ވިޔަފާރިއެއް ފުޅާކޮށް ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކަމަކީ ވިޔަފާރިއެއް ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ ތަފާތު އެކި މާކެޓިން ހަރަކާތްތަކެވެ. ރާއްޖޭގެ މާކެޓަށް ބަލާއިރު، މިފަދަ ހަރަކާތްތަކުގެ ގޮތުގައި އެންމެ ބޮޑު ތަރުހީބެއް ލިބެނީ އެކި ވިޔަފާރިތަކުން ޕްރޮމޯޝަންގެ ގޮތުގައި ކުރިއަށް ގެންދާ ލަކީޑްރޯތަކާއި ގިވްއަވޭތަކަށެވެ. އާއްމުކޮށް އެފަދަ ޕްރޮމޯޝަނެއް ފެށުމަށް ފަހު، އެ ޕްރޮމޯޝަންގެ ޓާގެޓް އޯޑިއަންސަށް ވާސިލްވުމަކީ ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް ކުދި ވިޔަފާރިތަކަށް އެފަދަ ގޮންޖެހުންތައް އިތުރަށް ބޮޑެވެ.
ވިޔަފާރިތަކުން އާއްމުކޮށް އެފަދަ ޕްރޮމޯޝަންތައް އިސްތިހާރުކުރުމުގައި ހިޔާރު ކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކެވެ. އެ ޕްލެޓްފޯމުތަކަކީ ކޮންމެ ޔޫޒާއެއްގެ ވެސް ބިހޭވިއަރަލް ޕެޓާނަށް ބޭސްވެފައި އޮންނަ އަލްގޮރިދަމެއް ހިމެނޭ އެއްޗަކަށްވުމުން އެ އިސްތިހާރުތައް ގިނަ ބަޔަކަށް ނުފެނުން ވެސް އެކަށީގެން ވެ އެވެ. އަދި އެ ފަދަ އެފަދަ ޕްރޮމޯޝަނެއް އެކި ޕްލެޓްފޯމުތަކުގައި އިސްތިހާރުކުރަން ބޮޑު ހަރަދުތަކެއް ވެސް ކުރަން ޖެހެ އެވެ.
ވިޔަފާރިތަކަށް މާކެޓިންގެ ދާއިރާގައި ހުރި މިފަދަ ދަތިތަކަށް ހައްލު ހޯދައިދޭނެ ޕްލެޓްފޯމެއް ދާދި ފަހުން ވަނީ ތައާރަފްކޮށްފަ އެވެ. "ލަކީޑްރޯ މޯލްޑިވްސް"ގެ ނަމުގައި ލޯންޗު ކުރި މިޕްލެޓްފޯމަކީ ކަސްޓަމަރުންނާއި ވިޔަފާރިވެރިން ހިންގަން ބޭނުންވާ ޕްރޮމޯޝަންތަކާއި ގުޅުވައިދޭ ޕްލެޓްފޯމެކެވެ.
ބޭނުން ކުރަން ފަސޭހަ ފީޗާތަކެއް ހިމަނާ ޝައުފާން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ އެ ޕްލެޓްފޯމުގައި ކޮންމެ ބައިވެރިއަކަށް ވެސް، އެ ބައިވެރިއެއްގެ ނަމްބަރު ރަޖިސްޓްރީ ކުރެވޭނީ އެއް ފަހަރެވެ. މިއީ އިންސާފުވެރިކަމާއި ހަމަހަމަކާއި އެކު ޕްރޮމޯޝަންތަކުގެ ކަންތައްތައް ކުރިއަށް ގެންދަން އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
މި ޕްލެޓްފޯމުގައި އެކި ވައްތަރުގެ ޕްރޮމޯޝަންތައް ހިންގުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލާފައި އޮތް އިރު، މި ޕްރޮމޯޝަންތައް ފަރުމާކޮށްފައި ވަނީ ވިޔަފާރިވެރިންނަށް ވެސް އޭގެން ގެއްލުން ނުލިބޭނެ ފަދަ ހަމަތަކާއި އުސޫލުތައް ދެމެހެއްޓޭނެ ގޮތަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމުގައި ހިލޭ ޕްރޮމޯޝަންތައް ހިންގޭނެ ޕެކޭޖަކާއި އަގު ދައްކައިގެން، އިތުރު އެކްސްޕޯޝާއާ އެކު ބައިވެރިވެވޭނެ ޕެކޭޖުތައް ވެސް ހިމެނެ އެވެ. މި ޕްލެޓްފޯމުގައި ތަފާތު ހަ ވައްތަރެއްގެ ޕްރޮމޯޝަންތައް ހިންގޭނެ ފުރުސަތު ފަހިކޮށްދީފައި ވާއިރު، ކޮންމެ ޕްރޮމޯޝަނަކީ ވެސް ވިޔަފާރިވެރިޔާ ނުވަތަ މާޗަންޓު ބޭނުންވާ ގޮތަކަށް ކަސްޓަމައިޒްކޮށް ހިންގޭނެ ޕްރޮމޯޝަންތެކެކެވެ.
