ދާދި ފަހުން ހުޅުމާލެ، ފިތުރޯނު މަގުގައި ހުޅުވި އޮޓޯސްފިއާ ކާ ޝޯރޫމް އަދި ސާވިސް ސެންޓަރުން އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ މެއިންޓަނަސްގެ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެތަނުން ބުނެފި އެވެ.

އެތަނުގެ ސާވިސް ސެންޓަރަކީ ޕްރޮފެޝަނަލް ގްރޭޑްގެ އޮޓޮމޯޓިވް މެޝިނަރީ ހިމެނޭ ފުލީ އިކުއިޕްޑް ތަނެކެވެ. އެ ތަނުގައި އީގަލް އެޑްވާންސް އޭއެލްވައި-އެފް40އޭ-އޮޓޮމޯޓިވް ލިފްޓާއި ޑާލި ޕްލަސް ޖީ-5222ޑަބްލިއުއެފް ޓަޔާ ޗޭންޖާއި ވީއޭ800 ވީލް ބެލެންސާއި އޭއެފް-5000ޒެޑް އޭސީ ސާވިސް ޔުނިޓާއި ދަ އެކްސް-831 ވީލް އެލައިންމަންޓް ސިސްޓަމް ހުރެ އެވެ.

މި ތަނުން ހިދުމަތްތައް ދިނުމަށް އެކި ޕެކޭޖުތައް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ, ލޫބް، މައިނާ، ފުލް، މޭޖާ އަދި އަލްޓަމޭޓް ޕެކޭޖެވެ. މި ތަނުން ކަސްޓްރޯލް އެޖް އާއި ބީއެމްޑަބްލިއު 0ޑަބްލިއު-30ގެ ތެރެއިން ބޭނުން ވައްތަރެއްގެ އަޑީތެޔޮ ހިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އޮޓޯސްފިއާގެ ސާވިސް ސެންޓަރު.
އޮޓޯސްފިއާގެ ސާވިސް ސެންޓަރު.

އޮޓޯސްފިއާ ސާވިސް ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ތެލާއި ފިލްޓާ ބަދަލުކުރުމާއި, ބްރޭކް އިންސްޕެކްޓް ކރުމާއި 50-ޕޮއިންޓް ވެހިކަލް އިންސްޕެކްޝަނާއި އިންޖީނު ޑައިގްނޯސްޓިކާއި ޕާފޯމަންސް ބެލުމާއި ފްލުއިޑް ޓޮޕް-އަޕް ހިދުމަތާއި ކެބިން ފިލްޓާ ސާވިސިން އާއި ޕްރޮފެޝަނަލް ވީލް އެލައިންމަންޓް ހިމެނެ އެވެ.

މިދިޔަ އަހަރު ހުޅުވި އޮޓޯސްފިއާގައި ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑުތަކުގެ ކާރު ވިއްކަން ހުރެ އެވެ. އެތަނުން ނިސާން, ޓޮޔޯޓާ, ބީއެމްޑަބްލިއު, ބީވައިޑީ އަދި މަސާޑީޒް ބެންޒް ފަދަ ނަން މަޝްހޫރު ބްރޭންޑުތަކުގެ ކާރުތަކަށް ޕްރީއޯޑަރު ދެވޭނެ އެވެ.

އޮޓޯސްފިއާ އަކީ ދަ ހޯކްސްއިން ކާރު ވިއްކުމަށާއި ކާރުތަކަށް ބޭނުންވާ މެއިންޓަންނަންސް ހިދުމަތްތަކަށް ހާއްސަކޮށް ހުޅުވި ތަނެކެވެ.