އުރީދޫން މި އަހަރު ވެސް ފިތުރު އީދުގެ މުނާސަބަތުގައި ހާއްސަ އީދު ސަޔެއް ބާއްވައިފި އެވެ.
އީދު ނަމާދަށް ފަހު، ހާއްސަ ސައި ބޭއްވީ ހުޅުމާލެ ގްރޭންޑް މިސްކިތް ސަރަހައްދުގަ އާއި މާލޭގެ ސަލްމާން މިސްކިތް ސަރަހައްދުގަ އެވެ.
މިއީ އުރީދޫން ކޮންމެ އަހަރެއްގެ ވެސް އީދު ދުވަހުގެ މުނާސަބަތުގައި ބާއްވަމުންދާ ހަރަކާތެކެވެ.
އުރީދޫން ބުނީ މިއީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އީދު ސައިގެ ސަގާފަތް ދިރުވުމުގެ ގޮތުން ބާއްވަާ ހަރަކާތެއް ކަމަށެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން އީދަށް ހާއްސަކޮށް، އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީ ފޯރުކޮށްދެ އެވެ. އަދި އީދަށް ހާއްސަ އެކި އޮފާތައް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.