މީހަކު އައިޕެޑަކުން ނެޓްފްލިކްސް އަށް ލޮގިން ވަނީ.
10 ފެބުރުއަރީ 2019 - 07:22
އައިއޯއެސް ބޭނުންކުރާ މީހުންނަށް، ނެޓްފްލިކްސް އިން ހާއްސަ ފީޗާއެއް ތައާރަފުކޮށްފި އެވެ.
"ސްމާޓް ޑައުންލޯޑްސް" ގެ ނަމުގައި އަލަށް ތައާރަފުކުރި ފީޗާއަކީ ޑައުންލޯޑްކޮށްގެން ބަލަމުން އަންނަ އެއްޗެއް ބަލައި ނިމުމުން ޑިލީޓްކޮށްލުމަށް ފަހު، އޮޓޯ އިން އާ އުފެއްދުމެއް ޑައުންލޯޑްކޮށްދޭ ފީޗާއެކެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި ސްމާޓް ޑައުންލޯޑްސް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މިހާރު ނެޓްފްލިކްސް އެޕް މެދުވެރިކޮށް ލިބޭނެ އެވެ. އަދި މިއީ އެކްޓިވޭޓް ކުރުމަށް ފަހު، ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި ދޫވެސް ކޮށްލެވިދާނެ ފީޗާއެކެވެ.
"މިއީ ކަސްޓަމަބަރުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ތައާރަފު ކުރި ފީޗާއެއް. މީގެ ސަބަބުން ހަގީގަތުގައި ކަސްޓަމަރުން ބަލާ އުފެއްދުންތައް މެނޭޖް ކުރަން ފަސޭހަ ވާނެ،" ނެޓްފްލިކްސް އިން ބުންޏެވެ.
އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންޑްރޮއިޑް ޔޫޒަރުންނަށް ވެސް ސްމާޓް ޑައުންލޯޑްސް ތައާރަފުކޮށްފަ އެވެ.
ފިލްމާއި ސީރީޒްތަކާއި ޑޮކިއުމަންޓްރީގެ އިތުރުން ވެސް ޝައުގުވެރި އެތައް އުފެއްދުމަށް ސްޓްރީމް ކުރާ ނެޓްފްލިކްސްއަކީ 148 މިލިއަން މީހުން ބޭނުން ކުރާ ހިދުމަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުޒުފާާ
10 February 2019
ނެޓްފްލިކްސް އިން އެޕަލް ޔޫޒަރުންވެސް މިގެންގުޅެނީ އެކުދިން ތިބެންޖެހޭހާ ފަހަތުގަދޯ؟ މަމެން ސްމާރޓް ޑައުންލޯޑް ބޭނުންކޮށް މުސްކުޅިވި ފަހުން އެކުދިންނަށް ދިނީމާވެސް، އެކުދިން ހާދަ ފޮންޏެއް ކަނޑާނޭ. އެކުދިންނަށް ހީވާނީ އެއީވެސް އެޕަލްގެ މޮޅުކަމުން ލިބުނު ފީޗަރއެއް ކަމަށް.
ޑޭމް
11 February 2019
މަމެން ނުޖެހެޔޭ ޑައުންލޯޑް ކުރާކަށް ވެސް.