ކުއްލި ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބުނީ ނޫނެކޭ، މޭޔަރުގެ ގޮނޑިތައް އެމްޑީޕީއަށް!

ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ގިނަ ސިޓީތަކުގެ މޭޔަރުކަމަށް ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީ.

Last update:
00:49

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަނީ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ އާޓިފިޝަލް ބީޗުގައި ދަނީ ފާހަގަކުރަމުން. އެތަނުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް އާޒިމް ވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުން.

00:20

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު، ކައުންސިލްތަކުގެ ނަަތީީޖާާ ލިިބިިފަައިިވާާ 498 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަައްް ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް. މިގޮތުން، ޕީއެންސީއަށް 220 ގޮނޑި އަދި އެމްޑީޕީއަށް 207 ގޮނޑި ވަނީ ލިބިފައި. ޑަބްލިޔުޑީސީތަކުގެ ނަަތީީޖާާ ލިިބިިފަައިިވާާ ޖުމްލަ 226 ގޮނޑީގެ ތެރެއިން، ޕީއެންސީއަށް 100 ގޮނޑި ލިބިފައިވާއިރު، އެމްޑީޕީއަށް ލިބިފައިވަނީ 83 ގޮނޑި. 

23:53

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އިހްތިރާމާއެކު ބަލައިގަންނަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.  

ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުން އެދޭ ގޮތަށް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައި.  

23:07

ދެ އިންތިހާބު އެއްކޮށްލުމާ 70 ޕަސެންޓު ދެކޮޅު

މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކައިފި. މިހާތަނަށް ގުނާފައިވާ 12،000 އަށް ވުރެ ގިނަ ވޯޓުގެ ތެރެއިން، 73 ޕަސެންޓު މީހުން ވޯޓު ދީފައިވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ. 

22:15

މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު ބަލި ގަބޫލުކުރައްވައި، އެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެއްޖެ.

22:05
21:56

ވާދަވެރިކޮށްދިޔަ ތިނަދޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް

މިއަދުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑުވި، ތިނަދޫ ސިޓީގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ ކާމިޔާބުކުރައްވާފައިވާކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި. 

21:46

މައްސަލަ ބޮޑުވި މަޖީދިއްޔާ ސްކޫލުގައި ބައްހައްޓާފައި ހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ފޮށި އަލުން ގުނަން ފަށައިފި. އެ ފޮށި ގުނުން މެދުކަނޑައިލީ، ސައްހަ/ބާތިލް ގުނުމުގެ މައްސަލައެއް ހޫނުވެގެން. ނަމަވެސް، މިހާރު އެ މައްސަލަ ހައްލުކޮށް، ވޯޓު ގުނަން ވަނީ އަލުން ފަށާފައި.  

21:31

ކުޅުދުއްފުށި ސިޓީ ކައުންސިލް އެމްޑީޕީއަށް

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައި. 

21:28

އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބުކުރައްވާފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރު ވެސް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު.

21:09

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، 43 ޕަސެންޓަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް. ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ 28 ޕަސެންޓު ވޯޓު. މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ތިންވަނައިގައި އުޅުއްވަނީ 23 ޕަސެންޓު ވޯޓާ އެކު. 

20:50

ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ރޭހުގައި، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގު ކުރީގައި އުޅުއްވަނީ ވަރަށް ބޮޑު ތަފާތަކުން.

20:42

އީސީން ބުނީ މިރޭ 8:30 އާ ހަމައަށް ހަތް ވޯޓު ފޮށި އަދިވެސް ބަންދުނުކުރެވޭ ކަމަށް. އެއްގަޑިއިރަށް ވަގުތު އިތުރުކޮށް، ވޯޓުލުން ނިންމާލާފައިވަނީ ހަވީރު 5:00 ގައި. 

20:38

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ތިނަދޫގެ މޭޔަރުކަމުގެ އިންތިހާބު ފެންނަނީ ވަރަށް ވާދަވެރިކޮށް. އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ އާއި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަޖީބުއަށް މިހާތަނަށް ލިބިފައިވާ ވޯޓުގައި އުޅެނީ ވަރަށް ކުޑަ ތަފާތެއް. 

20:23

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އައްޑޫ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އުޅުއްވަނީ، އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު. 

