މި ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އުރީދޫ ކަރާ ފެޅުން ގޭމުގައި އުރީދޫން 'ކަރާ ކުއެސްޓް' ތައާރަފްކޮށްފި އެވެ.
މިއީ ކުޅުންތެރިންނަށް އެ މީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ހޯދާދީފައިވާ އިތުރު ފުރުސަތެކެވެ.
އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އެވެ.
މި ކުއެސްޓުގައި، ކަރައެއް ފެޅުމުން އެ ތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެ އެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅައި، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެ އެވެ.
މި ފީޗާއާ އެކު، އުރީދޫ ކަރާފެޅުން ގޭމު އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބޭނެ އެވެ. ރޯދަމަހުގެ ރޫހުގައި އާއިލާ އާއި ރައްޓެހިންނާ އެކު މި ގޭމު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ކަރާފެޅުން ގޭމަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ.
ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެ އެވެ. އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބެ އެވެ.
ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.