01 އެޕްރީލް

April 01, 2019 138
ޓީޗަރުންގެ ހުރީ ޝަކުވާ، ހައްލު ކޮން އިރަކުން؟

ޓީޗަރެއްގެ އެއް ދުވަހުގެ ޝެޑިއުލުން ފުރަތަމަ ފަށާނަމެވެ. ހެނދުނު ދަންފަޅީގައި ކިޔަވައިދޭ ޓީޗަރެއް ނަމަ ސްކޫލަށް ދާން ޖެހޭނީ 6:45 ގަ އެވެ. އެ ސެޝަން މެންދުރު 12:15 ހާއިރު ނިމޭނެ އެވެ. އެކަމަކު އެވަރުން ޓީޗަރުންނަށް އަތް ދޫކޮށެއް ނުލެވެ އެވެ. އިތުރު ހަރަކާތެއް އޮތިއްޔާ، އެއަށް ދަރިވަރުން ފަރިތަކޮށްދޭން ޖެހެ އެވެ. އެހެންވެ ބައެއް ފަހަރަށް...

28 މާޗް

March 28, 2019
އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަމާއަތަކުން އެހީވަނީ

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އާއި ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ޗާޓާޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް ޑިވެލޮޕްމަންޓް (ސީއައިޕީޑީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

26 މާޗް

March 26, 2019
މުސާރަ ހަދިޔާކުރާ ޓީޗަރަކަށް މިލިއަން ޑޮލަރުގެ އެވޯޑެއް

ފަގީރު އާއިލާތަކުގެ ކުދިންގެ ކިޔެވުމަށް، މަހު މުސާރައިގެ 80 ޕަސެންޓް ކޮންމެ މަހަކު ވެސް ހަދިޔާކުރާ ކެންޔާގެ ޓީޗަރަކަށް އިނާމެއްގެ ގޮތުގައި އެއް މިލިއަަން ޑޮލަރު ލިބިއްޖެ އެވެ.

25 މާޗް

March 25, 2019 57
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން

ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ނުރައްކަލުގެ ވަރުގަދަ ރަނގަޅަބީލު ޖެހެމުން އަންނަތާ ކިތައްމެ ދުވަހެކެވެ. ކުށްކުރާ ކުދިންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިވަރުންގެ އަހުލާގު ވަރަށް...

24 މާޗް

March 24, 2019 13
އާލިފަކީ މިހާރު އެންޓި ބުލީން އެމްބެސަޑަރެއް ނޫން

ބުލީކުރުމާ ދެކޮޅަށް މަސައްކަތް ކުރަން ހަމަޖެއްސި އާލިފް ނަސީރަކީ މިހާރު އެމްބެސެޑަރެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

23 މާޗް

March 23, 2019 16
ފަސްޓް ލޭޑީ ފަޒްނާ، ތާޖުއްދީންގެ ރަސްމިއްޔާތުގައި

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

22 މާޗް

March 22, 2019
"ލަވް ފޯމިއުލާ" ކިޔައި ދިން ޕްރޮފެސަރު ސަސްޕެންޑްކޮށްފި

އިންޑިއާގެ އަންހެން ކުދިން ކިޔަވާ، ސަރުކާރުގެ ކޮލެޖެއްގައި ހިސާބު ކިޔަވައިދޭ ޕްރޮފެސަރަކު ކުލާހެއްގައި ދަރިވަރުންނަށް "ލަވް ފޯމިއުލާ" ގެ ފިލާވަޅު ނަގައިދިން މައްސަލާގައި ސަސްޕެންޑްކޮށްފި އެވެ.

21 މާޗް

March 21, 2019 3
ބޭރުގައި ޕީއެޗްޑީއަށް ކިޔަވަން ވެސް މިހާރު ލޯނު ލިބޭނެ

ރާއްޖޭން ބޭރުގައި ކިޔެވުމަށް މަތީ ތައުލީމުގެ ލޯނު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

March 21, 2019
ލައިބްރަރީން ގެންދިޔަ ފޮތް ލިބުނީ ބައި ގަރުނު ފަހުން

އެމެރިކާގެ ނިއު ޖާޒީ ސްކޫލަކުން ގެންދިޔަ ފޮތަކަށް ވީނުވީއެއް ނޭނގިގެން އުޅޭތާ ބައި ގަރުނު ފަހުން އެ ފޮތް ސްކޫލާ ހަމައަށް ފޯރައިފި އެވެ.

20 މާޗް

March 20, 2019 5
ވިލިނގިލީގައި ހުން ފެތުރި ސްކޫލް ބަންދުކޮށްފި

ގއ. ވިލިނގިލީގައި އާދަޔާ ޚިލާފަށް ހުން ފެތުރެމުންދާތީ ސްކޫލް އިއްޔެ ބަންދުކޮށްފި އެވެ.

18 މާޗް

March 18, 2019 7
ޝައުގުވެރިކަމެއް ނެތް! ހައްލަކީ ކޮބާ؟

ސްކޫލު ނިންމުމަށް ފަހު މަތީ ތައުލީމް ހާސިލްކުރަން ގުޅުނީ ޔުނިވާސިޓީއަކާ އެވެ. އެތަނުން އިލެކްޓްރިސިޓީއާ ގުޅޭ ކޯހެއް ފުރިހަމަކުރަނިކޮށް ފޫހިވީ އެވެ. އެހެންވެ ދެން ހެދީ މުޅިން އެހެން ދާއިރާއަކާ ގުޅޭ ކޯހެކެވެ. އެ ކޯހުގެ ވަކި ހިސާބަކުން ވަކިވެ، އެހެން ދާއިރާއެއްގައި ކިޔަވަން ފެށި އެވެ.