20:20

އީސީން ދެންމެ ބުނީ މިއަދު ނެގި ތިން ވޯޓަށް ބެހެެއްޓި ޖުމްލަ 588 ފޮށީގެ ތެރެއިން އަދިވެސް 13 ފޮށި ބަންދުނުކުރެވޭ ކަމަށް. 

20:07

ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުގައި، ގިނަ ސިޓީތަކުގެ މޭޔަރުކަމަށް ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީ.

20:02

މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތައް ލިބެމުންދާއިރު، މިހާތަނަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ މައި ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް. މިހާތަނަށް ގުނާފައިވާ 1،330 އެއްހާ ވޯޓުގެ ތެރެއިން 67 ޕަސެންޓު މީހުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދެއް ނުކުރޭ.

19:32

އީސީގެ ނައިބު ރައީސް ސޮލާހު ދެންމެ ވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި ބަަހަައްްޓާާފަައިިވާާ ވޯޓުފޮށްޓެއްގެ ސައްހަ/ބާތިލް ގުނުމުގެ މައްސަލައެއް ދިމާވެގެން އުޅޭތީ އެ މައްސަލަ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް. 

19:19

ބައެއް ރަށްރަށާއި ރިސޯޓުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ މިހާރު ވަނީ ލިބެން ފަށައިފައި. 

18:47
ވޯޓު ގުނުމުގެ މަސައްކަތް އިންތިހާބީ އޮފިޝަލުން ކުރަނީ: ގިނަ ވޯޓުފޮށިތަކެއް ކަނޑައި ވޯޓު ގުނަން މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ވޯޓު ގުނުމުގެ މަސައްކަތް އިންތިހާބީ އޮފިޝަލުން ކުރަނީ: ގިނަ ވޯޓުފޮށިތަކެއް ކަނޑައި ވޯޓު ގުނަން މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ވޯޓު ގުނުމުގެ މަސައްކަތް އިންތިހާބީ އޮފިޝަލުން ކުރާއިރު އެ މަންޒަރު ބަލަން މޮނީޓަރުން ވޯޓުލާ މަރުކަޒުގެ ބޭރުގައި މަޑުކޮށްލައިގެން: ގިނަ ވޯޓުފޮށިތަކެއް ކަނޑައި ވޯޓު ގުނަން މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ވޯޓު ގުނުމުގެ މަސައްކަތް އިންތިހާބީ އޮފިޝަލުން ކުރާއިރު އެ މަންޒަރު ބަލަން މޮނީޓަރުން ވޯޓުލާ މަރުކަޒުގެ ބޭރުގައި މަޑުކޮށްލައިގެން: ގިނަ ވޯޓުފޮށިތަކެއް ކަނޑައި ވޯޓު ގުނަން މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
18:30

އީސީން ދެންމެ ބުނީ މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ފެންނަ/ނުފެންނަ ވޯޓު ހަވީރު 5:00 ހަމައަށް ނިމިފައިވާއިރު، މިހާތަނަށް ބަންދުކޮށްފައި ވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށި ކަމަށް. 

18:25

އިންތިހާބާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަސް ވެސް ސަރުކާރު ބަންދު

މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތައް އަދި ފެންނަ/ނުފެންނަ ވޯޓުގެ އިންތިހާބާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ނިންމަވައިފައި. 

ރައީސް އޮފީހުގެ ދެންނެވުމެއްގައި ބުނީ ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައެޅީ އިންތިހާބުގެ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން އުޅޭތީ، އެ ދެ ދުވަސް ބަންދުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން އެދުމުން. 

18:03
17:51
17:45

ވޯޓު ގުނަން ވަނީ ފަށައިފައި

ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުފޮށި ކަނޑައި، ވޯޓު ގުނަން ފަށަން މިހާރު އަންނަނީ ތައްޔާރުވަމުން.

 

މާލޭގެ ސްކޫލެއްގައި ހުރި ވޯޓުފޮށްޓެއް ކަނޑައި، ވޯޓު ގުނަން އޮފިޝަލުން ތައްޔާރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭގެ ސްކޫލެއްގައި ހުރި ވޯޓުފޮށްޓެއް ކަނޑައި، ވޯޓު ގުނަން އޮފިޝަލުން ތައްޔާރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17:33

ހުރިހާ ވޯޓު ކިއުއެއް މިހާރު ވަނީ ބަންދުކޮށްފައި

އީސީގެ ނައިބު ރައީސް ސޮލާހު "މިހާރު"އަށް ވިދާޅުވީ ކިއުގައި މީހުން ނެތް ހުރިހާ ވޯޓުފޮށްޓެއްގެ ކިއު ފަހެއް ޖަހާއިރު ބަންދުކޮށްފައިވާ ކަމަށް. އަދި ކިއު ބަންދުކުރި ވަގުތު ކިއުގައި ޖެހިގެން މީހުން ތިބި މީހުންގެ ވޯޓުލުން އަދިވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި. 

