ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް ސަބްސްކްރައިބް ކޮށްގެން އައިފޯން 18 ޕްރޯ މެކްސްގެ ބާގަންޑީ ކުލައިގެ ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި އިނާމު ހޯދުމުގެ ފުރުސަތު ލިބޭނީ https://dgg.mv/promo/iphoneމެދުވެރިކޮށް ޑިސެމްބަރު 31ގެ ކުރިން ސައިން-އަޕް ކުރުމަށް ފަހު ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކަށެވެ.
ޑީޖީޖީއިން ދިވެހި ގޭމަރުންނަށް އަގުހުރި މިފަދަ އެކި އިނާމުތައް ލިބޭނެ މިފަދަ އެކި ފުރުސަތުތައް އަންނަނީ ފަހިކޮށްދެމުންނެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މިފަދަ އެކި މުބާރާތްތަކާއި ހަރަކާތްތައް މެދުވެރިކޮށް ގޭމިން ދާއިރާ ތަރައްގީކޮށް، ގޭމަރުންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.