17 މާޗް

March 17, 2019 61
ބުލީކުރުމާ ދެކޮޅު އެމްބެސެޑަރަށް ސީރިއަސް ތުހުމަތުތަކެއް

ބުލީކުރުމާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި އެންޓި ބުލީން އެމްބެސެޑަރު އާލިފް ނަސީރު (އާލް) އަށް ސީރިއަސް ތުހުމަތުތަކެއް ކުރުމާ އެކު، އޭނާއާ އެކު މަސައްކަތްކުރުން ބައެއް ތަންތަނުން ހުއްޓާލައިފި އެވެ.

14 މާޗް

March 14, 2019 4
މަތީ ތައުލީމުގެ ލޯނު އަންނަ ހަފުތާގައި ދޫކުރަން ފަށާނެ

މަތީ ތައުލީމް ހާސިލްކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވައިލި ސްކީމުގައި ލޯނު ލިބުނު ދަރިވަރުންނަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

13 މާޗް

March 13, 2019 19
އަރަބިއްޔާ ސްކޫލަށް އަޒުހަރުގެ ޓީޗަރުން އަދިވެސް ނުލިބޭ

އަރަބިއްޔާ ސްކޫލަށް އަދިވެސް މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ ޓީޗަރުން ނުލިބޭ ކަމަށް ޓީޗަރުންގެ ކަންކަން ހަމަޖައްސަން މިސްރަށް ދިޔަ ވަފުދުން މިއަދު ބުނެފި އެވެ.

11 މާޗް

March 11, 2019 29
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށަން ނިންމުމުން ގިނަ ބަޔަކަށް ހީކުރެވުނީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ...

March 11, 2019
އިނގިރޭސި ސާނަވީ ސްކޫލްތަކަށް ހިލޭ ޕެޑް

އިނގިރޭސިވިލާތުގެ ސާނަވީ ސްކޫލްތަކުގެ އަންހެން ދަރިވަރުންނަށް ޕެޑް ހިލޭ ދޭން ގޮވާލައި ކެމްޕޭންތަކެއް ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެ ގައުމުގެ ސަރުކާރުން އެގޮތަށް...

09 މާޗް

March 09, 2019 39
މި މުވައްޒަފު ވަޒީފާއަށް ދަނީ ދަރިފުޅު ގޮވައިގެން!

މާބަނޑުވީއްސުރެ ޒީނާ ހަސަން ހަބީބުގެ ކަންބޮޑުވުމަކީ ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަށް ނުކުންނަން ޖެހުމެވެ. އެކަމަކު އޭރު ވެސް، އޭނާ ވަޒީފާ އަދާކުރަމުން އަންނަ ސ. ހިތަދޫ ހިރާ ސްކޫލުގެ މެނޭޖްމެންޓުން ވަނީ ފަސޭހަ ގޮތެއް ހަދައިދޭނެ ކަމަށް ވައުދުވެފަ އެވެ.

08 މާޗް

March 08, 2019 1
ދަރިވަރަކަށް ބުލީކުރާތީ ޓީޗަރު ބޯ ކޮށާލައިފި

އިސްތަށިގަނޑު ކުރުކޮށް ހުންނާތީ "ފިރިހެން ކުއްޖެއް" ކަމަށް ބުނެ ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި ފަސް އަހަރުގެ އަންހެން ކުއްޖަކަށް ހިތްވަރު ދޭން ޓީޗަރަކު އަމިއްލަ ބޯ ކުރުކޮށް ކޮށާލައިފި އެވެ.

07 މާޗް

March 07, 2019
ޑޮކްޓަރުކަން ކިޔަވަން ކުރިމަތިލީ 29 ދަރިވަރުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ މެޑިކަލް ކޮލެޖުގައި ކިޔެވުމަށް 29 ދަރިވަރަކު ހުށަހަޅާފައިވާ ކަމަށް ގައުމީ ޔުނިވަސިޓީން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2019
އާ 3 ޕްރޮގްރާމެއް ތައާރަފުކޮށް ވިލާގެ ކޯސްތަކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގައި އާ ތިން ޕްރޮގްރާމެއް ލޯންޗުކޮށް އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

March 06, 2019 2
ދަރިވަރުގެ ދަރިފުޅު ޕްރޮފެސަރުގެ އުނގުގައި، ލޯބި!

އެމެރިކާގެ ކޮލެޖެއްގެ ޕްރޮފެސަރަކު ދަރިވަރެއްގެ ތުއްތު ދަރިފުޅު ނަގައިގެން ހުރެ ކިޔަވައިދިނުމުން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބިއްޖެ އެވެ.

05 މާޗް

March 05, 2019 84
ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދޭން މަޝްވަރާކުރަނީ

ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑްތަކުގެ ދަރިވަރުންނަށް، މާއްދާތައް ދިވެހި ބަހުން ކިޔަވައިދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

04 މާޗް

March 04, 2019 5
ތާޖުއްދީން ސްކޫލު: ތަފާތު ދައްކަމުން ބަދަލަކަށް

ތާޖުއްދީން ސްކޫލަށް މުހިއްމީ ދަރިވަރުންގެ ނަތީޖާ އެކަންޏެއް ނޫނެވެ. ކިޔެވުމާ އެއްގޮތަށް ދަރިވަރުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަން އިތުރުކޮށް ތަރައްގީކުރުމަކީ ވެސް، މީގެ 30 އަހަރު ކުރިން ހުޅުވި ސްކޫލުން ސަމާލުކަން ދޭ ކަމެކެވެ. އިންޓަ ސްކޫލުގެ މުބާރާތްތަކުގައި ދަރިވަރުން ހޯދާ ކާމިޔާބީ އަކީ އެކަމުގެ ހެއްކެކެވެ.