ރާއްޖޭގައި ބޭންކިންގެ ވިޔަފާރިކުރުމުގެ ލައިސަންސް އިތުރު ބޭންކަކަށް، މަރުކަޒީ ބޭންކު އެމްއެމްއޭ އިން ދީފި އެވެ.
މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގެ ވިޔަފާރި ކުރުމުގެ ލައިސަންސާއި "އޮޕަރޭޝަނަލް އެޕްރޫވަލް" ދިނީ އެމްއެމްއޭ އިން ބުނި ގޮތުގައި މިއަދެވެ.
އެ ބޭންކު ހިންގުމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު މެމްބަރު އައިޝާ ނޫރްއައިން ޖަނާހު އެވެ.
އެމްއެމްއޭ އިން ބުނީ، އެ ފަރާތަށް ބޭންކިން ވިޔަފާރި ކުރުމުގެ ހުއްދަ ދިނީ "ޓިއާ 1" ގެ ބޭންކެއް ގާއިމް ކުރަން ބޭނުންވާ ލައިސަންސް ދޫކުރުމުގެ ކުރިން މިދިޔަ އަހަރުގެ މޭ 19 ވަނަ ދުވަހު ދިން ހުއްދައިގެ ދަށުން އެމްއެމްއޭ އިން ކަނޑަައެޅި ޝަރުތުތައް ފުރިހަމަކޮށް، އެ ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑުގެ ލައިސަންސް އެދުމާ ގުޅިގެން ކަމަށެވެ.
"މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ލައިންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށާއި ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މި އޮތޯރިޓީން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ،" އެމްއެމްއޭ އިން ބުންޏެވެ.