މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަށް ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލްގެ އެހީތެރިކަމާ އެކު، އީދު ސައި ބޭއްވީ ހއ. ހޯރަފުއްޓާއި ށ. ފުނަދު އާއި ނ. ހޮޅުދު އާއި ޅ. ނައިފަރާއި އއ. ރަސްދު އާއި ވ. ފެލިދޫގެ އިތުރުން މ. މުއްޔާއި ސ. ހުޅުމީދޫގަ އެވެ. އީދު ސައި އިންތިޒާމްކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.

ބީއެމްއެލްގެ އީދު ސައިގެ ތެރެއިން.---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އީދު ސައިގެ ތެރެއިން.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، މުހައްމަދު ސައީދު ވިދާޅުވީ، ކުދިބޮޑު އެންމެން އީދު ސައިގައި ބައިވެރިވެ، އެއްކޮށް ސައިބޮއި، ވާހަކަ ދެއްކުމަކީ އުފާވެރި މަންޒަރެއް ކަމަށެވެ.

މި ހަރަކާތް އިންތިޒާމު ކުރީ ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުންގެ އިސްނެގުމާ އެކު އެވެ.