10 ޖޫން 2020 - 23:26
ލޮކްޑައުންގައި އަލަމުކުރަމުން އައި ގޮތަށް ދެން ކަރަންޓު ބިލުތަކަށް މީޓަރުގެ ފޮޓޯ ފޮނުވަން ނުޖެހޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތުގައި ކަރަންޓު ބިލު ތައްޔާރު ކުރުމަށް ކޮންމެ ގޭބީސީއަކުން ވެސް ޖެހެނީ ސްޓެލްކޯ އިން އަންގާފައިވާ ވަކި މުއްދަތެއްގެ ކުރިން އެ ގޭބީސީއެއްގެ ކަރަންޓު މީޓަރުގެ ފޮޓޯއެއް ސްޓެލްކޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޮނުވާށެވެ. އަދި ބިލުތައް ތައްޔާރުކުރަނީ ބޭނުންކޮށްފައިވާ މިންވަރުން ވަކި ޕަސެންޓެއް ކުޑަކޮށްފަ އެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ލޮކްޑައުން ހާލަތުގައި ފާއިތުވި ދެ މަހު މި ގޮތަށް އަމަލު ކޮށްފައިވާއިރު އާންމުންނަށް ދަތިތަކާ ކުރިމަތުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަޔަކަށް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވިފައި ނުވާތީ އެ ގޭބީސީތަކުގެ ބިލް ތައްޔާރުކޮށްފައި ވާނީ ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި އެވްރެޖަށް ކަމަށެވެ.
ލޮކްޑައުންގައި މާލެ ސަރަހައްދު އޮންނަތާ ދެމަސް ދުވަސްވެފައިވާއިރު، ބަލީގެ ހާލަތަށް ބަލައި ސަރުކާރުން މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން ވަކި ހުއްދަތަކަކާ އެކު އޮފީސްތައް ހުޅުވައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެހެންވެ، ސްޓެލްކޯ އިން ބުނީ މި ލުއިތަކާ އެކު ސްޓެލްކޯގެ މުވައްޒަފުން ގޭބީސީތަކުގެ މީޓަރު ރީޑިން ނަގަން ދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި މަހުން ފެށިގެން މީޓަރުގެ ފޮޓޯ ފޮނުވަން ނުޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އަދިވެސް ބިލް ދައްކަން ޖެހޭނީ އޮންލައިންކޮށް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. އެގޮތުން ކަރަންޓު ބިލުތައް ސްޓެލްކޯ އެޕްލިކޭޝަން މެދުވެރިކޮށް ދެއްކޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިށަތް
12 June 2020
އެޕްލިކޭށަންގެ ލިންކް ދެއްވިނަމަ
ސިކުނޑި
11 June 2020
މަގޭހިތަށްއަރާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިލިއަނުން ގޭބިސީތައް ހުންނައިރު ހަމަ ކޮންމެގެއަކަށްގޮސް ރީޑިންގ ނެގޭބާއޭ؟
ސިކުނޑިންވިސްނާލާ
11 June 2020
ތިއޮތްކުޑަމާލެ ސިޓީގައިވެސް އަދި އައްޑޫސިޓީގައިވެސް ރީޑިންގނަގާ ބިލްހަދާ ޙަވާލުކޮށް އަދި ފައިސާދެއްކޭގޮތަށް އެއިންކޮއްމެ ސިޓީއެއްގައި 3 އޮފީސް ހުންނަކަން އެނގިލައްވާބާ؟ ހަމަ އެގޮތަށް ޤާއުމު ނުވަތަ ސިޓީބޮޑުވެފަ ބިލިއަނުން ގޭބިސީތައް ތިއްބަސް އެ އާބާދީއާއި އެއްވަރަށް އަވަށްތަކުގައި ޚިދުމަތްފޯރުކޮށްދޭނެ އޮފީސްތައް އެ އަވަށެއްގައި ޤާއިމްކޮށްފަހުރެއެވެ.
ބެރުދުންމާރި
11 June 2020
މީޓަރު ފޮޓޯ ފޮނުވުމަކީ ބޮޑުކަމެއް ނޫން. ދިވެހިން ކަންތައް ފަލައީ ހަމަ.