17:29
17:07

ފަހެއް ޖެހުމާ އެކު ވޯޓު ކިއުތައް ބަންދުކުރަން ފަށައިފި

ފަހެއް ޖެހުމާ އެކު ވޯޓު ކިއުތައް ބަންދުކުރަން މިހާރު ވަނީ ފަށައިފައި. އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓު ކިއުތަކުގައި ތިބިއިރު، އީސީން ވަނީ ވޯޓުލާ ވަގުތު އެއް ގަޑިއިރަށް އިތުރުކޮށްދީފައި. 

16:57
16:41

ހަވީރު 4 އާ ހަމައަށް 63 ޕަސެންޓް މީހުން ވޯޓުލައިފި

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިއަދު ހަވީރު 4:00 އާ ހަމައަށް 63 ޕަސެންޓް މީހުން ވަނީ ވޯޓުލައިފައި. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 185،709 މީހެއް. އެއީ 92،567 އަންހެނުންނާއި 93،142 ފިރިހެނުން. 

2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 65 ޕަސެންޓް މީހުން ވޯޓުލާފައިވޭ. 

16:35
16:23
16:07

ވަގުތު އިތުރުކުރީ ހޫނުގަދަ ކަމުން ގިނަ ބަޔަކަށް ވޯޓުލާން ދަތިވުމުން

އީސީން ބުނީ ވަގުތު އިތުރުކުރީ ހޫނުގަދަވެ ވޯޓުލާން އުނދަގޫތަކެއް ކުރިމަތިވުމުން ގިނަ ބަޔަކަށް ފުރުސަތުދިނުމަށް ކަމަށް. މުޅި ރާއްޖެއަށް ވެސް މިއަދަކީ ހޫނުގަދަ ދުވަހެއް ކަމަށް މޫސުމާ ބެހޭ އިދާރާ އިން އޮތީ އިއުލާންކޮށްފައި. 

16:04

ވޯޓުލާ ގަޑި 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

އީސީން ނިންމީ 5 ޖެހުމާ ހަމައަށް ކިޔޫއަށް އަރާ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދޭން. ވޯޓު ކިޔޫ 4 ޖަހާއިރު ބަންދުކުރަން ކުރިން ނިންމިޔަސް އޭރު ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ވޯޓުލާން ކިޔޫއަށް އަރަމުން.

15:37

ވޯޓު ކިޔޫ ބަންދުވާން ބައިގަޑިއިރަށް ވެފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ މަރުކަޒުތަކުގެ ކިޔޫގައި އެބަތިބި. 

15:32

މި އިންތިހާބުގައި ހޮވާނީ

ކައުންސިލްތަކަށް: 681 ކައުންސިލަރުން

އަންހެނުންގެ ކޮމިޓީތަކަށް: 681 މެމްބަރުން

އެއީ 2,000 އަށް ވުރެ މަދު އާބާދީތަކަށް 3 ކައުންސިލަރުން

އެއަށް ވުރެ މަތީ އާބާދީތަކަށް 5 ކައުންސިލަރުން

އިންތިހާބާ ބެހޭ މަރުކަޒެއްގައި އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އިންތިހާބާ ބެހޭ މަރުކަޒެއްގައި އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
15:25

ބައިނަލްއަގުވާމީ އޮބްޒާވަރުން އިންތިހާބު އޮބްޒާވްކުރަނީ

15:16

ހަވީރު 4ގެ ކުރިން ވޯޓު ކިޔޫއަށް އަރަން އެދިއްޖެ

އީސީގެ ރައީސް މުހައްމަދު ޒާހިދު ޕީއެސްއެމްގައި ވިދާޅުވީ 2 ޖެހުމާ ހަމައަށް 44 ޕަސެންޓް މީހުން ވޯޓުލާފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ވެސް ތިބި ކަމަށް. 

