ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.

މިއީ ރޯދަ މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށްފަހު، ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި އީދު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. 

އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ މަހަކު ލިބޭ ޑޭޓާ ފަސް ދުވަހުގެ މުއްދަތައް ބޭނުން ކުރެވޭނެ އެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާއްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް 5 ރަން ޓިކެޓު ލިބޭނެ އެވެ. އެ ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރު ކުރެވޭނެ އެވެ. އަދި 5 ކާށި ބިނދެގެން ރަން ކާއްޓެއް ބިނދެ، 50 ޓިކެޓް ހާސިލު ކުރެވޭނެ އެވެ.

އެ ޕްރޮމޯޝަނަށް ހުށަހަޅާފައިވާ ހާއްސަ އިނާމުތަކަކީ:

  1. އެޕަލް މެކްބުކް ނިއޯ
  2. ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
  3. ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
  4. އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
  5. އެޕަލް އެއަރޕޮޑް މެކްސް
  6. ޓީޓީ ރޭސިން އެއާ ފްލެކްސް ގޮނޑި
  7. ޓީޓީ ރޭސިން ސްމާޓް ޑެސްކް

ދިރާގުން އެފަދަ އެކި މުނާސަބަތުތަކާއި ގުޅުވައިގެން އެކި ޕްރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ.