ބީއެމްއެލްގެ ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ކުދިން: މިއަހަރުގެ ޓެނިސް ޗެމްޕިއަންޝިޕް ވަނީ ނިންމާލާފައި --- ފޮޓޯ/ބީއެމްއެލް
23 އޮކްޓޯބަރ 2025 - 15:24
ބޭންކް އޮފް މޯލްޑިވްސް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އެ މުބާރާތް ނުވަ ކެޓަގަރީއަކަށް ބަހާލައިގެން 9 ދުވަހަށް ކުރިއަށް ގެންދިޔައިރު، މުބާރާތުގައި ކޮންމެ ކެޓަގަރީއަކުން 138 ކުޅުންތެރިން ބައިވެރިވި އެވެ. އެ މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، އެ ކުޅިވަރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައި ދިނުމުގެ މަގުސަދުގައި ބީއެމްއެލްއިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވި މުބާރާތެކެވެ.
އެ މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މިދިޔަ އާދީއްތަ ދުވަހު ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.
ބީއެމްއެލްއިން ދަނީ ކުޅިވަރުގެ އެކި އެސޯސިއޭޝަންތަކާ ގުޅިގެން ރާއްޖޭގައި އެތުލީޓުންނަށް ހުރި ފުރުސަތުތައް އިތުރުކޮށްދީ، އެތުލީޓުންގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން އެފަދަ އެކި މުބާރާތްތައް ބޭންކުގެ އެހީގައި ދަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމީކަމުން
23 October 2025
ތަފްސީލް އަންނަނީދޯ
ސަންތި
23 October 2025
ތީ ވަކި ބަޔަކަށް ކުޅެވޭ ކުޅިވަރެއް.