ހުޅުމާލޭގެ ރެހެންދި ދަނޑުގައި މިހާރު ފޯރިއާ އެކު ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި އުރީދޫންކުރިއަށް ގެންދާ ހާއްސަ އޮން-ސައިޓް ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ. 

މި ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިއަކަށް ހޮވުނީ ފާތުމަތު ޝަހީދާ އެވެ. އޭނާއަށް ލިބުނީ ޓީވީއެކެވެ. 

އުރީދޫން އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ އުރީދޫ ސުޕަނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއާފައިބާގެ 400ރ. އިން މަތީގެ ޕެކޭޖުތައް ހިޔާރުކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި އިނާމު ދޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ސޯފާ، ފްރިޖު، މައިކްރޯވޭވް، ތެލި ސެޓާއި ކޮންސިއާޖް ގުރޫޕުގެ ފަރާތުން މެލޭޝިއާ އަށް ދިއުމަށް ދޭ ދެކޮޅު ޓިކެޓް ހިމެނެ އެވެ. 

އުރީދޫން ބުނީ، ޕްރޮމޯޝަންގެ ބޭނުމަކީ ތަފާތު އިވެންޓުތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުން ކަމަށެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުންނެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާއިރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އުރީދޫ ޓެންޓުގައި އުރީދޫގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.

މި ޕްރޮމޯޝަން ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމެންދެން ކުރިއަށް ގެންދާނެ އެވެ.