މިއަދުގެ ދުނިޔޭގައި އެކަކު އަނެކަކާ ގުޅައިދެނީ ޑިޖިޓަލް ގުޅުންތަކުގެ ޒަރީއާއިންނެވެ. މުއާސަލާތު ކުރުމުން ފެށިގެން ވިޔަފާރިތައް ކުރުމަށާއި ވިޔަފާރިތައް ހިންގުމާއި ވަޒީފާތައް އަދާކުރުމުގަ އާއި ކިޔެވުމާއި އެކި ހިދުމަތްތައް ވެސް އޮންނަނީ ޑިޖިޓަލް ގުޅުންތަކަށް ބިނާވެފަ އެވެ. ޑިޖިޓަލް ދުނިޔެއެއްގައި ޑިޖިޓަލް ގުޅުމަށް ބަރޯސާވެފައި އޮތް އިރު، މިއަދު ފާހަގަކުރާ ދުނިޔޭގެ މުއާސަލާތީ ދުވަހުގެ ޝިއާރު ވެސް ހާއްސަކޮށްފައި ވަނީ މި ގުޅުންތައް ވަރުގަދަ ކުރުމަށެވެ. މިއަހަރުގެ ދުނިޔޭގެ މުއާސަލާތީ ދުވަހުގެ ޝިއާރަކީ "ޑިޖިޓަލް ލައިފްލައިންސް ސްޓްރެންތަނިން ރެޒިލިއަންސް އިން އަ ކަނެކްޓަޑް ވޯލްޑް" އެވެ.

ސީމީވީ 6 ކޭބަލް ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ސީމީވީ 6 ކޭބަލް ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ދުނިޔޭގެ މުއާސަލާތީ ދުވަސް ފާހަގަކުރާ އިރު، މި ދުވަހު ރާއްޖެއަށް މުއާސަލާތީ ހިދުމަތްތައް ތައާރަފްކުރި ފުރަތަމަ ކުންފުނި ދިރާގުގެ ހިދުމަތްތައް ފާހަގަކުރަން ޖެހެ އެވެ. މާލެއިން މުވާސަލާތީ ހިދުމަތްތައް ދޭން ފަށައި ޖަޒީރާ ރާއްޖޭގެ ހުރިހާ ރަށަކަށް ހިދުމަތްތައް ފުޅާކޮށް، މުޅި ރާއްޖެ ގުޅުވައިދީ އެ ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކޮށް، ޒަމާނާ ގުޅޭ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމި ތިބި ދިރާގު އަކީ "ދިވެހި ރާއްޖޭގެ ގުޅުމެވެ".

ދިރާގުން ރާއްޖެއަށް މުއާސަލާތީ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމަށް ދޭ ފައިބާ ބްރޯޑްބޭންޑާއި، މުޅި ރާއްޖެއަށް ފޯރުކޮށްދޭ މޮބައިލް ކަވަރޭޖާއި، 5ޖީ ހިދުމަތުގެ އިތުރުން ކްލައުޑް ސޮލިއުޝަންތަކަކީ ފާހަގަކޮށްލެވޭ ހިދުމަތެކެވެ. މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100ޕަސެންޓް ފައިބަ-ޓު-ދަ-ހޯމް ކަވަރޭޖް ފޯރުކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި ދިރާގު ފާހަގަކޮށްލެވެއެވެ. އަދި އެ ކުންފުނިން މުޅި ރާއްޖެއަށް ފޯރުކޮށްދޭ މޮބައިލް ނެޓްވޯކް ކަވަރޭޖާއި އެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް މުވާސަލާތުކުރެވޭނެކަން އެކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ދޭން ފެށުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ރާއްޖޭގެ ހުރިހާ ރަށަކަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ދޭން ފެށުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ދިރާގުން ރާއްޖޭގައި ފޯރުކޮށްދޭ މުވާސަލާތީ ހިދުމަތްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ, އެކި އެވޯޑު ލިބިފައިވާ ހިދުމަތްތަކެކެވެ. އެގޮތުން އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑްސްއިން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލައި، ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކް، އެންމެ ރަނގަޅު 5ޖީ ނެޓްވޯކް އަދި އެންމެ ފުރިހަމަ 5ޖީ ގޭމިން އެކްސްޕީރިއަންސްގެ މަގާމު ދިރާގުން ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އެކުންފުންޏަކީ ރާއްޖޭގެ އެންމެ ފުރަތަމަ 'ޓިއާ 4 ސެޓިފައިޑް' ޑޭޓާ ސެންޓަރު ގާއިމުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ރައްކާތެރިކަމާއި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ސީ-މީ-ވީ6 ސަބްމެރިން ކޭބަލް ސިސްޓަމްގައި ބައިވެރިވެ، ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމެއްގެ ކޮންސޯޓިއަމް މެންބަރަކަށްވި ފުރަތަމަ ދިވެހި މުވާސަލާތީ ކުންފުނީގެ ޝަރަފާއެކު، ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ދިރާގުން ގެނުވި ތާރީހީ ބަދަލެކެވެ. ބައިނަލްއަގުވާމީ މި ވަރުގަދަ ގުޅުމުގެ ސަބަބުން އިންޓަރނެޓްގެ ސްޕީޑް އަވަސްވެ، ޚިދުމަތުގެ އިތުބާރު ބޮޑުވުމުގެ އިތުރުން، ކްލައުޑް ާވިސްތަކާއި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ މަގު ފަހިވެގެންދެ އެވެ.

ދިރާގުގެ އަމާޒަކީ އާ އީޖާދީ ޓެކްނޮލޮޖީތަކަށް އިންވެސްޓްކޮށް ޑިޖިޓަލް ގުޅުންތައް ވަރުގަދަ ކުރުމުގައި މިހާރަށް ވުރެ ވެސް ފުރިހަމަ ދައުރެއް އަދާކުރުމުގެ މަސައްކަތްތަކުގައި ދެމި ތިބުމެވެ.