ދިރާގުން މިއަހަރުގެ އަޟްޙާ އީދަށް ހާއްސަކޮށްގެން ރިސޯޓް ދަތުރެއް ލިބޭ "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަން ފަށައިފި އެވެ.

ބޮޑު އީދާ ގުޅުވައިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނަކީ، ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ތަފާތު ތަޖުރިބާތައް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފް ކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، އެ ޕްރޮމޯޝަން ހާއްސަކޮށްފައި ވާނީ ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓް ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. 

އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނީ 100ރ. އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރުމަށްފަހު، ދިރާގު އެޕް މެދުވެރިކޮށް، "ބޮޑު އީދަށް ރިސޯޓަށް" ބެނާއަށް ފިއްތާލައިގެންނެވެ.

އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވާނެ އެވެ. އަދި ޕްރޮމޯޝަނުގައި ޖުމްލަ ތިން ނަސީބުވެރިއަކު ހޮވުމަށްފަހު އެ ތިން ކަސްޓަމަރުންނަށް 1،000 ޑޮލަރުގެ އަގުހުރި ރިސޯޓު ދަތުރު ދޭނެ އެވެ. 

އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.