ކުޑަކުދިންނަށް ހާއްސަ އެކި ވައްތަރުގެ ކުޅޭ އެއްޗެހި ފުޅާ ދާއިރާގައި ވިއްކާ "ކޮކީ" ފިހާރައިން "ކުޑަ އީދު، ބޮޑު ހަދިޔާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކުގައި ތިން އަގެއްގައި ޓޯއި ބަންޑަލްތަކެއް ލިބެން ހުންނާނެ އެވެ.
އެގޮތުން 99ރ. 199ރ. އަދި 299ރ. އަށް ލިބޭ ޓޯއި ބަންޑަލްތައް ކޮކީ އިން ވިއްކާނެ އެވެ. މިއީ ބެލެނިވެރިންނަށް ހެޔޮ އަގުގައި ކުދިންނަށް އީދު ހަދިޔާގެ ގޮތުގައި ކުޅޭ އެއްޗެހި ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް "ކޮކީ" އިން ބުންޏެވެ.
މި ފަހަރުގެ ކުޑަ އީދަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ގިފްޓު ބަންޑަލްތަކުގެ ހިމަނާފައިވާ ކުޅޭ އެއްޗެހީގެ ތީމުތަކުގެ ތެރޭގައި ކޭ-ޕޮޕް ޑީމަން ހަންޓާސް، އާޓްސް އެންޑް ކްރާފްޓްސް، ހެލޯ ކިޓީގެ އިތުރުން ބޯޑު ގޭމްތަކާއި ކުޑަކުދިންނާ ގުޅުން ހުރި އެކި ތީމުތައް ހިމެނެ އެވެ.
މި ބަންޑަލްތައް "ކޮކީ"ގެ ހުރިހާ ފިހާރައަކުން ގަންނަން ލިބޭނެ އެވެ.
ކޮކީގެ ފިހާރަތައް މާލޭގެ އަލިކިލޭގެފާނު މަގު، މުރަނގަ މަގު (ައިޖީއެމްއެޗް ކައިރީގައި)، ބުރުޒު މަގު (އިސްކަންދަރު ކޮށި ފުރަގަހުގައި)، ކެނެރީ މަގު (ފެންޓަސީ ފުރަގަހުގައި) ހުރެ އެވެ. އަދި ހުޅުމާލޭ ސްކޭޓް ޕާކު ކައިރީގައި ވެސް ކޮކީގެ ފިހާރައެއް ހުރެ އެވެ.