04 ނޮވެމްބަރ 2025 - 23:02
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ ލިންކްޓިން އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނަވާފައި ކަމަށެވެ.
ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ފަޖުވާ، ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމަށް އައްޔަނުކުރީ ކުރީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި އޮކްޓޯބަރު 2023 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓަންޓުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ފަޖުވާ އިސްތިއުފާ މި ދެއްވީ، ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ މައްސަލާގައި، ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފަ އެވެ.
މި މުއާމަލާތް ހިންގަން ސަރުކާރުން ވިސްނާފައި ވަނީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅައިފަ އެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ. އެހެންވެ، ޕެންޝަން އޮފީހުން އެމްއެމްއޭ އަށް ވިއްކާ ބޮންޑުން ލިބޭ ފައިސާ އިން ސަރުކާރުން އިތުރަށް މި ފައިސާ ހޯދަނީ އެވެ.
ފެންމަތިވެފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފަ އެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ނޫން ކަމަށާއި މިއީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމަދުު
05 November 2025
އިސްތިއުފާ ދެއްވި ދެބޭފުޅުންނަކީވެސް އިއްތިފާގުން ކުރީ ސަރުކާރަތް ނިސްބަތްވާ ދެބޭފުޅުން.
ގެނެރަލް
06 November 2025
ސަރުކާރުގަ މަސައްކަތް ކުރުމަކީ ސިޔާސީ މީހަކައްވުމެއްނޫން. ތިހެން މީހުން ލޭބަލް ކުރުމަކީ ރަނގަޅު ކަމެއްނޫން. ސިވިލް ސާވަންޓުން ކިތައް ރިޔާސަތު ބަދަލުވެގެން ދިޔައިރުވެސް އެބަމަސަކަތް ކުރައްވާ. 2008 ކުރިން ސުރެ މަސަކަތް ކުރަމުންއައި އެންމެންނަކީ ރައީސް މައުމޫންގެ ސަރުކާރު ބޭފުޅުންތޯ؟
ޕުނާނީ
05 November 2025
އޯލް ދަ ބެޝްޓް
ފަޖޫ
05 November 2025
އަސްލު މުޅި މުޢާމަލާތް އެނގޭ ކަމަށް ވަންޏާ ފުރަތަމަ ދުވަހުން ތި ސްޓޭންޑު ނެގެން ޖެހޭ. ބަޔަކު ބުނާހާ ގޮތަށް ކަންތައް ކުރާ މީހެއްވީމާ ތިހެން ތިހެދީ.
ޜުގީ ފުޅިތަޅާ
05 November 2025
ތި ޕެންޝަން ޕަންޑުގެ ލާރި ނުލިބި ގަނޑަތެޅޭ އެތަށް ބައެއް އެބައުޅޭ. ކައްވަޅައް ދިޔައީމަ ތި ޕެންޝަން ލާރި ލިބޭނީ. ތި ސީއެފް އޯ އަކީ ހަމަ ތިތަނުން ހޫރާލަންޖެހޭ .... ތާކުންތާކުނުޖެހޭ ސްކީމެއް ރަތްޔަތުން ބުރަމަސައްކަތް ކޮށް ހޯދާލާރި ޕޭރިގެން ދައުލަތުން ދަވާލަނީ. ޜަތްޔަތުން ހޭލަންްޖެހޭ އެބަ!
ޒެންޖީބު
05 November 2025
ރައްޔިތުން ތިބީ ހޭލާ. ކަލޭވެސް ހޭލަންވެއްޖެ ޕެންޝަނަކީ ކޮން އެއްޗެއްކަން ރޭކާލާ ވަރަށް.
ފަޖުވާ ފަރުވާ
04 November 2025
ކީއްވެތޯ ފިނޭންސް މިނިސްޓަރާގައި ސިޔާސީ މީހުން ފުނިޖެހިފައި ހުންނަ އިރު އެއިން އެއްވެސް މީހަކަށް ޓީވީ އަކަށް އަރާ ވާހަކަ ދައްކަން ނުކެރެނީ؟ ބަޖެޓު ވާހަކަވެސް ދައްކާލަން ކެރޭ ނުވަތަ އެނގޭ ހަމަ އެކަކުވެސް ނެތީތޯ؟؟
ޖަލީލީ
05 November 2025
ހުރިހާ ގޯހެއް ހަދާފަ އެވެރިން ތިބޭނީ ހިކިފަސްތާ