މި ޕްލެޓްފޯމުގައި ޕްރޮމޯޝަންތަކަށް ހާއްސަކޮށްފައިވާ ހަރަކާތްތަކަކީ:
- ލައިކް އެންޑް ވިން: މި ހަރަކާތަކީ "ލަކީޑްރޯ މޯލްޑިވްސް"ގެ ވެބްސައިޓުގައި ހިމެނޭ އެ ވިޔަފާރިއެއްގެ ޕޯސްޓަށް ވަދެ, ލައިކް ކުރުމުން ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ.
- ސްޕިން އެންޑް ވިން: މިއީ ވިޔަފާތަކުން އެއް އިނާމު ނުވަތަ އެއަށް ވުރެ ގިނަ އިނާމު ހިމަނާ ކުރިއަށް ގެންދެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ކޮންމެ ބައިވެރިއަކަށް ވެސް ކޮންމެ 24 ގަޑިއިރަކުން ވީލް އަނބުރާލާ، ނަސީބު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.
- ސްކްރެޗް އެންޑް ވިން: މިއީ ނުވަ ގޮޅިއެއް ހިމެނޭ ޕްރޮމޯޝަނެކެވެ. އެ ގޮޅިތަކުގެ ތެރެއިން ތިން ގޮޅީގެ ފޮޓޯ ދިމާވާ ކަސްޓަމަރުންނަށް ހާއްސަ އިނާމެއް ލިބޭނެ އެވެ.
- ކުއިޒް އެންޑް ވިން: މިއީ ވިޔަފާރިތަކުން ބޭނުން ސުވާލުތަކެއް ހިމަނާ ކުރިއަށް ގެންދެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ހުރިހާ ޖަވާބެއް ނުވަތަ ވަކި އަދަދަކަށް ޖަވާބު ދިމާކުރާ ފަރާތްތަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
- ފްރެންޑްސް އިން ޔޫ ވިން: މިއީ އެ ޕްރޮމޯޝަނެއްގެ ޕޯސްޓުކަށް ވަނުމުން އޭގެން ޖެނެރޭޓު ކުރާ ލިންކު ރައްޓެހިންނާއި ހިއްސާކޮށް އެ ލިންކަށް އެހެން މީހަކު ވަނުމުން ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ގިނަ މީހުން ވައްދާވަރަކަށް އެމީހެއް ގުރުއަތުން ހޮވުމުގެ ފުރުސަތު މި ޕްރޮމޯޝަންގައި ބޮޑުވެގެންދެ އެވެ. މި ޕްރޮމޯޝަނުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ ތަފާތު ޔުނީކް ލިންކެކެވެ. ޕްރޮމޯޝަން ނިމެންދެން އެ މީހަކަށް ލިބުނު ލިންކު ބޭނުން ކުރެވޭނެ އެވެ.
- ވިޒިޓް އެންޑް ވިން: މިއީ ފިހާރައަކަށް ޒިޔާރަތްކޮށް އެ ވިޔަފާރިއަކުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން "ލަކީޑްރޯ މޯލްޑިވްސް"އިން ދޭ ކިއުއާރު ކޯޑު ސްކޭންކޮށް، އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، ލަކީޑްރޯއެއްގައި ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދެވޭނެ ޕްރޮމޯޝަނެކެވެ.