ވޯޓުލާން ބާކީ އޮތީ ގަޑިއިރެއް. ހަވީރު 4 ޖަހާއިރު ވޯޓު ކިޔޫ ބަންދުކުރާނެ. އެހެން އިންތިހާބުތަކުގައި ވޯޓުލުމުގެ ގަޑި އިތުރުކުރިޔަސް މި އިންތިހާބުގައި ގަޑި އިތުރުކުރުމުގެ ވިސްނުމެއް އީސީގެ ނެތް

ޒާހިދު އިލްތިމާސްކުރެއްވީ 4 ގެ ކުރިން ވޯޓު ކިޔޫގައި ޖެހުމަށް. ވަގުތު ހަމަވުމުގެ ކުރިން ކިޔޫއަށް އަރައިފި ނަމަ ވޯޓުލުމުގެ ފުރުސަތު އީސީން ދޭނެ. 

"އަޅުގަނޑުގެ އިލްތިމާސަކީ 4 ގެ ކުރިން ކިޔޫއަށް އަރާވަޑައިގަތުމަށް،"

 

އީސީގެ ރައީސް ޒާހިދު
އީސީގެ ރައީސް ޒާހިދު
15:07

މެންދުރުފަހު 2 ޖެހުމާ ހަމައަށް 44 ޕަސެންޓް މީހުން ވޯޓުލައިފި

އީސީން ދެންމެ ބުނީ މެންދުރުފަހު 2 ޖެހުމާ ހަމައަށް 131،947 މީހުން ވޯޓުލާފައިވާ ކަމަށް. އެއީ ހައްގު ލިބިގެންވާ މީހުންގެ 44 ޕަސެންޓް 

އެއީ 68،175 ފިރިހެނުންނާއި 63،175 އަންހެނުން

14:54

އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވީ 2021 ގައި. 

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 273,128 މީހުންނަށް 

ވޯޓުލީ 67 ޕަސެންޓް

އެއީ ގާތްގަނޑަކަށް 182،995 މީހުން

14:14

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބުގައި ވޯޓުލައްވައިފި 

14:03

ތިން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު، ވޯޓު ކިޔޫ ބަންދުކުރާނީ ހަވީރު 4:00 ގައި. އީސީން ދެންމެ ބުނީ ވޯޓުލާ ގަޑި އިތުރުކުރުމުގެ ނިންމުމެއް އަދި ނެތް ކަމަށް. 

13:59

އީސީއަށް އެންމެ ގިނައިން ޝަކުވާ ހުށަހެޅީ:

  1. މައުލޫމާތު ހޯދަން
  2. ވޯޓު ކަރުދާސްކޮޅު ނުބައި ފޮއްޓަަކަށް ލެވިއްޖެ ނަމަ ބާތިލްވާނެތޯ އޮޅުންފިލުވަން
  3. ވޯޓުލާ މަރުކަޒުގެ ޖާގަ ކުޑަވެގެން
  4. ވޯޓު ފޮށީގެ ވެރިޔާ ކަންކުރާ ގޮތުން ހިތްހަމަނުޖެހިގެން
  5. ކެމްޕޭން މަނާވެފައި އޮއްވައި ކެމްޕޭން ކުރާ ކަމަށް
  6.  އާދަޔާހިލާފަށް ހޫނު ގަދަކަމަށް
13:52

ހުށަހެޅީ 30 ޝަކުވާ، މައްސަލައެއް ނެތި ވޯޓުލުން ކުރިއަށް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު "މިހާރު"އަށް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް ހުށަހެޅީ 30 ޝަކުވާ ކަމަށް. އެކަމަކު އޭގެ ތެރޭގައި މާބޮޑެތި މައްސަލަތަކެއް ނެތި، ހުރިހާ މަރުކަޒުތަކެއްގައި ވެސް ވޯޓުލުން ކުރިއަށް އެބަދާ ކަމަށް. 

ވޯޓު ބޫތު ހުރި ގޮތުން ވޯޓުލާތަން ފެނިދާނެ ކަމަށް ބައެއް ޝަކުވާ ލިބިގެން އެ މައްސަލަތައް ވެސް ހައްލުކޮށްދީފައިވާ ކަމަށް. އެގޮތަށް ހުރި ބޫތުތައް ކުޑަކޮށް ކަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި. 

