އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން ބޭއްވި ޕާޓީގައި ރިއާނާ އެކު އަމްބާނީ އާއިލާގެ މެމްބަރުން ސްޓޭޖު މަތީގައި.
03 މާޗް 2024 - 06:30
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާތައް ފަސް މަސްދުވަސް ކުރިން، ބޮޑު ޕާޓީއަކާ އެކު މިދިޔަ ހަފުތާ ބަންދުގައި ފަށައިފި އެވެ.
އަނަންތު އަމްބާނީ، 28، އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް، 29، ކައިވެނި ކުރަނީ އަންނަ ޖުލައި މަހު އެވެ. ރާދިކާ އަކީ ވެސް އިންޑިއާގެ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.
އެމީހުންގެ ކައިވެނީގެ ހަފުލާތައް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޖާމްނަގަރުގައި ވަނީ ވަރަށް ފޯރިގަދަ ޕާޓީއެއް ބާއްވައިފަ އެވެ. މި ޕާޓީގެ އެންމެ ހާއްސަ މެހުމާނެއްގެ ގޮތުގައި ދިޔައީ ބާބޭޑޯސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އެވެ. ރިއާނާ ވަނީ އެ ޕާޓީގައި ހާއްސަ ޕާފޯމަންސްއެއް ދީފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ރިއާނާ އެ ޕާޓީގައި ޕާފޯމްކުރީ 170 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ދީގެންނެވެ.
އެ ޕާޓީގެ މެހުމާނުންގެ ލިސްޓުގައި 1،200 މީހުން ހިމެނޭއިރު އޭގެ ތެރޭގައި ގިނައީ ބޮލީވުޑް އާއި ހޮލީވުޑްގެ ތަރިންނާއި ބޮޑެތި ވިޔަފާރިވެރިންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރިއާނާ ސްޓޭޖުގައި ޕާފޯމްކުރަމުން ދިޔައިރު އެ މަންޒަރު ބަލަން އެތަނުގައި ޝާހްރުކް ހާން، ގޯރީ ހާން، ރަންވީރް ސިންގް، ދީޕިކާ ޕަޑުކޯން، ޝްރެއާ ގޯޝަލް، ޖާންވީ ކަޕޫރް، އަނަންޔާ ޕާންޑޭ، އަދިތުޔަ ރޯއީ ކަޕޫރް، ސަލްމާން ހާން އަދިވެސް ވަރަށް ގިނަ ސެލެބްރިޓީން ތިއްބެވެ.
އެ ޕާޓީއަށް ދައުވަތު ދިން މެހުމާނުންގެ ތެރޭގައި ބިލް ގޭޓްސް އާއި މާކް ޒަކަބާގް އަދި އިވަންކާ ޓްރަމްޕް ކަހަލަ މީހުން ވެސް ހިމެނެ އެވެ.
އަމްބާނީ އާއިލާ އަބަދުވެސް މި ކަހަލަ ބޮޑެތި ޕާޓީތައް ބާއްވައި އަދި މި ޕާޓީތަކަށް ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނަށް ދައުވަތު ދީގެން ގެންދާ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރު
03 March 2024
"ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އެވެ" އެއީ ކެނެޑާގެ ލަވަކިޔުންތެރިއެއްތޯ؟
އަންބާ
03 March 2024
ބޭކާރު ގޮތުގައި ފައިސާ އިސްރާފުކުރުމަށްވުރެ ރަނގަޅުވީސް ތިމާގެ އަމިއްލަ ގައުމުގެ ފަގީރު އަވަށެއްގެ ނަރުދަމާނިޒާމު ހަދައިދިންނަމަ.
ޓަންބާ
05 March 2024
ކަލޭ ލިބޭލާރިން ތިހަކަލަ ކަމެއްކުރަންވީނު ކޮންމެހެން އެހެން މީހުނަށް ކިޔައިނުދީ.
ކޮައްކޮބާނީ
09 March 2024
އެ ކައިވެނީގެ ކެއުން 51000 (ފަންސާސް އެއްހާސް) ވިލެޖުގެ މީހުންނަށް ދިން ކަމެއް ނޭނގޭ ދޯ؟ ރަނގަޅަށް ބަލާބަލަ.
2024
03 March 2024
މޯދިބެ ނުފެނޭ..... ބޮއިހަލަކި
އަޒުކީ
03 March 2024
އެހާ ގިނަ މީހުންނަށް ދައުވަތު ދިން އިރުވެސް މި އުޅޭ އިންޑިޔާގެ އަޅު އިބުރާހީމަކަށް ދައުވަތެއް ނުދޭ ދޯ؟ ކިހާ ދެރަ!
މުކޭށް
03 March 2024
އަންބާނީ މިތާ އަޅާ ބުރިޖު އަދިވެސް ނޭޅޭތަ.
ގަންބާނީ
06 March 2024
ހާނ، އެ ބުރިޖު ގަނބާގަނެގެން މައްޗަށް ނާރައިގެން އުޅެނީ