަތުން ޓެކްސް ނެގުމަށްފަހު ދައުލަތަށް ޓެކްސްނުދައްކައިގެން މަތީގައިދެންންނެވި ރިސޯޓްތައްހިންގާ ކުންފުނިތަކުގެނަންތައް އާންމުކުރުން ފިޔަވާ "ޓެކްސް ނުދެއްކުމުން" އެކުންފުނިތަކާއިދެކޮޅަށް ޤާނޫނީ އަދަބެއްދިންކަން އިގޭކަށްނެތް. ރިސޯޓްއޯނަރުން ޓެކްހަށް މަކަރުހަދާއިރު ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތާއި ގާތްކުރާ އަދަދަކަށްވެސް ދައުލަތަށް ޓެކްހުގެގޮތުގައި އާމްދަނީ ނުވަންނަކަމަށް ރާއްޖޭގެ އިޤްތިސޯދީ މާލީފަރާތްތަކުން ދަނީ ސާފުކޮށް ބުނަމުން.
އޮނަރަބްލް އަފީފު ދީދީ
23 September 2025
އަހަރެއްގެ މައްޗަށް 3 މިލިޔަނާއި ގާތް ކުރާ އަދަދަކަށް ފަތުރުވެރިން އަންނައިރު "އުޅުވާނެ ވަރަކަށް އޮޅުވާލާފައި" ރިސޯޓް އޯނަރުން ޓެކްހުގެ ގޮތުގައި ދިއްކޮށްލާ ފައިސާ ފޮތި އެއީ ރަނގަޅު އަދަދު ކަމަށް ބަލައިގެން MIRA އާއި MMA އަދި ދައުލަތުގެ އޮޑިޓަރ ޖެނެރަލް އެކަމާއި ރުހިގެން ތިބުމަކީ މިދެންނެވި ފަރާތްތަކުން އެމީހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި އިހްމާލުވެގެން ތިބުންކަމަށް ބަލާންޖެހޭ. އެހެންކަމުން މިކަންކަން ބެލުމަކީ އެމީހުން ކުރާންޖެހޭނެ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
23 September 2025
ޓްއަރިޒަމް ޓެކްސްއަށް މަކަރު ހަދާ ފަރާތްތައް ދެނެގަތުމަށްޓަކާ ރާއްޖެ އަންނަ ހުރިހާ އެންމެން ރާއްޖެ އައުމުގެ ކުރިން އިމިޤްރޭޝަނަށް އީއޭޓީ Electronic Travel Authorisation ނަގާން ޖެހޭގޮތަށް އިމިޤްރޭޝަން ޤަވާއިދު ބަދަލުކޮށް އީއޭޓީ އަށް ހުށަހަޅާ އިރު އޭނާ ރާއްޖޭގައި ހުރުމަށް ބޭނުންވާ މުއްދަތަށް ހޮޓެލް ބުކިންގ ހަދާފައިބާ ޕެއިޑް ބުކިންގ ސްލިޕް ހުށަހަޅާން މަޖުބޫރުކޮށް ގެސްޓް މީހާ ފައިސާ ދައްކާގޮތް ދެނެގަތުން ވަރަށް މުހިންމު.
ބަރުބަރީ
23 September 2025
އެހެންވެގެން ދެއްތޯ މިހާރު މި 21ރުފިޔާއަށް ޑޮލަރެއް ގަންނަން މި ޖެހެނީ.
1828
23 September 2025
އެކަމަކު އެ ޑޮލަރުތައް ވީތަނެއް ނޭނގެއެވެ.
ކަކުނިބޯ
23 September 2025
ޢެއަށް ވީގޮތްއެގޭނެ އެމްއެމްއޭއިންނާއި ފިނޭންސުން ނޭންގިގެން އުޅެނީ ރާއްޖެވަންނަންޖެހޭ ސަރކިޔުލޭޝަނަށް ވަންނަންޖެހޭޑޮލަރ. މިސާލަކަށް ޓީޖީއެސްޓީގެގޮތުގައި 6 މަހުން 400 މިލިޔަންލިބުނޯ އެހެންވިއްޔާ ރާއްޖެވަންނަންޖެހޭނެ 3333 މިލިޔަން ޑޮލަރ ވަދެފަ ދިމަދިމާލަށް ގޮސްވާނީ މީގެން ކިތައްޕަސަންޓްތޯވަނީ؟ ދެން 2500 ދޮލަރަށް ރެޔަކަކަށް ވިއްކާރޫމް 400ޑޮލަރ ރޭޓުން ޓީޖީއެސްޓީ ހަދާފަ މީރާއަށް ދައްކާ ޑޮލަރުނޭންގެޔޭބުނީމަ ކަނޑައޭ