ރާއްޖޭގެ އެކި މުއައްސަސާތަކުން 26 ޓީމަކުން ވާދަކުރި އުރީދޫ ނޭޝަނަލް އިންޓާ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އުރީދޫ ނޭޝަންގެ ދަށުން އިންތިޒާމުކުރި އެ މުބާރާތަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ގޭމިން ހުނަރު ދައްކާލުމަށާއި އަދި ރާއްޖޭގައި ފުޅާވަމުން އަންނަ އީ-ސްޕޯޓްސް މުޖުތަމައުއާ ގުޅުން ބަދަހިކުރުމަށް ބޭއްވި ވާދަވެރި މުބާރާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ މުބާރާތުގައި މަގުބޫލް ތިން އީ-ސްޕޯޓްސް ގޭމެއް ހިމަނާފައިވެ އެވެ. އެއީ ޕަބްޖީ މޮބައިލާއި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭ ސްޕޯޓްސް އެފްސީ އެވެ. މިއިން ކޮންމެ ގޭމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000ރ. ދިނެވެ.

މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕއިންކަން ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕއިންކަން ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ

ފޯރިގަދަ މެޗުތަކަކަށްފަހު މޮބައިލް ލެޖެންޑްސް: ބޭންގެ ބޭންގް ކެޓަގަރީން އެއްވަނަ ހޯދީ ޔުނައިޓެޑް ބީއެމްއެލް އެވެ. އަދި އެ ކެޓަގަރީން ދެވަނަ އެމްއޭސީއެލް ހޯދިއިރު ތިންވަނަ ހޯދާފައިވަނީ އެޗްޑީސީ ލެޖެންޑްސެވެ.

ޕަބްޖީ ޗެމްޕިއަންކަން ލިބުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ
ޕަބްޖީ ޗެމްޕިއަންކަން ލިބުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ

ޕަބްޖީ މޮބައިލް ކެޓަގަރީގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދިއިރު ދެވަނަ ހޯދީ ކްލަބް އޭވީސްކް އެވެ. އަދި ތިންވަނަ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަން އައިއެފްއެސް އެވެ.

ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކެޓަގަރީން ޗެމްޕއަންކަން ހޯދި ކޮންމެ ޓީމަކަށް 5،000ރ. ދީފައިވާއިރު ދެވަނައަށް ދިޔަ ޓީމްތަކަށް 3،000ރ. އަދި ތިންވަނައަށް ދިޔަ ޓީމްތަކަށް 1،500ރ. ވަނީ ދީފަ އެވެ. މީގެ އިތުރުން، މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ކުޅުންތެރިޔާ (އެމްޕީވީ) ގެ އެވޯޑަށް 500ރ. ދިނެވެ.

އީއޭ ސްޕޯޓްސް އެފްސީ ޗެމްޕިއަންކަން ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ
އީއޭ ސްޕޯޓްސް އެފްސީ ޗެމްޕިއަންކަން ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ

އީއޭ ސްޕޯޓްސް އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހިވަން އިންވެސްޓްމަންޓްސްގެ ހައުސިން ޔައިޝް ހޯދިއިރު، ދެވަނަ ހޯދީ ލޮނުހިރި ޕްރައިވެޓް ލިމިޓެޑް ހަސަން ފައުޒާނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޕޮލްކޯގެ އަރްފާއު އެވެ.

އީއޭ ސްޕޯޓްސް އެފްސީ ކެޓަގަރީ ޗެމްޕިއަނަށް 5،000ރ. ދީފައިވާއިރު، ތިންވަނަ ހޯދި ފަރާތްތަކަށް 3،000ރ. އަދި ދެވަނަ ހޯދި ފަރާތްތަކަށް 2،000ރ. ވަނީ ދީފަ އެވެ.

އިންޓާ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫ ނޭޝަނަލްއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފުޅާކޮށްދީ، ވާދަވެރި ގޭމިންގައި ބައިވެރިވުމަށް ހިތްވަރު ދެމުންނެވެ.

ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ގޭމް ކުޅޭ ފަރާތްތަކާއެކު އެކުވެރި އަދި ވާދަވެރިކަމުގައި ރާއްޖޭގެ އީ-ސްޕޯޓްސްގެ ދާއިރާ ކުރިއެރުވުމަށް މަސަައްކަތް ކުރަމުންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.