މުނިފޫހިފިލުވުން / ބޮލީވުޑް

ރާމް އާއި އެކްތާ މައްސަލަ ޖެހިއްޖެ

އިންޑިއާގެ ފިލްމު/ޑްރާމާ ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ޓީވީ އެކްޓަރު ރާމް ކަޕޫރް.

22 ޖޫން 2025 - 06:03

އިންޑިއާގެ ޓީވީ އެކްޓަރު ރާމް ކަޕޫރާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރާ ދެމެދުގައި ބޮޑު މައްސަލައެއް ޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރާމް އާއި އެކްތާގެ ގުޅުން ގޯސްވެގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެ ދެމީހުންގެ މެދުގައި ބޮޑު މައްސަލައެއް ޖެހިގެން އުޅޭކަން، ރާމް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއަކުން ވެސް ޔަގީންވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި މައްސަލަ ޖެހުނީ ރާމް ލީޑު ރޯލު ކުޅުނު އެކްތާގެ ޓީވީ ސިލްސިލާ "ބަޑޭ އައްޗޭ ލަގުތޭ ހޭ 1"ގައި މާ ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހުމުން އޭނާ ހިތްހަމަނުޖެހުނުކަން މި އަހަރު ކުރީކޮޅު ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ބުނުމުންނެވެ. އެއީ 2011 އިން 2014 ވަނަ އަހަރަށް ސޮނީ ޓީވީން ގެނެސްދިން ޑްރާމާއެކެވެ. ރާމް ބުނީ އެ މަންޒަރުތައް ކުޅެން އޭނާ ބޭނުން ނުވިޔަސް، އެކްތާ އެކަން ކުރަން ޖެހޭނެޔޭ ބުނުމުން އެކަމަށް އެއްބަސްވާން ޖެހުނީ ކަމަށެވެ.

އެހެންވެ، އޭގެ ފަހުން އެ ދެމީހުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި އޭގެ ފަހުން އެކްތާ ވެސް ވަނީ ރާމްގެ ނަން ނުކިޔަ، އޭނާއަށް އަމާޒުވާ ގޮތަށް ރައްދެއް ވެސް ދީފަ އެވެ.

"ޕްރޮފެޝަނަލް ކަމެއް ނެތް އެކްޓަރުން އިންޓަވިއުތަކުގައި އަހަރެންގެ ޝޯތަކުގެ ވާހަކަ ދައްކާނެ ކަމެއް. ދޮގު މައުލޫމާތާއި އަސާސެއް ނެތް ވާހަކަތައް. ދެން ހުއްޓާލާ،" މިދިޔަ މާޗު މަހު އެކްތާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ރާމް މަޝްހޫރުވީ އެކްތާގެ ޑްރާމާތަކުންނެވެ. އެހެންވެ، އެކްތާ އާއި ރާމް ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ.

ރާމް މިދިޔަ ބުރާސްފަތި ދުވަހު އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ އެކްތާއާ ދެކޮޅަށް އޭނާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

"އޭނާ ބޭނުން އެއްޗެއް އޭނާއަށް ކިޔޭނެ، އެކަމަކު އަހަރެން އެއްޗެކޭ ނުބުނާނަން. އެއީ އަހަރެން މީހަކަށް ހަދައިދިނީ އޭނާ ކަމަށް ވާތީ،" ރާމް ބުންޏެވެ.

ރާމް ބުނީ އޭނާ މަޝްހޫރުކޮށްދިނީ އެކްތާ ކަމަށާއި އެއްވެސް މީހަކު އޭނާއަށް މަސައްކަތް ނުދިންއިރު އެކަން ވެސް ކޮށްދިނީ އެކްތާ ކަމަށެވެ.

"އެއްވެސް މީހަކު އަހަންނަށް އިތުބާރު ނުކުރިއިރު އޭނާ ކުރި. އެހެންވީމަ އެކަމަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން. އަހަރެންގެ ކެރިއާ ނިމެންދެން ވެސް، އޭނާއަށް ބޭނުން އެއްޗެއް ކިޔުމުގެ ހައްގު އޮންނާނެ،" ރާމް ބުންޏެވެ.

ރާމް އާއި އެކްތާ މައްސަލަ ޖެހުނުއިރު، "ބަޑޭ އައްޗޭ ލަގުތޭ ހޭ" ގެ ހަތަރު ވަނަ ސީޒަންގެ އެޕިސޯޑުތައް މި މަހު 16 ގައި ސޮނީ ޓީވީން ވަނީ ދައްކަން ފަށައިފަ އެވެ. އާ ސީޒަންގައި ލީޑު ރޯލުތައް ކުޅެނީ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ހަރްޝަދު ޗޯޕްޑާ އާއި ޝިވަންގީ ޖޯޝީ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454