މީގެ ކޮންމެ ހަރަކާތެއްގެ ވެސް ޕްރޮމޯޝަންގައި ބައިވެރެވުމާއި ނަސީބުވެރިޔާ ހޮވުމުގެ ހުރިހާ ކަމެއް ވެސް ހިނގާނީ ވެބްސައިޓުގެ އަލްގޮރިދަމްގައި ހިމެނޭ އޮޓޮމެޓިކް ޕްރޮސެސްއެއްގެ ތެރެއިންނެވެ. މީގެން ކޮންމެ ހަރަކާތެއްވެސް ފަރުމާކޮށްފައި ވަނީ ލަކީޑްރޯގެ ބައިވެރިޔާ ބައިވެރިވާ ވަގުތުން ފެށިގެން އިނާމު ލިބޭ ފަރާތް ހޮވައި އިނާމު އަތަށް ލިބުމާ ދޭތެރޭ ހިމެނޭ ހުރިހާ މަރުހަލާއެއް ލަކީޑްރޯ މޯލްޑިވްސްގެ ވެބްސައިޓުގެ ތެރެއިން ދެފުށް ފެންނަހެން ކުރިޔަށް ގެންދެވޭނެ ގޮތަށެވެ.
ލަކީޑްރޯ މޯލްޑިވްސްގައި ކުރިއަށް ގެންދާ މިފަދަ ޕްރޮމޯޝަންތަކުގެ މުއްދަތު ހަމަވުމުން ޕްރޮމޯޝަން ހިންގާ ފަރާތަށް ނަސީބުވެރިޔާ ހޮވުމަށް ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ހިންގާ ފަރާތުން ނަސީބުވެރިޔާ ހޮވަން ހަތް ދުވަހުގެ މުއްދަތެއް ސިސްޓަމް ތެރޭ ވަނީ ހިމަނައިފަ އެވެ.
ޕްރޮމޯޝަން ހިންގާ ފަރާތުން ނަސީބުވެރިޔާ ހޮވަން "ވިނާ ސެލެކްޓް" ބަޓަނަށް ފިއްތާލުމުން ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ހުރިހާ ފަރާތެއް ޝަފުލްކުރާ ޕޯޓަލްއަކަށް ސްކްރީން ނެވިގޭޓް ވާނެ އެވެ. އަދި އެ ތަނުގައި ނަސީބުވެރި ފަރާތް ހޮވަން ހުރިހާ ބައިވެރިން ޝަފުލްވާ މަންޒަރު ފެންނާނެ އެވެ.
ޕްރޮމޯޝަން ހިންގާ ފަރާތުގެ އެންމެ ކްލިކަކުން ޝަފުލް ހުއްޓުވާ ދެ ފަރާތުން އަރާ ރީތި ކޮންފެޓީއާ އެކު، ނަސީބުވެރި ފަރާތް ހޮވޭނެ އެވެ. ޕްރޮމޯޝަން ހިންގާ ފަރާތްތަކުން ނަސީބުވެރިޔާ ހޮވާ ވަގުތު ސްކްރީން ރެކޯޑު ކޮށްގެން އެ ފަރާތަކުން ބޭނުންވާ ނަމަ، އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓަށް އެ ސްކްރީން ރެކޯޑިން އަޕްލޯޑްކޮށް ބޭނުން ވެސް ކުރެވޭނެ އެވެ.
ނަސީބުވެރިޔާ ހޮވުމުން ޕްރޮމޯޝަން ހިންގި ފަރާތަށް އިނާމު ރައްދުކުރުމަށް އަދި ނަސީބުވެރިޔާއަށް އިނާމު ލިބުނުކަމުގެ ނޮޓިފިކޭޝަން ލިބޭނެ އެވެ. މި ޕްލެޓްފޯމުގައި ޕްރޮމޯޝަން ހިންގާ ފަރާތުން އިނާމު ދިނުމަށް ފަހު "ޕްރައިޒް ޑެލިވާޑް" ބަޓަން ހިޔާރުކޮށް, އިނާމު ލިބުނު ފަރާތުން "ޕްރައިޒް ރިސީވްޑް" ބަޓަނަށް ފިތާލުމުން މި މުއާމަލާތް ނިމޭނެ އެވެ.
