އެއާ އިންޑިއާގެ ޕަސިންޖަރަކަށް އާ ޓާމިނަލުން މިއަދު ހިދުމަތް ދެނީ: އެއާ އިންޑިއާގެ ފްލައިޓްތަކަށް އާ ޓާމިނަލުން މިއަދު ވަނީ ހިދުމަތް ދޭން ފަށާފައި --- ފޮޓޯ/އެމްއޭސީއެލް
01 ނޮވެމްބަރ 2025 - 19:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަ ސުބްރަމާނިއަން ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓްގައި ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔައިފަ އެވެ.
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ، 1976 ގަ އެވެ.
އެއާ އިންޑިއާއާއެކު އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްލޮ
02 November 2025
އަދިވެސް ސެޕްޓެމްބަރ ނާންނަނީތޯއެވެ.
ގަރަމްގަރަމް
02 November 2025
ތިދިޔައީ ތިޔަތަނުގެ ދުވަސް ދެން ތިތަނުން ދުވާނީ ގަރަމް މަސާލާ ވަސް
ސުބްރަމާނިޔަމް
02 November 2025
އެހެންވީމާ ބޯޓުން ސީދާ އެއަރޕޯޓަށް ފޭބޭނެތަ މިހާރު؟
ކާނިި
01 November 2025
ތިޔަ 18 އެއާލައިނުގެ ނަން އެނގެން ބޭނުން.
ދިސްވޭއިން
01 November 2025
ވީއައިއޭގެ އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދޭން ފެށުން އުފާ ކުރާ ކަމެކޭ ރާއްޖެ އަށް އެންމެ ގިނައިން ގެސްޓުން އަންނަ ޗައިނާ ދެން އިންޑިއާ އަދި ރަޝިއާގެ ފްލައިޓްސް ތައް ޖެހޭނީ ވެލާނާ އެއަރޕޯރޓްގެ އާ ޓާރމިނަލްއިން ޚިދްމަތް ދޭން ހުރިހާ އެއަރލައިން ތަކަށް މިއަހަރު ނިމޭއިރު ޖެހޭނީ އާ ޓާރމިނަލުން ޚިދްމަތް ދޭން ދެން އަމިއްލަ ޓެކްސީ ތައް ނުޖެހޭނެއޭ އެއަރޕޯރޓަށް ދާން އެއަރޕޯރޓަށް ދާން ޖެހޭނީ ސަރުކާރުގެ ޓެކްސީ ތަކޭ އެއީ ސޭފްޓީ މެއިންޓެއިން ކުރަން