ދިރާގުން ބޭއްވި 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ދެ ވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މި ޕްރޮމޯޝަނުގައި ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިއަކަށް ހޮވުނީ އިމާރާތް ކުރުމުގެ ދާއިރާގެ ފަންނީ ބޭފުޅެއް އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފެއް ކަމަށްވާ މުހައްމަދު ޔޫސުފް އެވެ.
ދިރާގުން ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވީ މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ހަރަކާތެއްގަ އެވެ. މުނިފޫހިފިލުވުމާއި ކުޑަކުދިންނަށް ހާއްސަ އެކި ކުޅިވަރުތަކާއި އެކު ބޭއްވި މި ހަވީރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ދެ ވަނަ ނަސީބުވެރިއާއަށް ވެސް ލިބުނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ އުޅަނދެކެވެ. މިއީ މަހަށް ދިއުމާއި އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އެއްޗެކެވެ.
ދެ ސްޕީޑް ބޯޓު ހުށަހަޅައި ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެ ޕްރޮމޯޝަންގައި ދޭ ދެވަނަ ލޯންޗު ހޯދުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް އެ ލޯންޗު ހޯދަން އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.
މިއީ ދިރާގުން މިދިޔަ އަހަރު ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ގިނަ ކަސްޓަމަރުންތަކެއް ބައިވެރިވި އެވެ.