"ލަކީޑްރޯ މޯލްޑިވްސް"ގައި ހިމެނޭ ސްޕިން އެންޑް ވިން އަދި ސްކްރެޗް އެންޑް ވިން އަކީ އިންސްޓަންޓް ވިނިން ނުވަތަ ވަގުތުން އިނާމު ލިބޭ ހަރަކާތްތަކަށް ވުމުން އެ ހަރަކާތްތަކުގައި ޕްރޮމޯޝަން ހިންގާ ފަރާތުން ވަކި ވިނާ ސެލެކްޝަން ޕްރޮސެސްއެއް ނުހިމެނޭނެ އެވެ.
ލަކީޑްރޯ މޯލްޑިވްސްގައި ވިޔަފާރިވެރިންނަށް އެ ފަރާތެއްގެ ފިހާރަ ނުވަތަ ޕޭޖުތަކުގައި އަމިއްލަ އަށް ހިންގާ ލަކީޑްރޯ އަދި ގިވްއަވޭތަކަށް ހާއްސަ ކެޓަގަރީއެއް "މާޗަންޓް އޯން ޑްރޯ"ގެ ނަމުގައި ހިމެނެ އެވެ. އެ ކެޓަގަރީގައި ވިޔަފާރިވެރިޔާގެ ޕޭޖުގައި ހިމެނޭ ގިވްއަވޭ އަށް ޑައިވާޓް ވާގޮތަށް ލިންކު ލައިގެން ޕްރޮމޯޝަން ހިންގޭނެ އެވެ. ލަކީޑްރޯ މޯލްޑިވްސް ވެބްސައިޓަށް އަންނަ ފަރާތްތައް މިޕްރޮމޯޝަން ތެރޭ ހިމެނޭ ބަޓަނަށް ފިތުމުން މާޗަންޓް ނުވަތަ ވިޔަފާރިވެރިޔާގެ ސޯޝަލްމީޑިއާގައި ހިންގާ ޑްރޯއަށް ގެންގޮސްދޭނެ އެވެ. މިފަދަ ޕްރޮމޯޝަންތަކުގެ ސަބަބުން ސޯޝަލްމީޑިއާގެ އިތުރުން ލަކީޑްރޯމޯލްޑިވްސް ވެބްސައިޓުން ވެސް މީހުންނަށް އެކި ވިޔަފާރިތައް ފެނުމުގެ ފުރުސަތު ފަހިވާނެ އެވެ.
"ލަކީޑްރޯ މޯލްޑިވްސް"އިން ވިޔަފާރިވެރިންނަށް ޕްރޮމޯޝަންތަކުގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ހަރަކާތްތަކަކީ އިންޓަރެކްޓިވްކޮށް ކުރިއަށް ގެންދެވޭނެ ހަރަކާތްތަކެކެވެ. މިއީ ކަސްޓަމަރުންގެ ޝައުގުވެރިކަން ލިބޭނެ ގޮތްތައް ދިރާސާކޮށް، ފަރުމާކޮށްފައިވާ ހަރަކާތްތަކެކެވެ.
އާއްމުކޮށް ލަކީޑްރޯ ނުވަތަ ގިވްއަވޭ ހަރަކާތްތައް ކުރިއަށް ގެންދަނީ އެ ވިޔަފާރިއެއްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގަ އެ ވިޔަފާރިއަކުން އަމިއްލަ އަށެވެ. މިފަދަ އެކި ޕްރޮމޯޝަންތަކަކީ ތިންވަނަ ފަރާތެއް ނެތި ކުރިއަށް ގެންދާ ކަމަކަށްވުމުން ބައެއް ފަހަރު އެފަދަ އެކި ޕްރޮމޯޝަންތަކާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮވެ އެވެ. އަދި އެ ފަދަ ޕްރޮމޯޝަންތަކަށް އޮންނަ އިތުބާރު ކުޑަވެ، ތަރުހީބު ކުޑަވާތަން ވެސް އާދެ އެވެ.
ލަކީޑްރޯމޯލްޑިވްސްގެ ޕްލެޓްފޯމް ޖެނެރޭޓެޑް ޑްރޯޒްތައް ބޭނުންކުރުމުން މިފަދަ ޝައްކުތައް އުފެދުމުގެ ފުރުސަތުތައް ކުޑަވާނެ އެވެ.
"ލަކީޑްރޯ މޯލްޑިވްސް"ގެ ސީއީއޯ އަބްދުالله ޝައުފާން ސަމީރު ވިދާޅުވީ މީގެ ކޮންމެ ހަރަކާތެއް ފަރުމާކުރުމުގައި ރާއްޖޭގައި ހިންގާ އެކި މާކެޓިން ޓްރެންޑުތަކަށް ބަލާފައި ވާނެ ކަމަށެވެ. އަދި އެ ޕްލެޓްފޯމުން މަސައްކަތްކުރަނީ ޒަމާނާ ގުޅޭ ޕްރޮމޯޝަންތައް ހިންގަން ތަފާތު އެކި ޓޫލްތައް ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ކަމަށް ޝައުފާން ވިދާޅުވި އެވެ.
ޝައުފާން ވަނީ މި ޕްލެޓްފޯމުގައި ހިމެނޭ ހުރިހާ ޕްރޮމޯޝަންތަކަކީ ވެސް އިންސާފުވެރިކަމާ އެކު ކުރިއަށް ދާނެ ޕްރޮމޯޝަންތަކެއް ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި މި ޕްލެޓްފޯމުގައި ހިމެނޭ "ފްރެންޑްސް އިން ޔޫ ވިން"އިން ޖެނެރޭޓު ކުރާ ލިންކަކީ އިތުބާރު ހިފޭ ލިންކެއް ކަމަށާއި ލިންކަށް ވަނުމުގެ ކުރިން ސުވާލު އުފެދޭ ނަމަ އެއީ އަސްލު ލިންކެއްތޯ ޔަގީން ކުރަން އެ ފޮނުވިފަރާތަށް ގުޅައި ޗެކުކުރުމަށް ޝައުފާން އެދިލެއްވި އެވެ.ޗެކުކުރަން އެދިވަޑައިގެންފަ އެވެ.
އަދި ލަކީޑްރޯމޯލްޑިވްސްގެ ޑްރޯތަކުގެ ބައިވެރިންނަކީ ވެބްސައިޓުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށާއި ވެބްސައިޓުގެ ބައިވެރިންގެ އަތުން ރެޖިސްޓްރޭޝަނަށް އަދި ޑްރޯތަކުގައި ބައިވެރިވުމަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށްވެސް ޝައުފާން ވިދާޅުވި އެވެ.
ޝައުފާން ވިދާޅުވީ "ލަކީޑްރޯ މޯލްޑިވްސް"ގެ އަމާޒަކީ ކޮންމެ ފަންތީގެ ވިޔަފާރިއަކަށް ވެސް ޕްރޮމޯޝަންތައް ހިންގުމުގައި ހުރި ދަތިތައް ހުރަސްކޮށް ތާޑް ޕާޓީއަކާއި އެކު ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ޕްރޮމޯޝަންތަކެއް ހިންގޭނެ ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނާއި ވިޔަފާރިވެރިންނާއި ގުޅައިދެވޭނެ ފާލަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ލަކީޑްރޯ މޯލްޑިވްސް"ގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ޕްލެޓްފޯމުގައި ބައިވެރިވެވޭނީ އެ ވިޔަފާރިއެއްގެ އޮތެންޓިސިޓީ "ލަކީޑްރޯ މޯލްޑިވްސް"ގެ ޓީމުން ވެރިފައިކޮށް ނިމުނީމަ އެވެ. މި ޕްލެޓްފޯމުގައި ޔޫޒާސްގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ޕްލެޓްފޯމަށް ވަދެ, މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.
ނޯޓު: މިއީ ލަކީޑްރޯ މޯލްޑިވްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.