ހަސަދު
11 June 2020
ގޭގެ އަށް ގޮސް ރީޑިންގް ނެގުމުގެ މައްސަލަ އަކީ ކޮބާބާ. މިނޫން ގޮތަކަށް މިވަގުތު އެކަން ކުރެވޭކަން ނެތް. މުޅި ގައުމުގެ ހުރިހާ ބަންދުކޮށްގެން ނިތިބެވޭނެ. ދެތިން މަހުގެ ބިލް އެއްކޮށްލާފަ ފޮނުވީމާ ފައިސާ ދެއްކުމުގާ ވަރަށް ގިނަ މައްސަލަ އަންނާނެ.
ހަމަބުނެލީ1
11 June 2020
ދިވެހިންނަށް އެއްގޮތެއްވެސް ކަމަކުނުދާނެ.ކޮންމެކަމަކަށް އަނގަ ތަޅުވާނެ. ރީޑިން ނަގަން ދިޔައިމަ ކިތައްގެއިން ގެއަށް ވަނަނުދީ ހިފެހެއްޓީ.
ނަސްރު
11 June 2020
ކޮމޮމެ އެއްޗެއް ބުނިކަމުގާވިއަސް ވަރަށްބޮޑައް ވިސްނާފަނޫނީ ނުބުނުން ރަންގަޅީ. މަސައްކަތްކުރާބަޔަކައް އިންގޭނީމަސައްކަތުގެހުރިބުރަކަމާ ވަރުބަލިކަން،. ސްޓެލްކޯމުވައްޒަފުން ތިކުރައްވާ، އަގުހުރިމަސައްކަތައް އަޅުގަނޑުގެފަރާތުން އަސްސަރިބަހާސާބަސް ދަންނަވަން..
ދުންމާރި
11 June 2020
ރީޑިން ނަގަން 2 މަސް 3 މަސް ފަހުން އައިސް ރީޑިން ނެގުމަށްފަހު ޖުމްލަ އަދަދު މަސްތަކަކަށް އެވްރެޖްކޮށް ބަހާލި ނަމަ، ނުހައްގުން ބޭނުން ނުކުރާ ކަރަންޓަކަށް ފައިސާ ފައްކާކަށް ނުޖެހުނީސް. ކަމެއް ރަނގަޅަށް ކުރާނެ ގޮތެއް ނޭނގި އޮޅެނީ ދޯ އަބަދު.
އަހްމަދުކަލޯ
11 June 2020
އަޅެފަހެ ހާދަހާ ދެރައޭ އަޅުގަނޑުގެ ލޯބި ލޯބި ފަހުރުވެރި ގައުމުގެ ލޮބުވެތި ރައްޔިތުންނަށް ހަމަ ރަނގަޅު އެއްގޮތް ވެސް ނެތޭ ދެއްތޯ؟
ފަހުދު
11 June 2020
މިޒަމާނުގެ ޑިޖިޓަލް މީޓަރައް ބަދަަލުކުރާނީ ކޮންދުވަހަކުންބާ؟ އެއިރުން ކޮންމެމީޓަރަކުން ކަލެކްޝަން ބޮކްސްއައް މީޓަރ ރީޑިންގް ޓްރާންސްމިޓް ކުރާނެ. ސްޓެލްކޯއިން ހަމައެކަނި ކުރަންޖެހޭނެ ކަމަކީ އެކަލެކްޝަން ބޮކްސްތައް ކައިރިން މީޓަރ ރީޑަރ ހިފައިގެން ވެހިކަލެއް ދުއްވާލަން
ނާއިންސާފު
11 June 2020
ލޮކްޑައުނުގެ ކުރިން އާއިލާ ފޮވައިގެން ރަށްއައިތަނުން ލޮކުވެފަ މަމި ހުރީ. ޣޭގަ އޭސީ އެެއް ކީއްކުރަން ބޮކި ގަނޑަށް ދިއްލާ ނުލަން. ޢެކަމު މި މަހުވެސް 500 ރުފިޔާއަށް ވުރެ މަތިން ބިލު ފޮނުވާފަ އެބައޮތް.( މީ މީޓަރުގެ ފޮޓޯ ފޮނުވަިއގެން ވީވަރު) އަހަންނަކަށް ނޭނގޭ މި މީމީހުން ލާރިތައް ތިވަރަށް ކާންވީ ސަބަބެއް!
އެވްރެޖް
11 June 2020
އެބުނަނީ ދޯ އެވްރެޖް ބިލެކޭ ފޮނުވާނީ. އެޑްޖަސްޓްމަންޓްސް ހަދާނެ ވާހަކަ. އިތުރަށް ލާރިކާކަށް ބަޔަކު އުޅޭނަމަ އެހެންނެއްނޫން ހަދާނީކީ. ގެޓެއްނުވޭތަ. ؟؟