ލަންކާގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން އިން އަންނަ ބުދަ ދުވަހު ދަތުރެއް ކުރާނެ ކަމަށް ބުނެފި އވެެ.
ގައުމީ އެއާލައިނުން ބުނީ މިދަތުރާ ގުޅޭ މައުލޫމާތު 3335544 އަށް ގުޅައިގެން ހޯދޭނެ ކަމަށެވެ.
މޯލްޑިވިއަންނުން ބުނީ ދަތުރުކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ކަންކަމާ ހެދި ރާއްޖެ އަންނަ ބޭނުންވެފައިވާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން އަންނަނީ ކުރަމުންނެވެ. މީގެ ކުރިން ވެސް ސްރީ ލަންކާގައި ތިބި ދިވެހިން ރާއްޖެއަށް ގެނެސްފައިވެ އެވެ. މެލޭޝިއާ އާއި ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންނާއި އެކި ބޭނުންތަކަށް ގޮސް ނާދެވި ތިބި ދިވެހިން ވެސް ގެނެސްފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން މޯލްޑިވިއަން އަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވި އެވެ. މިއާ އެކު އެ ހާލަތުގައި ހަރަދުތައް މެނޭޖްކުރުމަށްޓަކައި އެ ކުންފުނިން ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ.
ގާތްގަނޑަކަށް ދެ މަހަށް ފަހު ރާއްޖޭގެ ބޯޑަރު މި މަހު 15 ގައި ހުޅުވާނެ އެވެ. މިއާ އެކު އަނެއްކާ ވެސް މޯލްޑިވިއަންގެ ދަތުރުތައް ވެސް ފަށާނެ ކަމަށް ބެލެވެ އެވެ.