ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނަގާ ސާމްޕަލްތަކެއް ދެ މީހަކު ހިފަހައްޓައިގެން: ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައި
11 ޖުލައި 2020 - 16:10
ކ. ހިންމަފުށީގައި ހޯމް ކަރަންޓީނަށް ދިޔަ 80 އަހަރުގެ ފިރިހެނަކު، 14 ދުވަސް ހަމަކޮށް، ކަރަންޓީން ނިންމަން ހެދި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހިންމަފުށީ ކައުންސިލުން މިއަދު ބުނީ ގެސްޓުހައުސްއެއްގައި ވަކިން ހުރި އެ މީހާއާ އެކު، އޭނާގެ ކާފަ ދަރިއަކު ވެސް މާލޭން އެ ރަށަށް ދިޔަ ކަމަށެވެ. އެކަމަކު އޭނާގެ ޓެސްޓު ނެގެޓިވް އެވެ.
އއ. ތޮއްޑު އާއި ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި ބަޔަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ތޮއްޑޫން ޕޮޒިޓިވް ވީ ނުވަ އަހަރުގެ ކުޑަކުއްޖެކެވެ.
ނޮޅިވަރަމް އިން ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޯމަދުވަހު މާލެ އިން އެ ރަށަށް ދިޔަ އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން އެކެއްގެ ސާމްޕަލް ނެގީ މާލެއިންނެވެ. ނަމަވެސް އޭނާ ޕޮޒިޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ، ރަށަށް ދިޔަ ފަހުން ކަމަށް ވެ އެވެ.
އެ މީހާ ޕޮޒިޓިވް ވުމުން، އޭނާއާ އެކު ދެން ތިބި ދެ މީހުންގެ ޓެސްޓު ހެދި އެވެ. އެކަމަކު އޭގެ ތެރެއިން ޕޮޒިޓިވްވީ އެކެކެވެ.
މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންއަށް ލުއިތައް ދިން ފަހުން ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް 64 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވި އެވެ. އޭގެ ތެރޭގައި 44 ދިވެހިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
12 July 2020
شفاه الله عاجلا ރަށުގެ އެއްވެސް މީހަކަށް ތީގެ އަސަރެއް ނުފޯރުމަކީ މަގޭ ދުޢާ.
ސުނާނާ
11 July 2020
شَفَاكَ اللهُ! އަޅުގަނޑުމެން އެންމެން މި ބަލި މަޑުކަމުން ސަލާމަތް ކުރައްވާށި!
ޑިސްޢިންފެކްޓް
11 July 2020
ޔާ ﷲ މި ބަލި މަޑުކަން އަޅަމެން ރައްކާތެރި ކުރައްވާން ދޭވެ އެވެ.އަޅަމެންގެ ޤައުމު އާމާން ކުރައްވާ ބަލިމަޑު ކަމާއި ތަދުމަޑު ކަމުން އަޅަމެންގެ ޤައުމު ރައްކާތެރި ކުރައްވާށި އެވެ. އާމީން!