އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މިއީ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ 'އުރީދޫ ފުޓްބޯލް ފޯރި' ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައި ވާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ.

އުރީދޫ ނޭޝަން ކަޕްގެ މުބާރާތެއްގައި ގޭމަރުން ވާދަކުރަނީ.
އުރީދޫ ނޭޝަން ކަޕްގެ މުބާރާތެއްގައި ގޭމަރުން ވާދަކުރަނީ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރި އާއި ރޫހު ދައްކުވައިދިން ތަފާތު މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ. 

މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކައި، އުރީދޫ ނޭޝަން ކަޕްގެ ޗެމްޕިއަންއަށް ހުށަހެޅި 8،000ރ. އާއި ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ އާއި ވޯލްޑްކަޕް ތަށީގެ ރެޕްލިކާ ހޯދީ މުހައްމަދު ޒަމީލް ޒިހުނީ އެވެ. އަދި ސެކަންޑް ރަނަރަޕްއަށް ހުށައެޅި 2،000ރ. އާއި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ ކާމިޔާބު ކުރީ ޒަކްވާން ޝިހާދު އެވެ. 

އުރީދޫ ނޭޝަން ކަޕަކީ، ފީފާ ވޯލްޑް ކަޕާ ދިމާކޮށް ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި، ޑިޖިޓަލް ތަޖުރިބާތަކާއި، އީ-ސްޕޯޓްސް މުބާރާތްތައް މެދުވެރިކޮށް ފޯރިގަދަ މާޙައުލެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ 'އުރީދޫ ފުޓްބޯލް ފޯރި' ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ ފޯރިގަދަ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. 

އުރީދޫ ނޭޝަން އަކީ ރާއްޖޭގައި ގޭމިންގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، ގޭމިންގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯދާދިނުމުގެ ގޮތުން އުރީދޫން ތައާރަފްކުރި ޕްލެޓްފޯމެކެވެ.