އިންޑިއާގެ ޓީވީ އެކްޓަރު ރޯހަން މެހްރާ.
15 އެޕްރީލް 2025 - 07:05
އިންޑިއާގެ ޓީވީ އެކްޓަރު ރޯހަން މެހްރާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި ކަލާސް ޓީވީގެ "ސަސުރާލް ސިމަރް ކާ" ކަހަލަ މަޝްހޫރު ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ ރޯހަން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ރީތި ފަރު ރިސޯޓުގަ އެވެ.
ރޯހަންގެ އިންސްޓަގްރާމް ޕޯސްޓުތަކުން އެނގޭ ގޮތުގައި އޭނާ ރާއްޖެ އައިސްފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ.
އޭނާ ވަނީ މިހާތަނަށް މި ދަތުރުގެ ތިން ޕޯސްޓެއް އިންސްޓަގްރާމް ހިއްސާކޮށްފަ އެވެ.
ފުރަތަމަ ޕޯސްޓުގައި އޭނާ ހިއްސާކޮށްފައި ވަނީ ސީޕްލޭނުން ފައިބަމުން ނަގާފައިވާ ފޮޓޯއެކެވެ. ޖެޓްސްކީ ދުއްވަމުން ނަގާފައިވާ ފޮޓޯތަކެއް ދެވަނަ ފޯސްޓުގައި ހިއްސާކޮށްފައިވާއިރު، އިއްޔެ ކުރި ޕޯސްޓުގައި ހުރީ އެ ރިސޯޓުގެ ބީޗުގައި ނަގާފައިވާ ފޮޓޯތަކެކެވެ.
ރޯހަން ވަނީ 2018 ވަނަ އަހަރު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އޭނާ ޗުއްޓީއަށް އައީ އޭރުގެ ލޯބިވެރިޔާ ކަންޗީ ސިންގްއާ އެކުގަ އެވެ. އޭނާ މިހާރު ރަށްޓެހިވެގެން އުޅޭ ކަމަށް އަޑުފެތުރިފައި ވަނީ ފިލްމު އެކްޓްރެސް ޕޫޖާ ހެޖްއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
17 April 2025
މީދެން މީހެއްތަ ހަބަރަށް އަރާވަރުގެ.
ބޯރޯޒް
17 April 2025
ކުދިންނޭ، އެހެން ރޯހަން މެހެރާ އަކާ ޕޫޖާ ރައްޓެހި ވެގެން އުޅެނީ.
މަބުނީ
15 April 2025
ދިވެހިން ކިޔޭނީ "ރޯހަން" ދޯ؟ ލޮލް
ކިއްލާ2222
15 April 2025
ރީއްޗަސް މަޝްހޫރު މީހެއް ނުން މީކީ!!!!
ވާންޗޯ،،،
15 April 2025
ކޮން ކަމެއް،،،
ރޫހާނު
15 April 2025
ރާއްޖެ ވަރަށް ރީތި ވަރަށް ހިތްގާއިމު ބިޔުޓީ ފޫލު، އައި ލައިކު މޯލްޑިވުސު
ދިއްދޫމީހާ
15 April 2025
އަހަރެމެން ގޯތި އަދުނާނު ހުރީ ފާތުންއާ އެކު ލާމް އަތޮޅު ގަމު ބީޗްގައި..
ޢޭނާ
15 April 2025
އޯ ހާދަ ދޮން ރީތި މީހެކޭ! ޔޫރަޕް މީހެއް ތަ!