އެމްޕީއެލްގެ ޗެއާމަނަަކަށް ނަޒާކީ ޒަކީ ހަމަޖައްސައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަނަކަށް މުހައްމަދު ޒަކީ (ނަޒާކީ) މިއަދު ހަމަޖައްސައިފި އެވެ.


ރާއްޖޭގެ ވިޔަފާރި ބަނދަރު ބަލަހައްޓާ އިދާރާގެ ޗެއާމަނަކަށް މ. އަހުމަދު އާބާދު، މުހައްމަދު ޒަކީ ހަމަޖައްސާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފަ އެވެ.

ޒަކީ އަކީ، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ އެ ޕާޓީގެ މުޝީރު ކަމުގެ މަގާމަށް ހައްޔަންކޮށްފަ އެވެ. ޒަކީ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރު މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ވަނީ އެމްޕީއެލް އާއި އެސްޓީއޯ އާއި އެމްޓީސީސީގެ ބޯޑަށް ނޮން-އެގްޒެކެޓިވް މެންބަރުން އައްޔަންކޮށްފަ އެވެ.