އުރީދޫން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ގޭމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ކަސްޓަމަރުންނަށް މި ގޭމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި ގޭމު އުރީދޫގެ އެޕް މެދުވެރިކޮށް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ގޭމާ ގުޅެވޭ މުއްދަތު އިތުރުކުރީ މި ގޭމަށް ލިބެމުންދާ ހޫނު ތަރުހީބުގެ ސަބަބުން ކަމަށް އުރީދޫން ބުންޏެވެ.
މި ބަދަލާއި އެކު، 100,000ރ.ގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެއް ކަމަށް އުރީދޫން ބުންޏެވެ.
މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމުތައް ހިމެނެ އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން" އަކީ މަޖާ، ވާދަވެރި އަދި ކޮންމެ ދުވަހަކު އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ކޮންމެ ދުވަހަކު ވެސް ލިބޭ ހަދިޔާތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ އިނާމުތައް ހިމެނެއެވެ.
އުރީދޫން ކަރާ ފެޅުން ގޭމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ކެމްޕޭނުގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މި ގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިއީ ރަމަޟާން މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ވިދާޅުވި އެވެ.
އުރީދޫ ކަރާ ފެޅުން ގޭމަކީ ގިނަ ބައެއްގެ ހޫނު ތަރުހީބު ލިބެމުންދާ ގޭމެކެވެ.