ސަންޖޭ ދަތުގެ ދޮށީ ދަރިފުޅު ޓްރިޝަލާ (ކ) އަދި އަންހެނުން މަންނީތާ
15 ފެބުރުއަރީ 2017 - 06:00
ސަންޖޭ ދަތުގެ ދޮށީ ދަރިފުޅު ޓްރިޝަލާ އާއި މިހާރުގެ ޒުވާން އަނބިމީހާ މަންނީތާގެ ގުޅުން ވަރަށް ގޯސްކަމަށް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް ދޮންމަންމަ އާއި ދޮންދަރިފުޅުގެ ގުޅުން ވަރަށް ރަނގަޅުކަން ހާމަވެއްޖެ އެވެ.
މަންނީތާ އާއި ސަންޖޭ ދަތުގެ ގުޅުމާ އެންމެ ފުރަތަމަ ދުވަހުއްސުރެ ޓްރިޝަލާ ދެކޮޅުކަމަށް މީޑިއާ އިން އަޑު ފެތުރި އެވެ. އެކަމަކު މި ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާއިން ފެނުމުން އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތްކަން ވަނީ ހާމަވެފަ އެވެ.
ސަންޖޭ ދަތު މަންނީތާއާ ކައިވެނިކުރަން ޓްރިޝަލާ އެންމެ ފުރަތަމަ ދެކޮޅު ހެދި އެވެ. އަދި ސަންޖޭ ދަތު ޖަލުގައި ހުރި ދުވަސްވަރު ވެސް އޭނާ އެންމެ ފަހަރަކު ވެސް އިންޑިއާއަކަށް ނުދެ އެވެ. އެއީ މަންނީތާ ދެކެ ފޫހިވާތީ ކަމަށް އޭރު ވަރަށް ގިނަ ނޫސްތަކުގައި ބުނެފައިވެ އެވެ.
ނަމަވެސް މިހާރު ދޮންމަންމައާ ގުޅުން ރަނގަޅުވެ މަންނީތާ ވަނީ ޓްރިޝަލާއާ އެކު ޗުއްޓީއެއް ހޭދަކުރުމަށް އޭނާ ދިރިއުޅޭ ނިއު ޔޯކްގަ އެވެ.
ޓްރިޝަލާއާ އެކު ނަގާފައިވާ ސެލްފީއެއް ވެސް މަންނީތާ އިންސްޓަގްރާމް ކޮށްފައިވެ އެވެ. އަދި ނިއު ޔޯކްގައި މަޖާ ވަގުތުތަކެއް ހޭދަކުރަމުންދާ ކަން ދޭހަވާ ގޮތަށް ފޮޓޯގެ ކެޕްޝަން ލިޔެފައިވެ އެވެ.
ސަންޖޭ ދަތާއި އަންހެނުން މަަންނީތާ (ކ) އަދި ދަރިފުޅު ޓްރިޝަލާ
މަންނީތާއަށް ވުރެ ޓްރިޝަލާ އެއް އަހަރު ހަގެވެ. އެހެންކަމުން ދެމައިން ގުޅުން ބަދަހިކުރުމުގައި އުމުރުގެ ތަފާތަކީ އެހާ ބޮޑު މައްސަލައަކަށް ނުވެ އެވެ.
ޓްރިޝަލާ އަކީ ސަންޖޭދަތުގެ ފުރަތަމަ އަނބިމީހާ ރިޗާ ޝަރުމާ އަށް ލިބިފައިވާ ދަރިއެކެވެ. ރިޗާ ވަނީ ޓްރިޝަލާ ވަރަށް ކުޑައިރު ކެންސަރު ބަލީގައި މަރުވެފަ އެވެ. ޓްރިޝަލާ ގެންގުޅެ ބޮޑުކުރީ އޭނާގެ މަންމަ ފަރާތު މާމަ އާއި ކާފަ އެވެ. އެއީ ވަރަށް ކުރިން ސުރެ އެމެރިކާގެ ނިއު ޔޯކްގައި ވަޒަންވެރިވެގެން އުޅޭ ބައެކެވެ. އެހެންވެ ޓްރިޝަލާ މިހާތަނަށް ދިރިއުޅެމުން ދިޔައީ ވެސް އެމެރިކާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
15 February 2017
އަމިއްލާ އުމުރަށްވުރެ ދޮންމަންމަގެ އުމުރު ހަގުވީމާ މަންމަ ކިޔަން ހާދަ އުނދަގޫވާނެއޭ!!!
ފާތުން
15 February 2017
މިހާރު ޓްރިޝަލާ ދޮންމަންމަ އަށްވެސް ވީތަ؟ "ނަމަވެސް މިހާރު ދޮންމަންމައާ ގުޅުން ރަނގަޅުވެ މާންނީތާ ވަނީ ދޮންމަންމަ ޓްރިޝަލާއާ އެކު ޗުއްޓީއެއް ހޭދަކުރުމަށް އޭނާ ދިރިއުޅޭ ނިއު ޔޯކްގަ އެވެ."
ހުސައިން
16 February 2017
ހައްހާޤ!!!!!