ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ބޭއްވި އައިފޯން 17 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

މި އިނާމުގެ ނަސީބުވެރިއަކަށް ހޮވުނީ މުހައްމަދު ނާހިލް ނަސްރު އެވެ. 

އެ އިނާމުގެ ނަސީބުވެރި ފަރާތް ހޮވީ ޑީޖީޖީ.އެމްވީ އަށް ސައިން-އަޕްކޮށްގެން މި ގިވްއަވޭގައި ބައިވެރިވި މީހުންގެ މެދުގައި ނަގާފައިވާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.

ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އަށް އިތުރު ފުރުސަތުތަކާއި ހާއްސަ އިނާމުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާ އެކު ބާއްވައި، ރާއްޖޭގެ ގޭމަރުންނަށް ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ޑީޖީޖީ އިން ހޯދައިދެ އެވެ.