މުނިފޫހިފިލުވުން / ސިނަމާ

އިންޑިއާގެ ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވާ ފުރަތަމަ ގައުމަކީ ރާއްޖެ

އިންޑިއާގެ ޝޮޕިން މޯލެއްގައި ހިންގާ ޕީވީއާރް ސިނަމާއެއް.

29 މެއި 2025 - 10:41

30 comments

އިންޑިއާގެ ޕީވީއާރް އިން ސިނަމާއެއް ހަދަން ދެން ބޭނުންވާ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް އެ ކުންފުނީގެ ޖޮއިންޓް މެނޭޖިން ޑައިރެކްޓަރު ސަންޖީވް ކުމާރް ބިޖްލީ ވިދާޅުވެއްޖެ އެވެ.

ސަންޖީވް އިންޑިއާގެ ވީލޮގް "ބްރަޓް އިންޑިއާ" އަށް މިދިޔަ ޑިސެމްބަރު މަހު ދިން އިންޓަވިއުއެއްގައި ވަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސިނަމާއެއް ހުޅުވަން ފުރުސަތު ލިބިއްޖެ ނަމަ ހިޔާރުކުރާނީ ކޮން ތަނެއްތޯ އޭނާއާ ސުވާލުކޮށްފަ އެވެ. އޭނާ ދެއްވި ޖަވާބަކީ، ދިވެހިރާއްޖެ އެވެ.

"އަހަރެން ހިޔާރުކުރާނީ ދިވެހިރާއްޖެ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކު ސިނަމާއެއް ނެތް. އަހަންނަށް ހީވަނީ ރާއްޖެއަށް ދަތުރުކުރާ މީހުންނާއި ޓޫރިސްޓުންނަށް، މޫދު ކުޅިވަރުގެ އިތުރުން ސިނަމާއެއްގައި ފިލްމެއް ބަލައިލުން ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ވާނެހެން."

އެ އިންޓަވިއު ނަގާފައި ވަނީ އިންޑިއާގެ ގްރޫގްރާމްގެ ޝޮޕިން މޯލެއްގައި ހިންގާ ޕީވީއާރުގެ ލަގްޒަރީ ސިނަމާއެއްގަ އެވެ.

ޕީވީއާރް އިނޮކްސްއަކީ އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނަމާ ހިންގަމުން އަންނަ އެއް ކުންފުންޏެވެ. އިންޑިއާގެ އެކި ސިޓީތަކުގައި 1،700 އަށް ވުރެ ގިނަ ސިނަމާ އެ ކުންފުނިން ހިންގަ އެވެ. އިންޑިއާގެ އިތުރުން އެ ކުންފުނިން ސިނަމާ ހިންގަނީ ސްރީ ލަންކާގައި އެކަންޏެވެ.

ޕީވީއާރްއަކީ ސިނަމާ ހިންގުމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އޮތް ކުންފުންޏެކެވެ.

އެ ކުންފުނިން އިންޑިއާގައި އެކި ވައްތަރުގެ ސިނަމާތައް ހިންގަ އެވެ. އޭގެ ތެރޭގައި ސްޓޭންޑާޑް މެއިންސްޓްރީމް ތިއޭޓަރުތަކާއި ޕްރިމިއަމް ފޯމެޓުގެ ތިއޭޓަރުތައް ކަމަށްވާ ގޯލްޑް އާއި ސުޕަޕްލެކްސް އާއި ފޯޑީއެކްސް ހިންގަ އެވެ. އަދި އައިމެކްސް އާއި ޑިރެކްޓާސް ކަޓް އާއި އައިސް ތިއޭޓަރުތަކުގެ އިތުރުން އަދިވެސް ވަރަށް ގިނަ ވައްތަރުގެ ތިއޭޓަރުތައް ހިންގަ އެވެ.

ރާއްޖޭގައި މި ވަގުތު ދެ ސިނަމާ ހިންގަ އެވެ. އެއީ ދިވެހި ފިލްމަށް ހާއްސަ އޮލިމްޕަހާއި ބޭރުގެ ފިލްމުތައް އަޅުވާ ޝުވެކް ސިނެމާ އެވެ. ނަމަވެސް، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާއެއް ނެތުމުން ފިލްމަށް ދިއުމުން ލޯބިކުރާ މީހުންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.

30 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 14%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންޒަފް

01 June 2025

ހުޅުމާލޭގަ ހަދައްޗޭ. އޭރަށް މަ ދާނަން ކޮންމެ ފިލްމަކަށް. ދެން އެހެން ނޫނަސް ގުރިއޭޓަރރރރރ މާލެ ސަރަހައްދުގަ ޖާގައެއް އޮތީ އެތާނގަތާ ދޯ.

The name is already taken The name is available. Register?

މުޙައްނަދު

30 May 2025

ޑިސެންބަރުގެ އިންޓަވިއުއެއް ފެނުނީތަ؟

The name is already taken The name is available. Register?

2025

29 May 2025

ގައުމުތަކުގަ ވަދެލާނެ ސިނަމާތަކާ މޯލްތައް ހުއްޓަސް މިގައުމުގަ ނެތް އެކައްޗެއްވެސް...... ބޮއިހަލަކި

The name is already taken The name is available. Register?

ޢަހްމަދު1234

30 May 2025

ތެދެއްތިބުނީ.. ރީތި ދޮންވެލި ބީޗް އާއި މޫދު ފިޔަވާ އެހެން އެއްވެސް އެއްޗެއް އޮންނަތަނެއްނޫން މީކީ! ރައްޓެހިންނާ އެކީ ބޭރަށް ގޮސްލަން ވެއްޖެއްޔާ އަބަދު ވެސް ކޮންމެވެސް ކަހަލަ ރެސްޓޯރެންޓް ކެފޭ އަކަށް މިވަންނަންޖެހެނީ!

