އުރީދޫން ވޯލްޑް ކަޕަށް ހާއްސަކޮށް އަގުހުރި އިނާމުތަކަކާއި ހާއްސަ އޮފާތަކެއް ލިބޭ 'ފުޓްބޯޅަ ފޯރި' ކެމްޕެއިން ލޯންޗުކޮށްފި އެވެ. 

މިއީ އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ކެމްޕެއިންގެ ދަށުން ކަސްޓަމަރުން ގިނަ އޮފާތަކެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ: 

އެމްޓީވީ 'ވީއާ26' ޕެކް: މިއީ މި މަހުގެ 10 ވަނަ ދުވަހުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓްގެ ޕެކް އެކްޓިވޭޓު ކުރެވޭ އޮފާ އެކެވެ. މި އޮފާގެ ދަށުން 275ރ. އަށް މި ޕެކް އެކްޓިވޭޓުކުރެވޭނެ އެވެ. 

މި ޕެކް ހިޔާރު ކުރާ ކަސްޓަމަރުންނަށް 3 ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި މި ޕެކޭޖުގައި ހިމެނޭ ޑޭޓާ އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭ އިރު، މީޑިއާނެޓް ސަބްސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް މުބާރާތުގެ ފޯރިގަދަ މެޗުތައް ބަލައިލެވޭނެ އެވެ.

އުރީދޫ އެޕްގެ "ހޮޅުއަށި" މެދުވެރިކޮށް މި ޕެކަށް ސަބްސްކްރައިބް ކުރެވޭއިރު، މި ހިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެ އެވެ. މިއީ ވޯލްޑްކަޕް ނިމެންދެން ބޭނުން ކުރެވޭނެ ސަބްސްކްރިޕްޝަނެކެވެ. 

ހިލޭ ސުޕަނެޓް އަޕްގްރޭޑު ކުރުން: އުރީދޫ ވޯލްޑް ކަޕް ކެމްޕެއިންގެ ދަށުން އަންނަ މަހުގެ ނިޔަަށް ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް ހިލޭ އަޕްގްރޭޑް ކުރެވޭ އޮފާއެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. 

މި އޮފާ ބޭނުންކުރާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި މާ ހަލުވި ބްރޯޑްބޭންޑް ސްޕީޑެއް ލިބޭނެ އެވެ. ޕްރޮމޯޝަނަލް މުއްދަތަށް ފަހު، ތިންވަނަ މަސް ނިމުމުގެ ކުރިން ޕެކޭޖް ޑައުންގްރޭޑް ނުކުރާ ނަމަ، އަޕްގްރޭޑް ކުރި ޕެކޭޖުގެ އަސްލު އަގު ހިނގަން ފަށާނެ އެވެ.

މި އޮފާ ހާއްސަކޮށްފައި ވަނީ އަންލިމިޓެޑް ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށެވެ. މި އޮފާ ސުޕަނެޓް ލަކީ ޑްރޯ ޕްރޮމޯޝަނާ އެއްކޮށެއް ބޭނުން ނުކުރެވޭނެއެވެ.

ސުޕަނެޓާއި އެކު 75 އިންޗީގެ ހައިސެންސް ޓީވީއެއް: މިއީ އަންނަ މަހުގެ ނިޔަލަށް އަލަށް ސުޕަނެޓް އަންލިމިޓެޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށާއި، އަންލިމިޓެޑް ޕެކޭޖަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި މުއްދަތުގެ ތެރޭގައި އަލަށް ހިދުމަތަށް އެދޭ ކަސްޓަމަރުންނާއި ހިދުމަތް އަޕްގްރޭޑުކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް، 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންސްޓޯލްމަންޓަށް ޓީވީ ލިބޭ ފުރުސަތު: މިއީ އުރީދޫން ރެޑްވޭވްއާ ގުޅިގެން ތައާރަފްކޮށްފައިވާ އޮފާއެކެވެ. މި އޮފާގެ ދަށުން ޝަރުތު ހަމަވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް 12 މަސް ދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ހައިސެންސް ޓީވީ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އުރީދޫ ކަސްޓަމަރުންނަށް އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ. އަދި އެ ސެންޓަރުން މި އޮފާ ހޯދުމަށް ޝަރުތު ހަމަވޭތޯ ޗެކް ކުރެވޭނެ އެވެ. 

މި ފުރުސަތަކީ ފާއިތުވި ހަ މަސްދުވަހު ފައިސާ ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތް މިހާރުގެ އަންލިމިޓެޑް ކަސްޓަމަރުންނަށާއި، ޑައިރެކްޓް ޑެބިޓް އަލަށް އެކްޓިވޭޓްކުރާ އަންލިމިޓެޑް ކަސްޓަމަރުންނަށް ލިބޭނެ ފުރުސަތެކެވެ. މި އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް ލިބޭނެ އެވެ.

މި އޮފާގެ ދަށުން 599ރ. އާއި 700ރ. އާ ދެމެދުގެ ސުޕަނެޓް ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް 55 އިންޗީގެ ހައިސެންސް ޓީވީ ލިބޭ އިރު، 800ރ. އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ތަފާތު އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ އެވެ. މި އޮފާ ކުރިއަށްދާނީ ސްޓޮކް ހުސްވަންދެނެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާ އެކު، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.