އިންތިހާބާ ބެހޭ މަރުކަޒެއްގައ ސޮލާހް ހަރަކާތްތެރިވެވަޑައިގަންނަވަނީ.
އިންތިހާބާ ބެހޭ މަރުކަޒެއްގައ ސޮލާހް ހަރަކާތްތެރިވެވަޑައިގަންނަވަނީ.
13:42

މައްސަލަ ހައްލުކޮށް ގައްދޫގައި އަލުން ވޯޓުލާން ފަށައިފި. 

13:21

ގދ. ގައްދޫގެ ވޯޓުލުން ހުއްޓިފައި. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުރަތަމަ ހިތްހަމަނުޖެހުނީ މާލޭގައި ގައްދޫގެ ވޯޓު ފޮށި ބަހައްޓާފައި ހުރި ގޮތާ މެދުގައި ކަމަށް. އީސީގައި އެދިގެން ވޯޓު ފޮށި ރޮޓޭޓްކުރުމުން ގައްދޫގައި ވެސް ބޭނުންވީ ވޯޓު ފޮށި ބަހައްޓާފައި ހުރި ގޮތް ބަދަލުކުރަން. އެކަމަކު އެކަން ލަސްވާތީ އެމްޑީޕީގެ މެމްބަރުން ގައްދޫގެ ވޯޓުލާ މަރުކަޒަށް ވަދެ އަޑުގަދަކުރަން ފެށުމުން ޕީއެންސީގެ ބައެއް މެމްބަރުން ވެސް އެތެރެއަށް ވަނީ ކަމަށް. މި އަޑުގަދަކުރުމުގައި ވޯޓުލުން ހުއްޓިފައިވާ ކަމަށް އޭނާ ބުނޭ. 

12:58

ވޯޓުލާން ޖެހޭ މަރުކަޒު ޗެކްކުރެއްވުމަށް 

12:55

12 ޖެހުމާ ހަމައަށް 62،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި

މެންދުރު 12 ޖެހުމާ ހަމައަށް 62،083 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 21 ޕަސެންޓް. މީގެ ތެރޭގައި ހިމެނެނީ 33،245 ފިރިހެނުންނާއި 28،838 އަންހެނުން. 

އީސީގެ ހިސާބުތަކުގައިވާ ގޮތުން 78 ޕަސެންޓް މީހުން އަދި ވޯޓުނުލާ. އެއީ 232،793 މީހުން. 

12:39

މުޅި ރާއްޖޭގައި އަމާންކަމާ އެކު ވޯޓުލުން ކުރިއަށްދަނީ.

12:33

ހެންވޭރު ދަނޑުގައި ވޯޓުލާން ހަމަޖެއްސި ޓެންޓުގައި ހިރަފުސް ބޯވެ އުނދަގޫވާތީ ބައެއް މީހުން ދަނީ ޝަކުވާކުރަމުން. 

ވޯޓުލާން ގިނަ ބަޔަކު ގޮސް ތިބިއިރު ޓެންޓުގައި ހިރަފުސް ބޯވެފައި. -- ޓުވިޓާ ފޮޓޯ: ނާޖިހު ދީދީ
ވޯޓުލާން ގިނަ ބަޔަކު ގޮސް ތިބިއިރު ޓެންޓުގައި ހިރަފުސް ބޯވެފައި. -- ޓުވިޓާ ފޮޓޯ: ނާޖިހު ދީދީ
12:20

އިންތިހާބީ މާހައުލަކީ ރައްކާތެރި، އަމާންތަނަކަށް ހެދުމަށް މާލެ އާއި ރަށްރަށުގައި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.

 

12:13

އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބު

12:05

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިންތިހާބުގައި ވޯޓުލައްވަނީ. 

11:46

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެންމެ ވޯޓުލައްވައިފި

ނަޝީދު މިއަދު ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ނަޝީދު މިއަދު ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
11:44

ހެނދުނު 11 އާ ހަމައަށް 58،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި

ހެނދުނު 11 ޖެހުމާ ހަމައަށް 58،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް މީހުން. އެއީ 25،000 އަށް ވުރެ ގިނަ އަންހެނުންނާއި 33،000 އަށް ވުރެ ގިނަ ފިރިހެނުން ކަމަށް އެ ކޮމިޝަނުން ބުނޭ. 

