ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑުގެ ބޫސްޓާ އެކްޓިވޭޓް ކޮށްގެން ދެ ގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
ބޫސްޓާތަކަކީ ޕެކޭޖު ހުސްވެއްޖެ ހާލަތެއްގަައި ވަކިން ނެގޭ ގޮތަށް ހަދާފައިވާ ޑޭޓާ ޕްލޭންތަކެކެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ދިރާގު މޯބައިލް އެޕް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކޮށްގެން ނެގޭނެ އެވެ.
މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ހޯމް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް އަންނަނީ ފޯރުކޮށްދެމުންނެވެ.