ބީއެމްއެލްއިން ފިތުރު ޢީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި މިއަދު ބާއްވައިފި އެވެ.

އެ ބޭންކުގެ ބްރާންޗުތައް ގާއިމުކޮށްފައިވާ 33 ރަށުގައި ވެސް މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދުގެ ސައި ބޭއްވި ކަމަށް ބުންޏެވެ.  

ބީއެމްއެލް އިން މި ރަށްތަކުގައި އީދު ސައި ބޭއްވީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެންނެވެ. މިއީ އާއިލާތަކާއި އެ ރަށްރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި ހަރަކާތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން އެކި ރަށްރަށުގައި އީދު ސައި ހަރަކާތްތައް ބާއްވަމުންނެވެ. މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޭންކުން ކުރިއަށް ގެންދާ ހަރަކާތެެކެވެ.