11:42
11:14

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ދެންމެ ވޯޓުލައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުމަށްފަހު އިނގިލީގެ ކުރެހުން ދައްކާލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުމަށްފަހު އިނގިލީގެ ކުރެހުން ދައްކާލައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
10:37

ހެނދުނު 10 އާ ހަމައަށް 41،000 މީހުން ވޯޓުލައިފި

ހެނދުނު 10 އާ ހަމައަށް 41،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 14 ޕަސެންޓް މީހުން. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުުމްްލަަ 294،876 މީހުންނަށް.

10:16
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
10:07

ކުރީގެ ރައީސް އަބްދުالله ޔާމީން ވެސް ދެންމެ ވަނީ ވޯޓުލައްވައިފަ

10:06

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ވޯޓު ލައްވާފައި.

10:03
09:59

ވޯޓުލުމުގެ ހައްގު އަދާކުރަން ރައީސް އިލްތިމާސް ކުރައްވައިފި

ހުރިހާ ރައްޔިތުން ވެސް ވޯޓުލުމުގެ ހައްގު އަދާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިލްތިމާސް ކުރައްވަައިިފަަ އެވެ.

"ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ވޯޓުލުމަކީ. އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
09:57

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އާދަމް އާޒިމް ވެސް ދެންމެ ވޯޓު ދެއްވައިފި

09:48

މިއަދު ބާއްވާ ތިން އިންތިހާބުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުންނުވާ ވޯޓެއްގެ ވޯޓު ކަރުދާސްކޮޅު ނުނަގާ ދޫކޮށްލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

09:46

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުންނުވާ ވޯޓެއްގެ ކަރުދާސްކޮޅު ނުނަގާ ދޫކޮށްލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވޭ.

09:37

ހުރިހާ މަރުކަޒުތަކެއްގައި ވޯޓުލުން ފަށައިފި

ވޯޓުލުން ނުފެށި ހުރި ހުރިހާ މަރުކަޒުތަކެއްގައި ވެސް ވޯޓުލުން ފަށައިފި

09:33

ހުރިހާ މަރުކަޒެއްގައި މިހާރު ވޯޓުލާން ފަށައިފި

09:20
09:19

އީސީން ދެންމެ ބުނީ މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފަށާފައި ކަމަށް. އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ވޯޓުލުން ނުފެށި ހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެ މީހުން ހާޒިރުނުވާ ތަންތަން ކަމަށް.

09:18

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ދެންމެ ވޯޓު ލައްވައިފި. އެ ކަމަނާ ވޯޓުލެއްވީ އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް.

09:13

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި ޖުމުލަ 588 ފޮށީގެ ތެރެއިން މިހާތަނަށް ވޯޓުލުން ފެށުނީ 560 ފޮށީގެ. ބާކީ 28 ވޯޓުފޮށީގެ ވޯޓުލުން އެކި ސަބަބުތަކާ ހެދި ނުފެށޭ ކަމަށް އީސީން ބުނޭ.

09:10

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވޯޓު ލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް

09:09
08:35
އިފްރާޒް އަލީ އިފްރާޒް އަލީ

ވޯޓުލުން ހެނދުނު 8:00 ގައި ފެށުނުއިރު، ކިއުތަކުގައި އަދިވެސް ތިބީ މަދު ބައެއް. 

08:22
އިންތިހާބުގައި މިއަދު ވޯޓުލަނީ.--ފޮޓޯ: ނިޝާން އަލީ| މިހާރު
އިންތިހާބުގައި މިއަދު ވޯޓުލަނީ.--ފޮޓޯ: ނިޝާން އަލީ| މިހާރު

ރާއްޖޭގައި މިއަދު ކުރިއަށް ގެންދާ ތިން އިންތިހާބުގެ ވޯޓުލުމުގެ ވަގުތު 5 ޖަހާއިރަށް ހަމާވުމާ އެކު، ވޯޓު ކިއުތައް ބަންދުކުރަން ފަށައިފި އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވަގުތު ވަނީ އެއް ގަޑިއިރަށް އިތުރުކޮށްފަ އެވެ. އެ ވަގުތު ހަމަވިއިރު ވެސް އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ ކިއުގައި އެބަތިއްބެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ މެންދުރު 2 އާ ހަމައަށް 131،00 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44 ޕަސެންޓް މީހުންގެ ވޯޓެވެ. 

