ސައުދީ އަރައްބިއްޔާގެ ޔުނިވާސިޓީތަކުން އެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ސައުދީ އެމްބަސީން ބުނީ "ސްޓަޑީ އިން ސައުދީ" ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ވެސް އެ ގައުމުގެ އެކި ޔުނިވާސިޓީތަކުގައި ފުރަތަމަ ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބައިވެރިވާން ބޭނުންވާ ދަރިވަރުންގެ ކޯހާއި ޝަރުތުތައް ބެއްލުމަށްފަހު ސައުދީގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ޕޯޓަލް http://studyinsaudi.sa މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެމްބަސީން ވަނީ އެދިފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން:

  • އިންޖިނިއަރިން 
  • މެޑިސިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • އިސްލާމިކް ސްޓަޑީޒް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ސައިންސްގެ ދާއިރާތައް

އެމްބަސީން ބުނީ ކިޔެވުމުގެ އިތުރުން ހިންގާ ގިނަ ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭނެ ކަމަށެވެ.