އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އިން ރާއްޖެ އަަށް ދަތުރުކުރާތާ 50 އަހަރު ފުރުން އެމްއޭސީއެލުން މިއަދު ފާހަގަކޮށްފި އެވެ. 

އެއާ އިންޑިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށީ ފެބްރުއަރީ 21، 1976 ގަ އެވެ. 

އެއާ އިންޑިއާއަކީ، އިންޑިއާ އިން ރާއްޖެ އަށް ވައިގެ ދަތުރުތަށް ފެށި ފުރަތަމަ އެއާލައިން ވެސް މެ އެވެ.

އެއާ އިންޑިއާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސަނީ: އެ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ދީ، މިއަދު ހޫނު މަރުހަބާއެއް ކިޔާފައިވޭ.
އެއާ އިންޑިއާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސަނީ: އެ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ދީ، މިއަދު ހޫނު މަރުހަބާއެއް ކިޔާފައިވޭ.

އެމްއޭސީއެލުން ބުނީ، އެ އެއާލައިން ރާއްޖެ އަށް ދަތުރުކުރާތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސެލިއުޓެއް ދީ، 139 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. ފަސިންޖަރުންނަށް ރާއްޖެ އިން މަރުހަބާ ކިޔުމުގެ ގޮތުން ދިނީ ފިނިފެންމަލާއި ކުކީސް ކަމަށް އެމްއޭސީއެލުން ބުންޏެވެ. 

އެއާ އިންޑިއާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވޯޓާ ސެލިއުޓެއް ދީ، މަރުހަބާ ކިޔަނީ.
އެއާ އިންޑިއާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވޯޓާ ސެލިއުޓެއް ދީ، މަރުހަބާ ކިޔަނީ.

"މިއީ އެއާ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ،" އެމްއޭސީއެލުން މީޑިއާ ދޫކުރި ލިޔުމުގައި ވެ އެވެ.