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ހަވީރު 4 ޖެހުމާއެކު ކިއު ބަންދުކުރާނެ ކަމަށެވެ. އެހެންވެ، އޭގެކުރިން ކިއުއަށް އަރަން އޭނާ އިލްތިމާސް ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހެނދުނު އަށެއް ޖެހިއިރު ވޯޓުލުން ފެށިއިރު ބައެއް ފޮށިތަކަށް ވޯޓުލުން ނުފެށުނު ކަމަށެވެ. ޖުމުލަ 588 ފޮށީގެ ވޯޓުލުން ފެށުނީ ހެނދުނު 9:30 ހާއިރު އެވެ.

"ވޯޓުލުން ނުފެށި ހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން،" ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ. 

މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިހާބުގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިހާބުގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. 

ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ. 

އެއީ:

  1. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 297،959 ވޯޓު ކަރުދާސް
  2. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް
  3. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޗާޕްކުރީ 298،180 ކަރުދާސް

އީސީން ބުނީ، ތިން އިންތިހާބުގައި ވޯޓުލުމަށް 588 މަރުކަޒު ގާއިމް ކޮށްފައިވާ. އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ވަނީ ގާއިމްކޮށްފަ އެވެ.

ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.

ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އީސީން ބުނި ގޮތުގައި ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

އީސީން ރޭ ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށެވެ. 

އެކަމަކު، ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި އެވެ. އެގޮތަށް ހަދަނީ، ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވިޔަސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ. 

"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާ އަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށް ވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާން ކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ،" އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ.

"ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ." 


ރިއެކްޝަންސް

27 ކޮމެންޓް

މާލޭން

އެމްޑީޕީން ރައްޔިތުންނަށް ލަނޑުދީފި.

1 day
ޑރ ވާންޗޯ

މީކީ އެމްޑީޕީއަކަށް ދިން ކާމިޔާބެއްނޫން. މީގަ ބޮޑުބައި ކުޅެފަމިއޮތީ ވޯޓުގެބޭނުމުގަ ވަކިބަޔަކަށް ނުހައްގު މަންފާތަކެއްލިބިދޭތީ އެކަމާ އިދިކޮޅުމީހުން. ވޯޓާދިމާކޮށް ގާނޫނާ ގަވާއިދާޚިލާފުވުމުގެ ސަބަބުން ކޮށްފަހުންނަ ޖޫރިމަނާތައްމާފްވެ، އެގްރިމަންޓްގަ ހުރިކުލިތައް ކުޑަކުރުން އާންމުވެެއްޖެ. ކޮބައިތޯ ގާނޫނާ ގަވާއިދާއެއްގޮތައް އުޅޭމީހުންގެ ހައްގުތައް؟.

1 day
13
ޑރ ވާންޗޯ

އަދިވެސް ކިޔަވައިގެންތިބި ގާބިލްމީހުން ބާކީކޮށްފަ ފިލްމުސްޓާރުންނަށް ބޮޑެތި މުސާރަލިބޭ ކޮމްޕެނީތަކުން މަގާމުތައްބަހާފަ ބޮޑުމުސާރަދީފަ ގޭގަބައިތިއްބާ.

1 day
5
1
ބޭނުން

ދެއިންތިހާބު އެއްދުވަހެއްގަ ބޭއްވުމައް ބޮޑުތަނުން ނޫނެކޭބުނީ ދެވަނަ އިންތިހާބައް އެވަގުތަކު ވެރިކަމުގަ ތިބޭބަޔަކު ބަހާ ބެހުންތަކައް ގިނަބަޔަކު ބޭނުންޖެހިފަ ތިބޭވަރު ބޮޑުކަމުން. އަދި މިކަމުން ދައްކައިދެނީ މިގޮތުން ދޭއެކިކަހަލަ އިޔާޔަތްތަކުގެ ބިޔަކަން. މިގޮތުން ޖޫރިމަނާތައް މައާފު ކުރުން، ފްލެޓްތަކުގެ ނުދައްކާކުލި މައާފުކުރުން، ކުލިތައް ކުޑަކޮއްދިނުން، ވަޒީފާ ބަހާލުން މިކަހަލަ ކިތަންމެ ކަމެއް. ދެއިންތިހާ އެއްދުވަހެއްގަ ބާއްވާނަމަ މިތަކެތި ނުލިބޭނެ

1 day
ޢަބްޑޫޅް +

"ދެ އިންތިހާބު އެއްކޮށްލުމާ 70 ޕަސެންޓު ދެކޮޅު މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކައިފި." ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކީ އިންތިހާބެއް ނޫން. އެއީ ހިޔާލު ހޯދުމަށް ނެގުނު ވޯޓެއް. އިންތިހާބަކަށް [އިލެކުސަނަކަށް) ވަނީ ނެގޭ ވޯޓުގެ ނަތީޖާ އަށް ބަލާފަ، މަގާމެއް ފުރުމަކައި، މީހަކު ހޮވޭ ނަމަ.

