ވިޔަފާރި / ހިއްސާގެ ބާޒާރު

ފޭސްބުކްގެ ވެރިޔާއަށް ދެތިން ގަޑިިއިރުން 7 ބިލިއަން ޑޮލަރުގެ ގެއްލުން

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް--

ފޭސްބުކް އަދި އެ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕާއި އިންސްޓަގްރާމް ޑައުންވެ ހޭދަވި ހައެއްކަ ގަޑިއިރު ތެރޭ ފޭސްބުކްގެ ހިއްސާގެ އަގު ވެއްޓި ކުންފުނީގެ ވެރިޔާ މާކް ޒަކަބާގުގެ މިލްކިއްޔާތުން ހަތް ބިލިއަނެއްހާ ޑޮލަރު މަދުވެއްޖެ އެވެ.

މި އުނިވުމާ އެކު އޭނާގެ މިލްކިއްޔާތުގެ އަގު 121.6 ބިލިއަން ޑޮލަރަށް ދަށްވެ އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ފަސް ވަނައަށް ވެއްޓިފަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ފަހެއް

1. އިލޯން މަސްކް: މިލްކިއްޔާތުގައި 210.6 ބިލިއަން ޑޮލަރު

2. ޖެފް ބޭޒޯސް: މިލްކިއްޔާތުގައި 185.7 ބިލިއަން ޑޮލަރު

3. ބަނާޑް އާނޯލްޓް: މިލްކިއްޔާތުގައި 153.3 ބިލިއަން ޑޮލަރު

4. ބިލް ގޭޓްސް: މިލްކިއްޔާތުގައު 124 ބިލިއަން ޑޮލަރު

5. މާކް ޒަކަބާގް: މިލްކިއްޔާތުގައި 121.6 ބިލިއަން ޑޮލަރު

ފޭސްބުކްގެ އެޕްތައް ޑައުންވުމުމާ ގުޅިގެން ފޭސްބުކްގެ ހިއްސާގެ އަގު ވަނީ 4.9 ޕަސެންޓަށް ވެއްޓިފަ އެވެ.

ފޭސްބުކް އަދި އޭގެ ދަށުން ހިންގާ އެޕްތަކަށް މައްސަލަ ދިމާވީ ކޮންފިގަރޭޝަންނަށް ގެނެވުނު ގޯސް ބަދަލެއްގެ ސަބަބުން ކަމަށް ފޭސްބުކުން ވަނީ ބުނެފަ އެވެ. ބައެއް ހިސާބުތަކަށް އެޕްތައް ބޭނުން ނުކުރެވި ފަސް ވަރަކަށް ގަޑިއިރު ހޭދަވަމުމަށް ފަހު މިހާރު އަލުން ހިދުމަތް ދެމުން އައި ނަމަވެސް އަދިވެސް އެއްކޮށް މައްސަލަ ހައްލެއް ނުވެ އެވެ.

އިއްޔެގެ ވެއްޓުމާ އެކު ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ބަލާ ނަމަ މިއީ 15 ޕަސެންޓުގެ ދަށްވުމެކެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ވޯލްސްޓްރީޓް ޖާނަލުން އަންނަނީ ފޭސްބުކްގެ އިހުމާލުތަކާ ގުޅޭ ހަބަރުތައް ލިޔަމުންނެވެ. އެހެންވެ ހިއްސާގެ އަގަށް ވަނީ ނޭދެވޭ އަސަރުކުރަން ފަށައިފަ އެވެ.

ފޭސްބުކާއި އެއާ ގުޅުން ހުރި އެޕްތަކުގެ ސަބަބުން ކުޑަކުދިންގެ މެންޓަލް ހެލްތާއި އެހެން ކަންކަމަށް ނޭދެވޭ އަސަރުކުރާކަން ފޭސްބުކަށް އެނގޭ ކަމާއި އެކަމާ މާބޮޑު އަޅާނުލެއް ނުދޭ ކަމަށް ލިޔުންތަކުން ވަނީ ހާމަވެފަ އެވެ. މި ރިޕޯޓްތައް އާންމުކުރުމާ އެކު ސަރުކާރުތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ އައިސްފަ އެވެ.

މިކަމާ ގުޅިގެން ފޭސްބުކްގެ ވައިސް ޕްރެޒިޑެންޓް، ގްލޯބަލް އެފެއާޒް ނިކް ކްލެގް ސީއެންއެންއަށް ވިދާޅުވެފައިވަނީ އެ މައްސަލަތަކަކީ ޓެކްނޮލޮޖީން އެކަނި ޖެހޭ މައްސަލަތަކެއް ނޫން ކަމަށެވެ.

8 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

07 October 2021

އަބަދުވެސް ކުންފުނިތަކުގެ ހިއްސާގެ އަގު ދަށްވެމަތިވެ ވާނެ، އަގު ދަށްވެލާއިރަށް އޭގަމާނައަކީ މިލްކިއްޔާތު ދަށްވުމެއްނޫން، ފޭސްބުކުގެ ސަބަބުން ކުޑަކުދިންގެ މެންޓަލް ހެލްތާއި އެހެން ކަންކަމަށް، ކޮންއެހެންކަންކަމެއް؟ ގެއްލުންވެޔޭ ކިޔާފަ ލިޔާއިރު މިފަދަހުރިހާކަމެއްގެ އަސްލަކީ ޕޭރެންޓުންގެ އިހުމާލު، އޯވަރޑޯޒްވީމާ ގެއްލުން ނުލިބޭއެއްވެސް ކަމެއްނޯންނާނެ!! ޓެކުނޮލޮޖީ ރަނގަޅަށްބޭނުން ކުރަންދަސްކޮށް ދިނުމަކީ ޕޭރެންޓުން އަދި ސުކޫލުތަކުން ކުރަންޖެހޭކަމެއް

The name is already taken The name is available. Register?

ޔާޔަ

05 October 2021

މަ ވިސްނާ ވިސްނާ ވެސް ނޭނގޭ އިލޯން މަސްކް ގެ 210.6 ބިލިއަން ން ޑޮލަރައް ވުރެ މާކް ޒަކަބާގް ގެ 212.6 ބިލިއަން ޑޮލަރު ދަށްވާ ސަބަބެއް. ??

The name is already taken The name is available. Register?

ޢިނާ

05 October 2021

7 ބިލިޔަން ޑޮލަރު މަދުވެ، މިހާރު މިލްކިއްޔާތުގައި ހުރިކަމަށް ލިޔުމުގައި އެވަނީ 121 މިލިއަން

The name is already taken The name is available. Register?

ސިޔާސީވެރިން

05 October 2021

މަގޭނަންވެސް ޖަހާލިނަމަ

The name is already taken The name is available. Register?

ހެޔޮގޮތް

05 October 2021

212.6 ނޫން 121.6

The name is already taken The name is available. Register?

ނަން1

05 October 2021

210.6 އަަދި 121.6 ގެ އެއީ

The name is already taken The name is available. Register?

ޢެޑަމް

05 October 2021

121.60 އިނީ ބުރޯ… ރަނގަޅަށް ބަލާލަބަލަ…

The name is already taken The name is available. Register?

ޞަލާ

05 October 2021

210-121??

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454