The name is already taken The name is available. Register?

ރަންނަ

29 May 2025

އިންޑިއާގަ ކުދިކުދި ތަންތަން ހިންގިޔަސް ރާއްޖޭގަ މިބިޔަ ބޮޑު މާކެޓަށް ކޭޓާ ކުރެވޭނެބާ ތިމީހުންނަށް؟

The name is already taken The name is available. Register?

ކިއްލާ2222

29 May 2025

ރާއްޖޭގަ ސިނަމާ އެއް ނުހިގާނެތީ އެ ވިޔަފާރި ހުއްޓާޅީ! ކުރިން އިންޓަނެޓާ އަދި ވީސީއާރު ވެސް ގިނަ މީހުންނަށް ނުލިބޭ އިރު ސިނަމާ އަށް ދިއުމަކީ ފެޝަނަެއްއް! ސްޓަރ ސިނަމާ ، އޮލިމްޕަސް، އޯދިޠޯން، ނެޝަނަލް ސިނަމާ! ދެން މި މީހުން ބޮޑު ހަރަދު ކޮށްފަ ސިނަމާ އެއް ރާއްޖޭގަ ހުޅުވާގެން ވާނީ ގެއްލުން! ކޮންމެސް މީހަކު ބުނަންވީނު މީނަ ކައިރި މާލޭ ގަ ކުރިން ސިނަމާ ހިންގިއޭ! ފައިދާ ނުވާތީ 2003 ގެ ފަހުން ސިނަމާ ތައް އުވުނީ! ކަބީ ޚުޝީ ކަބީ ގަމް 2001 ގަ ސްޓަރ ސިނަމާ

The name is already taken The name is available. Register?

ނަގިއްޔާ

29 May 2025

21 ވަނަގަރުނުގެ މިހިސާބުގައި މިގައުމު އޮތީ އަދި ނަމެއްގައި. ފެންވަރު ރަަގަޅު ސިނަމާގަޑެއްނެތް. މޯލްއެއްނެތް. ރަށްވަށައި މޫދު އޮންނައިރު ފެނުގެ ކުޅިވަރުކުޅެވޭނެ ވޯޓާރ ޕާކެއްނެތް، ރަގަޅު ސްޓޭޑިއަމްގަޑެއްނެތް، ތީމް ޕާކެއްނެތް. އޮތީ އެންމެ އެއްޗެއް. އެއީ ކޮރަޕްޝަން. އެކަން ބަރާބަރަށް ކުރިއަށްދޭ. ވެލްކަމް ޓް ދަ ރިޕަބްލިކް އޮފް ކަންނެތް ރާއްޖެ!

The name is already taken The name is available. Register?

ބޮއެކެ ދާއޫދު

29 May 2025

ރީތި ފޯއްވިއްކަން ހުރި ތަނެއް އެނގޭ ކުއްޖެއް ހުރިއްޔާ ބޭބެއަށް އަންގާލަދީބަލަ. ފޯއްކޮޅުހުސްވެގެން ދޮހައިނުލެވިފަ ބޭބެ މީނި.

The name is already taken The name is available. Register?

ކުދުރޭޑިއޯ

29 May 2025

އަހަރުމެން ރަށުގައިވެސް ކުރިން ހުރި ސިނަމާއެއް. 70 ވަރަކަށް މީހުންނަށް ވަދެވޭ މިސިނަމާގައި ބޮޑުސްކްރީނެއް ނުހުރޭ ކުރީޒަމާނުގެ ބޮޑު ފޮށިޓީވީއެއް ހުންނަނީ. އިޝްތިހާރުތައް ބަލާފައި މަޑުން ނުހުރެވޭ ބަލާހިތުން :" މޮޅެތި ތަޅާލުން ރީތިލަވަތައް..." ޓިކެޓްގެ އަގަކީ 2ރ. ވީއެޗްއެސް ޓޭފްތައް ވީސިރަށް ލައިވައިގެން ބަލަނީ، ބައެއްފަހަރު ޓޭޕް ހެޑްގައި އޮޅޭ ދުވަސްވެސް އާދޭ، އޭރުން ދެން އަޅުވާނީ ކުރިން ބަލާފައި އޮތްފިލްމެއް. އެވަރުންވެސް ބަލަންތިބެން.

The name is already taken The name is available. Register?

ސޮޕިންގކޮންޕްލެކްސް

29 May 2025

މުޅި ދަރުބާރުގެ ހުރި ސަރަހައްދު، 18 ބުރީގެ ޝޮޕިންގ ކޮމްޕްލެކްސް އަކަށް ބަދަލުކޮށް، ބޮޑެތި ފިހާރަތަކުގެ އިތުރުނަ މުނިފޫހި ފިލުވުމާއި، ކެއިން ބުއިމުގެ ޚިދުމަތްތައް ލިބޭގޮތަށް، އެތަނުގަ ދެތިން ހަތަރު ސިނަމާ ހަދަންވީ.

The name is already taken The name is available. Register?

ތެފައާސާ.

29 May 2025

ރާއްްޖޭގައި ކޮންމެ ގެއެއްގައި މަންމަ އަތުގައި އައިފޯނު ސިނަމާއެއް ބައްޕަ އަތުގައި އެންޑްރޮއިޑް ސިނަމާއެއް ކޮއްކޮމެން އަތުގައި އައިޕެޑް ސިނަމާއެއް އޮންނާނެ. ކަލޯމެންނަށް ހީވަނީ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454