މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.
އިސްމާއިލް ރާހިލް ފުރިހަމަކުރީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ބެޗްލާސް ޑިގްރީ ކޯހެވެ.
އިއްޔެ ހެނދުނު އޮތް އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާގައި ރާހިލް އަށް ޑިގްރީ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު އެވެ.
މިއީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މި ފެންވަރަށް ކިޔަވައި ދަސްވެނިވި، އަޑުއިވުމުން މަހުރޫމުވެފައިވާ ފުރަތަމަ ދަރިވަރުކަން އުފަލަކާ އެކު ފާހަގަކޮށް އެ މިނިސްޓްރީން ވަނީ މިނިސްޓަރާއި، ހުރިހާ މުވައްޒަފުންގެ ނަމުގައި އޭނާ އަށް ތަހުނިޔާ އަރިސްކޮށްފަ އެވެ.
ރާހިލްގެ މި ކާމިޔާބީ ފާހަގަކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފުކޮށް، މަރުހަބާ ކިޔަމުންނެވެ.