1 day
6
ކިބުރު ވެރިކަން ނިމުނު ވެރިކަން

ސަރުކާރުން ކިތަންމެ ގޯހެއް ހެދުނު. މީގެ ތެރޭގަ އަލީ އާރިފު ކަހަލަ ތިމާގެ ކުދިން މާގާތް ކޮށްގެން ހިތުހުރި ވާކައެއް ދައްކަން ހުއްދަ ދިނުން ހިމެނޭ. މީނަ އަށް އައި ފޯރީގަ ރައްޔިތުން ކުޑައި މިސްވާކަހަލަ ކިތަންމެ އެއްޗެއް ބުނެވިއްޖެ. މީގެ ތެރޭގަ ރައީސް ހުރިހާ ރަށަކަށް ދާކަށް ނުޖެހެއޭ ވަޒީފާ ކޮޅެއް ދިނީމަ ވޯޓުލާ ނެއޭ ވެސް ބުނި. މީނަހީކުރީ ރައްޔިތުން މީ ޗާބީލީ ބުދުތަކެއް ކަމަށްތަ؟

1 day
3
3
1
ޞަލަމަ

އަދި ޕީއެންސީ ގެ ޓިކެޓު ހޯދައިގެން ގިނަ ކައުުންސިލްގެ ގޮނޑިތައް ވެސް ހޯދާފައިވަނީ ރަތްލާޖެހި އެމްޑީޕީ މީހުން. އަހަރުމެން ދޫނި މީހުން އިތުބާރެއް ނުކުރަން އެމީހުން ކުރިޔަށް އޮތްތާގައި ޕީއެންސީގަ ތިބޭނެކަމަކަށް. ޕާޓީ ޗޭންޖު ކޮށްފިއްޔާ ގޮނޑިގެއްލޭ ގޮތަށް ވީ އެންމެ އަވަހަކަށް ގާނޫނު އިސްލާހުކުރަން ސަރުކާރަށް ގޮވާލަން.

1 day
ޞަނަ

ލޫލް. ލާސްޓު އޮޕްޝަން.

1 day
ޅަމަށް

ވަރަށް ރަނގަޅަށް ތިބުނީ….

1 day
4
ރައްޔިތުން ހޭލުންތެރިވެއްޖެ

މިއީ ވަރަށްގިނަ މެސެޖްތަކެއް ލިބިގެންދިޔަ އިންތިޚާބެއް-ސަރުކާރުން ވިސްނާލަންޖެހޭ #ކުރިހާ ހޭދަ # ކުރިހާ ދަތުރު # ދިންހާ ވަޒީފާ # މާފުކުރި ކުލިތައް # ދައުލަތުގެ މީޑިއާ # އިދިކޮޅުގަ ކެމްޕޭން ވަޞީލަތްތައް މަދު. އެކަމަކުވެސް އެހާ ކުޑަފަރަޤަކުން ކައުންސިލްތަކާ ކޮމިޓީތަކުގެ އަޤްލަބިއްޔަތު އެކަނި ލިބި، ސިޓީތައް ގެއްލި ރެފަރެންޑަމްއަށް ބޮޑުތަނުން ނޫނެކޭ. ސުވާލަކީ: ސިޔާސީގޮތުން ހޭލުންތެރިވީހޭ؟ ނޫނީ ގޭމްދަސްކޮށް ނެގެންއޮތް ފައިދާއެއް ނަގާފަ ވޯޓުނުދެނީހޭ؟

1 day
6
1
ޅެމެއް

ޅެމުން ފަރުވާދޭވާހަކަ ދައްކައިގެން ކުދިރަށްރަށުން އެލިބުނު އެއްޗެއް ލިބުނީ.

1 day
1
ކުރިއަކަށްނުވެދާނެ

މިއީ އެމްޑީޕީ އަށް ލިބުނު ކުރިއަކަށް ނުވެދާނެ. ޕީ.އެސް.ސީ. އަށް ރައޔިތުން ބުނި ނޫނަކަށްވެސް ވެދާނެ.

1 day