ބީއެމްއެލް އިން އައްޑޫގައި ކާނިވަލެއް ބާއްވައިފި އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ސިޓީ ސްކޮއާގައި ބޭއްވި އެ ކާނިވާ ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
އެ ކާނިވާގައި ކުޑަކުދިންގެ ގޭމުތަކާއި ކާބޯތަކެތި ވިއްކާ މަގުބޫލު ވިޔަފާރިތަކުގެ ސްޓޯލްތައް ހުއްޓެވެ. އަދި އައްޑޫ ސިޓީގެ އެކި ސްކޫލުތަކުގެ ދަރިވަރުންގެ ހުށަހެޅުންތަކާއި މަގުބޫލު ބޭންޑުތަކުގެ ހުށަހެޅުންތައް ވެސް އެ ކާނިވަލުން ފެނިގެން ދިޔަ އެވެ.
އެ ހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ލަކީޑްރޯއެއް ކުރިއަށް ގެންދިޔަ އެވެ. އަދި ލަކީޑްރޯއިން ހޮވުނު ހަތަރު ފަރާތަކަށް ޖުމްލަ ހަތަރު ސައިކަލު ދޫކުރި އެވެ.
އެ ކާނިވާއަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ.