މިއަހަރުގެ ފިތުރު ޒަކާތް ފަސޭހަކަމާ އެކު ދެއްކޭނެ އިންތިޒާމް ދިރާގުޕޭއިން ވަނީ ހަމަޖައްސާފަ އެވެ.
ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް އެ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ފަހު، ހޯމް ސްކްރީނުގެ ތިރީގައިވާ "ފީޗާޑް" ބައިން 'ފިތުރު ޒަކާތް' ހިޔާރުކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އެވެ.
ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފައެވެ. އަދި ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެ އެވެ.
ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 6 ޖަހަންދެން ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
ދިރާގުން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ މަގުތައް ތަނަވަސްކޮށްދެ އެވެ.