19 ޑިސެމްބަރ 2025 - 10:21
އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ 40 ޕަސެންޓަކީ ޔޫރަޕްގެ ގައުމުތައް ކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ޔޫރަޕްގެ ހަ ގައުމުން 862،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
ޔޫރަޕްގެ ގައުމުތަކުން އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 265،000 އައިސްފައިވެ އެވެ. ރަޝިއާއަކީ ދެވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން މިއަހަރު އައި ގައުމެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ރާއްޖެއަށް 191،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޖަރުމަނުން ޒިޔާރަތްކުރިއިރު، އެއީ 160،000 ޓޫރިސްޓުންނެވެ.
އެ ގައުމުތަކުގެ އިތުރުން އިޓަލީ އާއި ފްރާންސާއި ސްޕެއިން ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެ އެވެ. ޔޫރަޕަކީ އަބަދުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ސަރަހައްދެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އެ ގައުމުން 322،000 ޓޫރިސްޓުން އަ އެވެ. އެއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 15 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަނބޫ
19 December 2025
އެބޭކަލުން އެހާ ދުރުންވެސް އަންނަނީ ދިވެހިފައިސާ ހިފައިގެންތޯ؟
ޖައްސާށޭ
19 December 2025
މާލެ ސަރަހައްދުން އެނބޫދޫ ފަޅުން ހިއްކާފައި ހުރި ރަށް ތަކުގައި ތިސޯރޓްސް ތަކާއި ހޮޓާތައް އަޅަން ހުއްދަ ދޭންވީއޭ ރިސޯރޓް ތަކުގައި ވެސް 10 ބުރީގެ ހޮޓާ އަޅަން ހުއްދަ ދޭންވީ ޚަެއްސަކޮށް މާލެ ސަރަހައްދުގައި 15 ބުރިއަށް ރިސޯރޓް ތަކުގައި 2 ހެކްޓަރު ބިމުގައި އެކަންކުރަން ހުއްދަ ދޭންވީ ރިސޯރޓް ތަކުގެ ކޮޓަރި ތައް މަދީއޭ ގިނަ ކުރަންވީ މާލެ ސަރަހައްދުގެ ކޮންމެ ރިސޯޜޓެއްގައި 5 ހާސް ކޮޓަރި ހުންނަންވީއޭ...
ޑރ ވާންޗޯ
19 December 2025
އޭސް ޔޫސުއަލް ޓޫރިސްޓުންގެ %40 ޔޫރަޕުން %60 ބަންގާޅުން ދެއްތޯ؟.