މޯލްޑިވިއަން އެއާލައިނުން ކޮލަމްބޯގެ ދަތުރުތައް މިދިޔަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު އަލުން ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު.---ފައިލް ފޮޓޯ: ފަޔާޒު މޫސާ|މިހާރު
21 ނޮވެމްބަރ 2025 - 23:57
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ މަހުގެ ދެ ދުވަހެއްގައި ސްރީ ލަންކާގެ ކޮލަންބޯ އަށް ދަތުރު ކުރުމަށް އަގު ހެޔޮ ފެއާއެއް އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، ފެއާގައި ޓިކެޓު ވިއްކާނީ 99 ޑޮލަރަށެވެ. ދަތުރުތައް ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު ހަތެއް ވާ އާދިއްތަ ދުވަހާއި ނުވައެއް ވާ އަންގާރަ ދުވަހު އެވެ.
މޯލްޑިވިއަން އިން ނިންމާފައި ވަނީ 152 މީހުންގެ ޖާގައިގެ A-320 ގެ މަތިންދާބޯޓުގައި މި ހާއްސަ ފެއާގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް 35 ކިލޯގެ ބެގޭޖު އެލަވަންސެއް ދޭ ގޮތަށެވެ.
މެދުކެނޑުމަކަށް ފަހު މޯލްޑިވިއަން އިން މާލެ- ކޮލަންބޯ ދަތުރުތައް އަލުން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު އެވެ.
މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ފަސް ބޯޓާއި ސީ ޕްލޭންގެ 11 ބޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
23 November 2025
"މެދުކެނޑުމަކަށް ފަހު މޯލްޑިވިއަން އިން މާލެ- ކޮލަންބޯ ދަތުރުތައް އަލުން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު އެވެ". އޭގެފަހުން މެދުކެނޑުމަކަށް ފަހު އަނެއްކާވެސް މިއަހަރުގެ ޑިސެމްބަރު 7 އަދި 9ގަ ދަތުުރު ކުރަނީއެވެ.
އޮނަރަބްލް އަފީފު ދީދީ
23 November 2025
ކ.މާލެއިން އައްޑުއަށް ދިވެއްސަކު ނަމަ 3374ރ އަށް ވިއްކާ ޓިކެޓް ބިދޭސީން ނަށާއި ޓްއަރިސްޓުންނަށް ވިއްކަނީ 600-400 ޑޮލަރާއި ދެމެދުގެ އަގަކަށް. މީގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަމަށް ވެސް ވަނީ ހުރަސް އެޅިފައި. ޑރ ހަސަން ސަޢީދު ފަދަ އައްޑޫގެ އަމިއްލަ ފަރާތް ތަކުން އައްޑޫގައި ސިޓީ ހޮޓާ ތަރައްޤީ ކުރަމުންދާއިރު ވެސް މޯލްޑިވިއަން އަކީ މިކަމަށް ހުރަހެއް ކަމަށް ވަނީ ވެފައި. އައްޑޫ ބޭރުގެ މަންޒިލް ތަކާއި ގުޅާލަން ބޭނުން ނަމަ ކައުންސިލުން
ގެދޮރޭ
23 November 2025
އަސްލު ވާގޮތަކީ ހަމަ އެ ބުނީ. ދުވަހަކުވެސް ތި އަގުހެޔޮ ފެއަރ ގައި ޢާންމު ރައްޔިތަކު ލައްވާލިހެން ހީއެއް ނުވޭ. ތިކަން ވރަށް ގިނައިން ތަޖުރިބާ ކުރެވުނު. ތެދަށް ދަންނަވަންޏާ މިފަހަރު އަދި ޗެކްކޮށެއް ނުލަން.
އޮނަރަބްލް އަފީފު ދީދީ
23 November 2025
މަތީގައިދެންނެވިގޮތަށް މޯލްޑިވިއަނުން މާލޭ އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓުން ބޭރުގެ އެތައް މަންޒިލަކަށް ދަތުރުކުރާއިރު އައްޑޫގެ ވަރަށް ގިނަ އަދަދެއްގެ ކުދިން ތައުލީމް ޙާސިލް ކުރަންތިބޭ އަދި އައްޑުއާއި ދެކުނުގެ ގިނަ ރައްޔިތުންތަކެއް މޯލްޑިވިއަންގެ އަގުބޮޑު ޓިކެޓް 3374ރ ދީފައި ނަގައިގެން އައްޑޫއިން މާލެއަށް ގޮސް އަދި މާލެއިން ވަކި ޓިކެޓެއް ގަނެގެންނޫން ގޮތަކަށް އައްޑޫމީހުނަށް އިންޑިޔާގެ Cochin އަށް ދެވޭނެގޮތް ހަދާދޭކަށް މޯލްޑިވިއަން ބޭނުމެއް ނުވޭ.
ޑޮހޮއްތު
22 November 2025
އަވައްޓެރި ގައމުތަކައް މޯލްޑިވިއަން ފުލައިޓްތައް އޮތުން ދަރުމަ ހުރި .. ހައްގުވެރީންނައް ހެޔޮދުއާ
ހަޖަމް 25
22 November 2025
މި ކޮންކަހަލަ ޓިކެޓެއް ވިއްކާ ބަޔެއް ތަ ޓިކެޓް ގަންނަން ބެލިއިރު ހުސް ވެފަ ، މީ އާ ސްކޭމެއް ރައްޓިހިން އާއި އައިލާ މީހުންނަށް އަގުހެޔޮ ކޮއް ޓިކެޓު ވިއްކަން ގެންގުޅޭ
އިޔާ
22 November 2025
ހަމައެއްޗެކޭ ކިޔަނީ އޭ. މިހާރު ބެލިޔަސް ޓިކެޓް ލިބެން އެބަހުރި 7 އާ 9 އަކަށް
ޢަރުތަ
23 November 2025
9 ޑިސެމްބަރުގަ ރައީސް މުއިއްޒު ލަންކާގަ ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ދާ ދަތުރުގެ ހުސްގޮނޑިތައް ފުރާލަން އަގުހެޔޮކޮށް ޓިކެޓް ވިއްކަނީ، އަދި އެވެސް އެއްކޮޅު ދެން ލަންކާއަށް ގޮސްފަ އެނބުރި އަންނާކަށް ނުޖެހޭނެބާ! ދެކޮޅު ޓިކެޓަށް ރުފިޔާ 3800 ދައްކަން ޖެހެޔޭ، އެކަމަކު 99 ޑޮލަރޯ، ކޯޗެކޭ މިކިޔަނީ، އެއްކަމެއްގަވެސް އޮޅުވާނުލާ ހަމަ ނުވަނީތަ.
ހާނިމްދީދީ
22 November 2025
ޓިކެޓް ގަންނަން ދިޔައިރު ޓިކެޓް ހުސްވެއްޖެ، ހުރިހާ ޓިކެޓެއް ގާތްމީހުންނަށް